މަތީ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމަށް ސްރީ ލަންކާ އާއެކު މަޝްވަރާކޮށްފި

އަައިޝަތު ޒީނާ | 3 ގަޑިއިރު ކުރިން - 14 ޖުލައި 2025 13:00
ސްރީ ލަންކާގެ ހައި ކޮމިޝަނަރު، ހަރ އެކްސެލެންސީ، މސ. ތިމުތު ދިސާނަޔަކާއާއި ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ އިސްވެރިން ބައްދަލުކުރެއްވުން. / ފޮޓޯ: ވުޒާރާ
ސްރީ ލަންކާގެ ހައި ކޮމިޝަނަރު، ހަރ އެކްސެލެންސީ، މސ. ތިމުތު ދިސާނަޔަކާއާއި ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ އިސްވެރިން ބައްދަލުކުރެއްވުން. / ފޮޓޯ: ވުޒާރާ
ޚުލާސާ

މި ބައްދަލުވުމުގައި ދިވެހިރާއްޖެ އަދި ސްރީ ލަންކާއާއި ދެމެދު އޮންނަ ގުޅުން ބަދަހިކުރުމާއި، ދެ ފަރާތުގެ މަސްލަޙަތު ހިމެނޭހެން ދެ ދަޢުލަތުގެ ކުރިއެރުމަށް މަސައްކަތްކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވޭ.

ސްރީ ލަންކާއާއި ދިވެހިރާއްޖޭގެ މަތީ ތައުލީމުގެ ފެންވަރު ރަނގަޅު ކުރުމަށް ސްރީ ލަންކާގެ ހައި ކޮމިޝަނަރު، ތިމުތު ދިސާނަޔަކާއާއި ދިވެހިރާއްޖޭގެ މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާއި ބެހޭ ވުޒާރާގެ އިސްވެރިން މަޝްވަރާކުރައްވައިފި އެވެ.

މި މަޝްވަރާ ކުރައްވާފައިވަނީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާއި ބެހޭ ވުޒާރާއަށް އެކަމަނާ ކުރެއްވި ޒިޔާރާތެއްގައި ވުޒާރާގެ އިސްބޭފުޅުންނާއިއެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖެ އަދި ސްރީ ލަންކާއާއި ދެމެދު އޮންނަ ގުޅުން ބަދަހިކުރުމާއި، ދެ ފަރާތުގެ މަސްލަޙަތު ހިމެނޭހެން ދެ ދައުލަތުގެ ކުރިއެރުމަށް މަސައްކަތްކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ. އެގޮތުން، ދެ ގައުމުގެ މަތީ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމަށް ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލާފައިވާ ކަމަށް ވުޒާރާއިން ބުންޏެވެ.

މި މަޝްވަރާ ބައްދަލުވުމުގައި، މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު، ޑރ. އަބްދުލްރަހީމް ހަސަން އާއި ސްޓޭޓް ފާތިމަތު މުހައްމަދު، ޑެޕިއުޓީ މިނިސްޓަރު، އައިމިނަތު ޝަޝީ އަދި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ)ގެ ސީއއީއޯ މަރްޔަމް ފިޒާނާ ރަޝީދު ބައިވެރިވެވަޑައިގެންނެވި ކަމަށް ވުޒާރާއިން މައުލޫމާތުދީފައިވެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%