Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް މާމިގިލީގައި ބިނާކުރެއްވި "މަސްޖިދު އިބްރާހިމް" ހުޅުވައިފި

ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް މާމިގިލީގައި ބިނާކުރެއްވި "މަސްޖިދު އިބްރާހިމް" ހުޅުވައިފި

އައިޝަތު ރުވާ ރިފްޢަތު
137 ދުވަސް ކުރިން - 27 ފެބްރުއަރީ 2026 15:40
"މަސްޖިދު އިބްރާހިމް" ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓާރު ޝަހީމް އަދި ގާސިމް އިބްރާހިމް. / ފޮޓޯ: މިނިސްޓްރީ
"މަސްޖިދު އިބްރާހިމް" ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓާރު ޝަހީމް އަދި ގާސިމް އިބްރާހިމް. / ފޮޓޯ: މިނިސްޓްރީ
ޚުލާސާ

މިއީ އެއްފަހަރާ 800 މީހުންނަށް ނަމާދު ކުރެވޭނެ ޖާގަ އޮތް މިސްކިތެއް. މި މިސްކިތުގައި އަންހެނުންނާއި ފިރިހެނުންނަށް ވަކިން ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވޭ.

އދ. މާމިގިލީގައި މަޝްހޫރު ވިޔަފާރިވެރިޔާ އަދި އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އޮނަރަބަލް ގާސިމް އިބްރާހިމް ބިނާކުރެއްވި ފުރިހަމަ މިސްކިތް "މަސްޖިދު އިބްރާހިމް" މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

މި މިސްކިތް ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އޮނަރަބަލް ގާސިމް އިބްރާހިމް އެވެ. މިކަމަށްޓަކައި މިއަދު މާމިގިލީގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި ގާސިމް އިބްރާހިމްގެ އިތުރުން މާމިގިލީ ކައުންސިލްގެ އިސްވެރިންނާއި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި އެވެ.

Advertisement

Advertisement 1

މާމިގިލީގައި އަލަށް ހުޅުވުނު މިސްކިތުގައި މިއަދު ހުކުރު ނަމާދުކުރަނީ. / ފޮޓޯ: ޚުލާސާ

މިސްކިތް ހުޅުވައިދެއްވުމަށްފަހު، އެ މިސްކިތުގައި ކުރެވުނު ފުރަތަމަ ހުކުރު ނަމާދު އިމާމުވެ ކުރެއްވީ މިނިސްޓަރު ޝަހީމް އެވެ.

މަސްޖިދު އިބްރާހިމަކީ އެއްފަހަރާ 800 މީހުންނަށް ނަމާދު ކުރެވޭނެ ޖާގަ އޮތް މިސްކިތެކެވެ. މި މިސްކިތުގައި އަންހެނުންނާއި ފިރިހެނުންނަށް ވަކިން ނަމާދު ކުރެވޭނެ އިންތިޒާމާއި، ވުޟޫ ކުރެވޭނެ ފަސޭހަ އިންތިޒާމްތައް ވަނީ ގާއިމްކޮށްފައެވެ. މީގެ އިތުރުން، މުޅި މިސްކިތް ވަނީ އޭސީ ކޮށްފަ އެވެ.

މި ރަމަޟާން މަހާ ދިމާކޮށް ސަރުކާރުގެ ހަރަދުގައާއި އަމިއްލަ އެކި ފަރާތްތަކުގެ އެހީތެރިކަމާއެކު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖުމްލަ 15 މިސްކިތެއް ހުޅުވާފައިވާކަން ފާހަގަކޮށްލެވެ އެވެ. ރަމަޟާން މަސް ނިމޭއިރު ރާއްޖޭގެ އެކިކަންކޮޅުތަކުގައި މުޅި ޖުމްލަ 20 މިސްކިތް ހުޅުވިގެންދާނެކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.

ގާސިމް އިބްރާހިމްއދ. މާމިގިލިމިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދުމިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިސްލާމީ ސިވިލައިޒޭޝަން ފޯރަމް ކޮންމެ ދެ އަހަރުން އެއް އަހަރު ބޭއްވުމަށް ނިންމައިފި

އިސްލާމީ ސިވިލައިޒޭޝަން ފޯރަމް ކޮންމެ ދެއަހަރުން އެއްއަހަރު ބޭއްވުމަށް ނިންމައިފި

4 ދުވަސް ކުރިން - 21:23

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލައް ސިޓީ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލަކުގެ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

18 ދުވަސް ކުރިން - 20:02

ދިވެހި ހައްޖު މިޝަނުން ސަޢުދީ ހައްޖު މިނިސްޓްރީއާ ބައްދަލުކުރައްވައިފި

ހައްޖު މިޝަނުން ސަޢުދީ ހައްޖު މިނިސްޓްރީއާ ބައްދަލުކުރައްވައިފި

61 ދުވަސް ކުރިން - 14:22

މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތައް ހަމަޖެއްސުމަށް ސައުދީގެ ވަފުދެއް ރާއްޖެއަށް

ސައުދީގެ ވަފުދެއް ރާއްޖެ ވަޑައިގަންނަވަން ފައްޓަވައިފި

65 ދުވަސް ކުރިން - 13:27

މިއަހަރުގެ ހައްޖު މިޝަންގެ މެމްބަރުންނާއި މިނިސްޓަރު ޑރ. ޝަހީމް ބައްދަލުކުރައްވައިފި

ހައްޖު މިޝަންގެ މެމްބަރުންނާއި ޑރ. ޝަހީމް ބައްދަލުކުރައްވައިފި

72 ދުވަސް ކުރިން - 15:01

މުދަލު ޒަކާތުގެ އާމްދަނީ 30 އިންސައްތަ އިތުރުވެއްޖެ؛ ފުރަތަމަ ކުއާޓަރުގައި 45 މިލިއަން ރުފިޔާ ލިބިފައިވޭ

މުދަލު ޒަކާތުގެ އާމްދަނީ 30 އިންސައްތަ އިތުރުވެއްޖެ

75 ދުވަސް ކުރިން - 18:00