ފ. މަގޫދޫގައި ހަދަމުން އަންނަ ޑޮމެސްޓިކް އެއާޕޯޓަށް ބަޔަކު ބޮޑެތި ގެއްލުންތަކެއް ދީފި އެވެ.
ފުލުހުން މިއަދު ބުނީ މަގޫދޫގައި ތަރައްގީކުރަމުން އަންނަ އެއާޕޯޓްގައި އިމާރާތްކޮށްފައިވާ އެއާޕޯޓް ފަޔާ އިމާރާތުގެ ވަށައިގެންވާ ބިއްލޫރިތައް ރޭ ތަޅާލާފައިވާ މައްސަލައެއް މިއަދު ހެނދުނު 07:47 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އެމްޓީސީސީ މަގޫދޫ ސައިޓުގެ ފަރާތުން ކަމަށް ފުލުހުން ބުންޏެވެ.
"މިހާތަނަށް ބެލި ބެލުމުން، އިމާރާތުގެ ބިއްލަޫރިތަށް ތަޅާލުމާއި އަލިފާން ރޯކޮށްލުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ފާހަގަކުރެވިފައިވޭ," ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
މަގޫދޫ އެއާޕޯޓުގެ ފަޔާ ސްޓޭޝަން އިމާރާތުގެ ކުޑަދޮރުތަކުގައި ޖަހާފައި ހުރި ބިއްލޫރިގަނޑުތައް ވަނީ ތަޅާލައިފަ އެވެ. އަދި ސީލިންގު ފަޅާލައި އެތަނުގައި ރޯކޮށްލާފައިވެ އެވެ.
ކުރީގެ ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ހަދަން ފެށި މަގޫދޫ އެއާޕޯޓުގެ މަސައްކަތުގެ ބޮޑު ވަނީ ނިމިފަ އެވެ.
ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބް މިދިޔަ މެއި މަހު ވިދާޅުވެފައިވާ ގޮތުގައި އެ އެއާޕޯޓުގެ މަސައްކަތް ނިންމައި މި ދައުރުގައި ހުޅުވާނެ އެވެ.