އދ. މާމިގިލި ކައިރިއަށް ފީނަން ފޭބި 15 އަހަރުގެ ކުޑަ ފިރިހެން ކުއްޖާ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ލޫތު ނަމަކަށް ކިޔާ އެ ކުއްޖާގެ ހަށިގަނޑު މިހާރު ވަނީ އެ ރަށުގެ ސިއްހީ މަރުކަޒަށް ގެންގޮސްފަ އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މާމިގިލި ކައިރިއަށް ފީނަން ފޭބި ހަތަރު ކުދިންގެ ތެރެއިން އެއް ކުއްޖަކު ގެއްލިފައިވާ މައްސަލަ އެ އިދާރާ އަށް ހުށަހެޅީ މިރޭ 7:00 ހާއިރު ކަމަށެވެ.

އެމްއެންޑީއެފް އާއި ފުލުހުންގެ އިތުރުން އާންމުން ވެގެން ހޯދަމުން ދަނިކޮށް އެ ކުއްޖާ ފެނުނީ މީގެ ކުޑަ އިރުކޮޅެއް ކުރިން މާމިގިލީ ބޭރު މޫދުން ކަމަށް ފުލުހުން ބުންޏެވެ.