ބޭނުމިއްޔާ ނިއުކްލިއާ ހަތިޔާރު އުފައްދާނަން: އީރާން

ހުސައިން އިސްމާއިލް | 3 ގަޑިއިރު ކުރިން - 14 ޖުލައި 2025 12:42
އީރާނުގެ ލީޑަރު ޚަމަނާއީ ވިދާޅުވެފައިވަނީ ނިއުކްލިއާ ހަތިޔާރު އިސްލާމް ދީނުގައި ހުއްދަ ނޫން ކަމަށް. / ފޮޓޯ: ސީއެންއެން
އީރާނުގެ ލީޑަރު ޚަމަނާއީ ވިދާޅުވެފައިވަނީ ނިއުކްލިއާ ހަތިޔާރު އިސްލާމް ދީނުގައި ހުއްދަ ނޫން ކަމަށް. / ފޮޓޯ: ސީއެންއެން
ޚުލާސާ

ބޭނުންނަމަ ނިއުކްލިއަރ ހަތިޔާރު އުފައްދާނެ ކަމަށާއި، އެފަދަ ފަނާކުރަނިވި ގެއްލުންދޭ އެއްޗެއް އުފައްދަން ބޭނުން ނުވަނީ އެއީ ދީނުގައި ރަނގަޅުކަމެއް ކަމަށް ނުފެންނާތީ ކަމަށް އީރާނުން ބުނެފި.

ހުޅަނގުގެ ނުވަތަ އިޒްރޭލުގެ ފިއްތުންތަކަށް ބޯނުލަނބާނެ ކަމަށާއި، އީރާނުން ބޭނުން ނަމަ ބޭނުން ނިއުކްލިއަރ ހަތިޔާރު ހުންނާނީ އުފައްދާފައި ކަމަށާއި، ނަމަވެސް އެފަދަ ނުރައްކާތެރި އަދި އިންސާނީ ދަރިގަސްކޮޅު ނައްތާލާވަރުގެ ބާރުގަދަ ހަތިޔާރެއް އުފައްދަން ބޭނުން ނުވަނީ އެއީ އިސްލާމް ދީނުގައި ޙަރާމް ކުރައްވާފައިވާ ކަމެއް ކަމަށް ވާތީ ކަމަށް އީރާނުގެ ފޮރިން މިނިސްޓަރ އައްބާސް އަރާޗީ ވިދާޅުވެއްޖެއެވެ.

އައްބާސް މިހެން ވިދާޅުވިއިރު ޚާމަނާއީ ވެސް މީގެ ކުރިން ވިދާޅުވެފައިވަނީ ނިއުކްލިއަރ ހަތިޔާރަކީ އިސްލާމްދީނުގައި ހުއްދަ އެއްޗެއް ނޫނެވެ.

އީރާނުން ބުނީ އެޤައުމުގައި ކުޅަދާނަ ސައެންޓިސްޓުން އެބަތިބި ކަމަށާއި މީގެ ކުރިން ވެސް ނިއުކްލިއާ ހަތިޔާރު އުފައްދާފައި ނުވަނީ އެކަމުގެ ޤާބިލްކަން ނެތިގެނެއް ނޫނެވެ. އެހެންނަމަވެސް، އެމެރިކާ އާއި ހުޅަނގު އަދި އިސްރާއީލުގެ ފައިބުޑަށް ނުވެއްޓޭނެ ކަމަށާއި، އީރާނުން ދާނީ އަސްކަރީ ބާރު ކުރިއަށް ގެންދަމުން ކަމަށް ވިދާޅުވިއެވެ.

އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާ ވިދާޅުވީ ތެހެރާނުން ދެކޭ ގޮތުގައި މިފަހުން އިސްރާއީލާއި އެމެރިކާއިން އީރާނާއި ދެކޮޅަށް ކުރި ހަނގުރާމައަކީ ހުޅަނގުގެ ފަރާތުން އަންނަ އަނިޔާވެރި ސިޔާސަތުތަކެކެވެ.

އީރާނުން މިހާރު ދަނީ ބެލިސްޓިކް އަދި ހައިޕަސޯނިކް މިސައިލްތައް އިތުރަށް ތަރައްޤީ ކުރަމުންނެވެ. އޭގެ ތެރޭގައި ފައްތާހު-1 ވެސް ހިމެނޭ ގޮތަށް، ގިނަ ޢަދަދެއްގެ މިސައިލްތައް ތަރައްޤީ ކުރާނެ ކަމަށް ވެއެވެ.

އީރާނުގެ ދިފާއީ ބާރު ވަރުގަދަ ކުރުމަށް ރަޝިއާ، ޗައިނާ އަދި އުތުރު ކޮރެއާގެ ފަރާތުން ވެސް އެހީ ހޯދަމުންދާ ކަމަށް ނުރަސްމީ މަސްދަރުައް ބުނެއެވެ.

ތެހެރާނުގެ އިސްވެރިން ބުނާ ގޮތުގައި އީރާނުން އަސްކަރީ އާއި، ސައިބަރ އަދި އެނޫން ދާއިރާތަކުންވެސް ދަނީ އިތުރަށް ތަރައްޤީ ކުރަމުންނެވެ. ބަޔަކު ޙަމަލާއެއް ދީފިނަމަ އެ ހަމަލާއަށް ރައްދުދިނުމަށް ދަނީ ތައްޔާރުވެސް ވަމުންނެވެ.

ތެހެރާނުން ބުނީ އަދިވެސް އެމެރިކާ އާއި އިސްރާއީލު ގުޅިގެން ވަރަށް ވަރުގަދަ ޙަމަލާއެއް ދިނުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އެމީހުންގެ ޓާގެޓަކީ ޔަމަން ނުވަތަ އީރާން ކަމަށް ތެހެރާނުން ޤަބޫލުކުރެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%