އަލްސަން ނިޔާވުމާ ގުޅިގެން ރައީސް ތައުޒިޔާ ފޮނުއްވައިފި

އާނާ ފަހީމް | 3 ގަޑިއިރު ކުރިން - 14 ޖުލައި 2025 12:07
ކްސިޑެންޓުގައި ނިޔާވި ޔޫސުފް އަލްސަން މުހައްމަދު (17އ.)
ކްސިޑެންޓުގައި ނިޔާވި ޔޫސުފް އަލްސަން މުހައްމަދު (17އ.)
ޚުލާސާ

އެކްސިޑެންޓުަގއި ނިޔާވި އަލްސަންގެ އާއިލާއަށް ރައީސް ތައުޒިޔާ ފޮނުއްވައި އެކްސިޑެންޓުގައި އަނިޔާވެ ފަރުވާ ހޯދަމުންދާ ފަރާތަށްވެސް އަވަސް ޝިފާއެއް އެދި ރައީސުލްޖުމްހޫރިއްޔާ ދުޢާ ކުރައްވައިފި.

މާލޭގައި ރޭ ހިނގި ބޮޑު އެކްސިޑެންޓުގައި ނިޔާވި ޔޫސުފް އަލްސަން މުހައްމަދު (17އ.) ގެ އާއިލާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ. އަލްސަންގެ ހިތާމަވެރި މަރަކީ ދިވެހި މުޖުތަމައަށް ލިބުނު ވަރަށް ބޮޑު ހިތާމައެކެވެ.

މި އެކްސިޑެންޓްގައި ނިޔާވި އަލްސަންއަކީ ދިވެހި މަޝްހޫރު ދެ ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލްއަނީ (ތޭރަވާ) އަދި މަރިޔަމް އަޝްފާގެ ހުރި ހަމައެކަނި ދަރިފުޅެވެ. އަލްސަންގެ ޖަނާޒާ އޮތީ އަސްރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.

އެކްސިޑެންޓް ހިނގި ގޮތަށް ބަލާއިރު، މި ނުރައްކާތެރި ހާދިސާ ހިނގީ ރޭ ބޮޑުތަކުރުފާނު މަގު، މާފަންނު ބަސް ޓާމިނަލް ކުރިމަތީގައެވެ. ހާދިސާ ހިނގަން މެދުވެރިވީ، ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުކުރެވި ގޮސް ކަފިހިހުރަސް މަތިން ދިޔަ 40 އަހަރުގެ މީހެއްގެ ގައިގައި ޖެހިގެންނެވެ. މި އެކްސިޑެންޓް ހިނގިއިރު، ސައިކަލު ދުއްވަން އިނީ ނިޔާވި އަލްސަން އެވެ. އޭނާގެ ފަހަތުގައި އުމުރުން 16 އަހަރުގެ ކުޑަ ފިރިހެން ކުއްޖެއް އިނެވެ. މީސް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން މަގުމަތީގައި ގިނަ އަދަދެއްގެ ލޭ ފެންނަން ހުރުމުން އެކްސިޑެންޓްގެ ނުރައްކާތެރިކަން ދައްކުވައިދެ އެވެ.

އަލްސަންގެ މަރާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 17 އަހަރުގެ ކުއްޖަކު ނިޔާވި ހަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ. އަދި، މި އެކްސިޑެންޓުގައި އަނިޔާވެ ފަރުވާ ހޯދަމުންދާ ދެ ފަރާތަށްވެސް އަވަސް ޝިފާއަށް އެދި ދުއާ ކުރާ ކަމަށްވެސް އެ ޕޯސްޓްގައި ރައީސްވަނީ ދުއާކޮށްފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%