Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޕޫޓިން އަށް ފާޑުކިޔައި ޔުކްރޭނާއެކު ހަނގުރާމައިގައި ޓްރަމްޕް

ޕޫޓިން އަށް ފާޑުކިޔައި ޔުކްރޭނާއެކު ހަނގުރާމައިގައި ޓްރަމްޕް

ޖަވާދު
376 ދުވަސް ކުރިން - 14 ޖުލައި 2025 11:54
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕްޕް: އޭނާ ވިދާޅުވީ ޔުކްރެއިން ޙިމާޔަތްކުރުމަސް އެހީވާނެ ކަމަށް.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕްޕް: އޭނާ ވިދާޅުވީ ޔުކްރެއިން ޙިމާޔަތްކުރުމަސް އެހީވާނެ ކަމަށް.
ޚުލާސާ

ޕޫޓިންގެ އަމަލުތަކަށް ފާޑުކިޔައި، ޔޫކްރެއިނަށް އެންމެ ފަހުގެ ޒަމާނީ އަސްކަރީ އެހީ ފޯރުކޮށްދިނުން ޓްރަމްޕުގެ ސަރުކާރުން އަލުން ފަށައިފި.

އެމެރިކާއިން ޔޫކްރެއިނަށް އެންމެ ފަހުގެ ޒަމާނީ އަސްކަރީ ސާމާނުތަކެއް ފޯރުކޮށްދޭނެކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް ރޭ ކަށަވަރުކޮށްދީފިއެވެ. މި ސާމާނުތަކުގެ ތެރޭގައި ޔޫކްރެއިނުން އެންމެ ބޮޑަށް ބޭނުންވެފައިވާ ޕެޓްރިއޮޓް މިސައިލް ދިފާޢީ ނިޒާމް ވެސް ހިމެނެއެވެ.

ޓީވީ މެދުވެރިކޮށް ރޭ ވާހަކަފުޅު ދައްކަވަމުން ޓްރަންޕް ވަނީ، ރަޝިޔާއިން ޔޫކްރެއިނަށް ދެމުންދާ ވައިގެ ހަމަލާތައް ގިނަވަމުންދާތީ، އެ ޤައުމު ދިފާޢުކުރުމުގެ މުހިންމުކަމަށް ބާރުއަޅުއްވާފައެވެ. އަދި، މި އަސްކަރީ އެހީގެ ފައިސާގެ 100 އިންސައްތަ އެމެރިކާއަށް އަނބުރާ ލިބޭނެ ކަމަށް ވެސް ޓްރަންޕް ވަނީ ވިދާޅުވެފައެވެ.

"މިއީ މާކުރިން ވެސް ވާންޖެހޭ ކަމެއް،" ޓްރަންޕް ވިދާޅުވިއެވެ. ކުރީގެ ސަރުކާރުތަކުން ޔޫކްރެއިނަށް ދިން އެހީތެރިކަން އެހާ ހަމަޖެހޭ އެހީތެރިކަމެއް ނޫން ކަމަށް ވިދާޅުވެ ޓްރަންޕް ވަނީ ފާޑުކިޔުއްވާފައެވެ.

Advertisement

Advertisement 1

ޓްރަންޕް ވަނީ ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ވާހަކަދައްކާ ގޮތާއި ޢަމަލާއި ދިމާނުވާ ކަމަށް ބުނެފައެވެ. "އޭނާ … ރީތިކޮށް ވާހަކަ ދައްކާފައި، ރޭގަނޑު ހުރިހާ ތަނަކަށް ބޮން އަޅަނީ،" ޔޫކްރެއިންގެ ރަށްތަކަށް ރަޝިޔާއިން މިސައިލް ހަމަލާތައް ދިނުން ނުހުއްޓާ ކުރިއަށްދާކަން ފާހަގަކުރައްވައި ޕޫޓިން އަށް ފާޑު ކިޔަމުން ޓްރަންޕް ވިދާޅުވިއެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ ވަނީ މި ކަމަށްޓަކައި ޓްރަމްޕަށް މަރުޙަބާ ކިޔާފައެވެ. ޔޫކްރެއިންގެ އަސާސީ ވަސީލަތްތަކަށް ދެމުންދާ ހަމަލާތައް އިތުރުވަމުންދާތީ، އެމެރިކާއިން އަސްކަރީ އެހީ ދިނުން އަލުން ފެށިކަން ޒެލެންސްކީ ވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ބެލެވޭ ގޮތުގައި މިއީ އެމެރިކާ އާއި ޔުކްރޭނާއި ދެމެދު ހަދާފައިވާ ޑީލެކެވެ. މި ޑީލުގެ ސަބަބުން ޔުކްރޭނުގެ މިނަރަލްސް އާއި މަޢުދަންތައް އެމެރިކާއަށް ލިބޭނެއެވެ.

ޔުކްރޭންރަޝިއާ - ޔުކްރޭންޑޮނަލްޑް ޓްރަމްޕު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމެރިކާ އިން ޔަމަނަށް ބޮން އަޅާނެ ކަމުގެ އިންޒާރު ދީފި

އެމެރިކާ އިން ޔަމަނަށް ބޮން އަޅާނެ ކަމުގެ އިންޒާރު ދީފި

2 ދުވަސް ކުރިން - 20:16

އީރާނުގެ ސްކޫލަށް ދިން ޙަމަލާގެ ހެކި ގެއްލުވާލަން ޓްރަމްޕް މަސައްކަތް ކުރަނީ

އީރާނުގެ ސްކޫލަށް ދިން ޙަމަލާގެ ހެކި ގެއްލުވާލަން ޓްރަމްޕް މަސައްކަތް ކުރަނީ

10 ދުވަސް ކުރިން - 19:33

ޓްރަމްޕް ހުށަހެޅުއްވި ގްރީންލޭންޑު މައްސަލަ ނޭޓޯ ސަމިޓުން ބަލައިނުގަނެ ބޭރުކޮށްލައިފި

ޓްރަމްޕް ހުށަހެޅުއްވި ގްރީންލޭންޑު މައްސަލަ ނޭޓޯ ސަމިޓުން ބަލައިނުގަނެ ބޭރުކޮށްލައިފި

16 ދުވަސް ކުރިން - 21:05

17 އަހަރަށް ފަހު ފުރަތަމަ ފަހަރަށް އެމެރިކާގެ ރައީސަކު ތުރްކިޔޭއަށް ވަޑައިގެންފި

17 އަހަރަށް ފަހު ފުރަތަމަ ފަހަރަށް އެމެރިކާގެ ރައީސަކު ތުރްކިޔޭއަށް ވަޑައިގެންފި

17 ދުވަސް ކުރިން - 14:36

ޓްރަމްޕް މައްސަލަ ޖެއްސުމުން ބަލޯގަންގެ ރަތްކާޑު ސަސްޕެންޝަން އުވާލައިފި!

ޓްރަމްޕް މައްސަލަ ޖެއްސުމުން ބަލޯގަންގެ ރަތްކާޑު ސަސްޕެންޝަން އުވާލައިފި!

19 ދުވަސް ކުރިން - 23:05

ރަޝިޔާގެ ސެއިންޓް ޕީޓަސްބާގްގައި ހުންނަ މައި ތެޔޮ ޓާމިނަލަކަށް ޔޫކްރޭނުން ވަރުގަދަ ހަމަލާއެއް ދީފި

ރަޝިޔާގެ ސެއިންޓް ޕީޓަސްބާގްގައި ހުންނަ މައި ތެޔޮ ޓާމިނަލަކަށް ހަމަލާދީފި

21 ދުވަސް ކުރިން - 23:10