ނިދާފައި އޮތް މީހަކު ޒަޚަމް ކޮށްލުމުގެ ސަބަބުން މަރުވި މައްސަލައެއް ބަލަން ފަށައިފި

ހުސައިން އިސްމާއިލް | 5 ގަޑިއިރު ކުރިން - 13 ޖުލައި 2025 08:31
ކުއްލި ޚަބަރު: ނިދާފައިއޮތް މީހަކު މަރުވި މައްސަލައެއް ބަލަންފަށައިފި
ކުއްލި ޚަބަރު: ނިދާފައިއޮތް މީހަކު މަރުވި މައްސަލައެއް ބަލަންފަށައިފި
ޚުލާސާ

ނިދާފައި އޮއްވާ ޒަޚަމް ކޮށްލުމުގެ ސަބަބުން މަރުވީ އއ. މާޅޮސްގެ 65 އަހަރުގެ ރައްޔިތެއް.

އަރިއަތޮޅު އުތުރުބުރީ މާޅޮހުގައި ނިދާފައި އޮތް 65 އަހަރުގެ މީހަކަށް އަނިޔާދީ ޒަޚަމް ކުރުމުގެ ސަބަބުން މަރުވެއްޖެއެވެ.

މަރުވެފައި ވަނީ އެ ރަށު އޯކިޑްމާގޭ ޢަބްދުއްރަޙްމާން އާދަމް އެވެ.

އޭނާ ނިދާފައި އޮއްވާ ބޮޑެތި ޒަހަމްތަކެއް ދިނުމުގެ ސަބަބުން ޙާލު ދެރަވެގެން އެރަށު ޞިއްޙީ މަރުކަޒަށް ގެންގޮސް ފަރުވާދޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ރޭ ދަންވަރު ދޭއް ޖަހަން އުޅެނިކޮށެވެ.

ފުލުހުން ބުނީ ޢަބްދުއްރަޙްމާން އާދަމް މަރުވީ ރޭގެ ފަތިހު އެވެ.

ފުލުހުން ބުނީ މި މައްސަލަ ތަޙްޤީޤް ކުރުމަށް ޚާއްޞަ ޓީމެއް މާޅޮހަށް ދަތުރު ފަށާފައިވާ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%