ގދ. ނަޑެއްލާ އައު ބަނދަރު ހެެދުމަށް ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢު ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވަނީ ޢިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބްއެވެ. އަދި، ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޒަމީރު އެވެ.
މި މަޝްރޫޢު ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:
- 82،080 ކޮޑި މީޓަރު ވެލި އައު ބަނދަރު ފަޅުން ކޮނުން
- 19،600 ކޮޑި މީޓަރު ވެލި އައު ނެރުން އިން ކޮނުން
- 3،900 ކޮޑި މީޓަރު ވެލި މިހާރުގެ ބަނދަރު ފަޅުން ކޮނުން
- 16،000 ކޮޑި މީޓަރު ވެލި މިހާރުގެ ނެރުން ކޮނުން
- 48،850 ކޮޑި މީޓަރު ވެލި ބިން ހިއްކުމަށް ކޮނުން
- 277.7 މީޓަރުގެ ރިވެޓްމަންޓް ޖެހުން
- 105 މީޓަރުގެ ނެރުފައިކަށި ޖެހުން
- 244.7 މީޓަރުގެ ބޭރުތޮށި ޖެހުން
- 17 މީޓަރުގެ ބޭރުތޮށި ތިރިކޮށް ޖެހުން
- ޖުމްލަ 188 މީޓަރުގެ ގްރޮއިން ޖެހުން
- 534 މީޓަރުގެ އެއްގަމު ތޮށި ޖެހުން
- 534 މީޓަރުގެ ސްކަވަރިންގ އޭޕްރަން ޖެހުން
- 10 މޫރިންގ ބޮއި ހަރުކުރުން
- 11 މީޓަރު 11 މީޓަރުގެ ރޭމްޕްއެއް ހެދުން
- 6 ނެރު ބައްތި
- 18 ބަނދަރު ބައްތި ޖެހުން
- 2660 އަކަ މީޓަރުގެ ޕޭވްމަންޓް އެޅުން
450 ދުވަހުގެ ތެރޭގައި މި މަޝްރޫޢު ނިންމުމަށް ހެވީ ފޯސްއާ ހަވާލުކޮށްފައިވަނީ 78،653،152.46 ރުފިޔާ އަށެވެ.