Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ކޮތަޅަކަށް ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އަޅައިގެން އުޅުނު މާމިގިލީ ޒުވާނަކު ހައްޔަރުކޮށްފި

ކޮތަޅަކަށް ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އަޅައިގެން އުޅުނު މާމިގިލީ ޒުވާނަކު ހައްޔަރުކޮށްފި

އަހްމަދު އީޒާން
393 ދުވަސް ކުރިން - 17 ޖޫން 2025 11:25
ހުޅުމާލެއިން ހައްޔަރުކުރި މީހާ / ފޮޓޯ: ޕޮލިސް
ހުޅުމާލެއިން ހައްޔަރުކުރި މީހާ / ފޮޓޯ: ޕޮލިސް
ޚުލާސާ

އޭނާ ހުއްޓުވައި ބަލައި ފާސްކުރި އިރު, އޭނާގެ އަތުގައި އޮތް ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވޭ.

ކޮތަޅަކަށް މަސްތުވާތަކެތި އަޅައިގެން އުޅުނު މީހަކު ހުޅުމާލެއިން ރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއެކު މީހަކު ހުޅުމާލެއިން ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އދ. މާމިގިލި، ފުނަމާގެ، މުހައްމަދު އާލިމް، 22 އެވެ.

Advertisement

Advertisement 1

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ ރޭ ދަންވަރު 1 ޖަހަނިކޮށް ހުޅުމާލެ ފޭސް 2 ގައި ހުންނަ ވިނަރެސް 7 ގެ ގްރައުންޑް ފްލޯ ޕާކިން ޒޯނަށް ސައިކަލެއްގައި ވަދެ ފުލުހުން ފެނުމުން އަވަސްއަވަހަށް ސައިކަލް ޕާކްކޮށްފައި ދާން މަސައްކަތްކުރުމުން އޭނާގެ އަމަލުތައް ހުރިގޮތުން ޝައްކުވެގެން ބެލުމުން ކަމަށެވެ.

އޭނާ ހުއްޓުވައި ބަލައި ފާސްކުރި އިރު އޭނާގެ އަތުގައި އޮތް ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭނާ ގެންގުޅުނު ކޮތަޅު ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓްގެ ވަގުތީ ބަރުދަނަކީ 259 ގްރާމް ކަމަށެވެ.

މިތަކެތީގެ ބަރުދަނަށް ބަލާއިރު މިމައްސަލައިގެ ކުށް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ 1 ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު 25 އަހަރަށް ޖަލަށް ލެވޭނެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްކުށްކުރުންމަސްތުވާތަކެތިހުޅުމާލެއދ. މާމިގިލި
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން "ވިލުންތެރި ދިރިއުޅުން" ނަމުގައި ފުލުހުން ސެޝަނެއް ބާއްވައިފި

އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން "ވިލުންތެރި ދިރިއުޅުން" ނަމުގައި ސެޝަނެއް ބާއްވައިފި

2 ގަޑިއިރު ކުރިން - 10:28

ހޯރަފުށީ ޖޭޖޭ ޔުނިޓްގެ ކުދިންތަކެއް މީހަކު ރަހީނުކޮށް އަނިޔާކުރުމުން ރަށުތެރެ ނުތަނަވަސްވެ އިހުތިޖާޖު ކުރަން ފަށައިފި

ހޯރަފުށި މީހަކު ރަހީނުކޮށް އަނިޔާކުރުމުން ރަށުތެރެ ނުތަނަވަސްވެ އިހުތިޖާޖު ކުރަން ފަށައިފި

12 ގަޑިއިރު ކުރިން - 00:36

ފުލުހުންނާ ގުޅިގެން ކަރެކްޝަންސްއިން އައްސޭރި ޖަލު ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި

އްސޭރި ޖަލު ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި

1 ދުވަސް ކުރިން - 13:45

މާލޭ ބޭރުމަގުގައި ލޮރީއެއްގެ ދަށުވެ މީހަކު ނިޔާވެއްޖެ

މާލޭ ބޭރުމަގުގައި ލޮރީއެއްގެ ދަށުވެ މީހަކު ނިޔާވެއްޖެ

2 ދުވަސް ކުރިން - 19:32

ސިވިލް ކޯޓަށް ހާޒިރުކުރުމަށް އެމްޑީޕީ އަންވަރު ހޯދަން ފަށައިފި

ސިވިލް ކޯޓަށް ހާޒިރުކުރުމަށް އެމްޑީޕީ އަންވަރު ހޯދަން ފަށައިފި

2 ދުވަސް ކުރިން - 19:09

ގއ.ވިލިނގިލީގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައިފި

ގއ.ވިލިނގިލީގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައިފި

3 ދުވަސް ކުރިން - 01:44