އެން.ސީ.އެސް އިން ދުވާފަރު އަދި އުނގޫފާރުގައި އައުޓްރީޗް ޕްރޮގްރާމްތަކެއް ބާއްވަނީ

އަައިޝަތު ޒީނާ | 4 ގަޑިއިރު ކުރިން - 14 ޖުލައި 2025 12:38
އެން.ސީ.އެސް އިން ބޭއްވި ކެރިއަރ ވޯކްޝޮޕެއް. / ފޮޓޯ: އެން.ސީ.އެސް
އެން.ސީ.އެސް އިން ބޭއްވި ކެރިއަރ ވޯކްޝޮޕެއް. / ފޮޓޯ: އެން.ސީ.އެސް
ޚުލާސާ

މި އައުޓްރީޗް ޕްރޮގްރާމްތަކުގައި، ކެރިޔާ ގައިޑެންސް އާއި ސީ.ވީ ތައްޔާރުކުރުމާއި ވަޒީފާ ހޯދުމަށް އިންޓަވިއުއަށް ތައްޔާރުވުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައްޗަށް އަލިއަޅުވައިލެވޭނެ.

ނޭޝަނަލް ކެރިޔަރސް ސަރވިސެސް (އެން.ސީ.އެސް)ގެ ފަރާތުން ރ އަތޮޅުގެ ދުވާފަރު އަދި އުނގޫފާރުގައި ވަޒީފާގެ މައިދާނަށް އަލަށް ނިކުންނަ ޒުވާނުންނަށް ތަފާތު ހުނަރުތައް ދަސްކޮށްދިނުމުގެ ގޮތުން އައުޓްރީޗް ޕްރޮގްރާމްތަކެއް ކުރިއަށްގެންދިޔުމަށް ނިންމައިފިއެވެ.

ދުވާފަރުގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ އައުޓްރީޗް ޕްރޮގްރާމް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ 15 ޖުލައި 2025 ވާ އަންގާރަ ދުވަހުއެވެ. އަދި އުނގޫފާރުގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ އައުޓްރީޗް ޕްރޮގްރާމް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ 16 ޖުލައި 2025 ވާ ބުދަ ދުވަހުއެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ބުނީ މި އައުޓްރީޗް ޕްރޮގްރާމްތަކުގައި، ކެރިޔާ ގައިޑެންސް، ޖޮބް ސެންޓަރ ޕޯޓަލްއަށް އަހުލުވެރިކުރުވުމާއި، ޒުވާނުންގެ ހުނަރުވެރިކަން އިތުރުކުރުމަށް އިސްނަގައިގެން ކުރެވިދާނެ މަސައްކަތްތަކާއި، ސީ.ވީ ތައްޔާރުކުރުމާއި ވަޒީފާ ހޯދުމަށް އިންޓަވިއުއަށް ތައްޔާރުވުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައްޗަށް އަލިއަޅުވައިލެވޭނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%