ރޭންޖާސް ތަމްރީނު ކޯހުގެ ދަސްވެނިންނަށް ސެޓްފިކެޓް ދީފި

އާނާ ފަހީމް | 98 ދުވަސް ކުރިން - 12 ޖުލައި 2025 20:52
ރޭންޖަރސް ތަމްރީނު ކޯހުގެ ދަސްވެނިންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ތެރެއިން/ފޮޓޯ: އެމްއެންޔޫ
ރޭންޖަރސް ތަމްރީނު ކޯހުގެ ދަސްވެނިންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ތެރެއިން/ފޮޓޯ: އެމްއެންޔޫ
ޚުލާސާ

ދިރޭތަކެތި ރައްކާތެރިކުރުމަށް ހުނަރުވެރި ބަޔަކު ބިނާކުރުމަށް އެމް.އެން.ޔޫއިން ކުރިއަށްގެންދިޔަ ރޭންޖާސް ތަމްރީނު ކޯސް ފުރިހަމަކުރި 17 ދަރިވަރަކަށް ސެޓްފިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތު ލ. ގަން ކެމްޕަސްގައި ބާއްވައިފި.

ދިވެހިރާއްޖޭގެ ދިރޭތަކެތި ހިމާޔަތްކުރުމުގެ ދާއިރާއަށް އާ ހަރުފަތެއް ގެނެސްދިން ފާހަގަކޮށްލެވޭ ކުރިއެރުމެއްގެ ގޮތުގައި، ފުރަތަމަ ފަހަރަށް ހިންގުނު ރޭންޖާސް ތަމްރީނު ކޯސް ފުރިހަމަކުރި ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފ އެވެ.

މި ތާރީހީ މުހިންމުކަން ލިބިގެންވާ ކޯހަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމް.އެން.ޔޫ) އިން އިސްނަގައިގެން ހިންގި ކޯހެކެވެ. މި އަގުހުރި މަސައްކަތަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ އެންދެރި ޕްރޮޖެކްޓުގެ ފަރާތުންނެވެ. ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތާއި ސެޓްފިކެޓް ހަވާލުކުރުމުގެ ހާއްސަ ހަފްލާ ބާއްވާފައިވަނީ ލ. ގަމުގައި ގާއިމުކުރެވިފައިވާ އެމް.އެން.ޔޫގެ ކެމްޕަހުގަ އެވެ.

މި ރަސްމިއްޔާތުގައި މި ކޯސް ފުރިހަމަކުރި ޖުމްލަ 17 ދަސްވެނިންނަށް ވަނީ ސެޓްފިކެޓް ދީފައެވެ. މި ދަރިވަރުންގެ ތެރޭގައި ލ. އަތޮޅުން ސްކޮލާޝިޕް ލިބިގެން ކޯސް ފުރިހަމަކުރި 10 ދަރިވަރުންނާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގައި މިހާރުވެސް ހަރަކާތްތެރިވާ ހަތް ރޭންޖަރުން ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދެއްކެވި ބޭފުޅުންގެ ތެރޭގައި އެމް.އެން.ޔޫގެ ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސަސްގެ ޑީން ޑރ. އަހުމަދު ރިޔާޒު ޖައުހަރީ އާއި ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާގެ ނައިބު ވަޒީރު ހައްސާން މުހައްމަދު ހިމެނިވަޑައިގަންނަވައެވެ. އެ ބޭފުޅުންގެ ވާހަކަފުޅުގައި، ރާއްޖޭގެ ދިރޭތަކެތި ހިމާޔަތްކުރުމަށް ހުނަރުވެރި ރޭންޖަރުންގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި، މުސްތަގުބަލުގައި މިފަދަ ތަމްރީނު ފުރުސަތުތައް އިތުރަށް ފުޅާކުރުމުގެ ރޭވުންތަކުގެ މައްޗަށްވެސް އަލިއަޅުވާލެއްވި އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%