ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ކެމްޕަހެއް ނައިފަރުގައި ތަރައްގީކުރުމަށް ފަހިދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީއާ މިރޭ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުގެ މަސައްކަތް ކުރުމަށް އެފްޑީސީއާ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޅ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ނައިފަރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިންނެވެ.
އެފްޑީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކޯޕަރޭޝަނުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރައްޒާން އެވެ. އަދި އެމްއެންޔޫއިން ސޮއިކުރެއްވީ ވައިސް ޗާންސެލާ ޑރ. އައިޝަތު ޝެހެނާޒް އާދަމްއެވެ.
ނައިފަރަކީ އާބަން ސެންޓަރެއް ގޮތުގައި ތަރައްގީކުރުމަށް ރައީސް ނިންމަވާފައިވާ ރަށެކެވެ. މިރޭގެ ރަސްމިއްޔުާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އާބަން ސެންޓަރެއްގައި މަތީ ތައުލީމީ ފުރުސަތުތައް ހުންނަން ޖެހޭނެ ކަމަށެވެ. އަދި އެމްއެންޔޫގެ އިތުރުން ނައިފަރުގައި އިސްލާމިކް ޔުނިވާސިޓީގެ ކެމްޕަހަކާއި ދަނާލެއް އެޅުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ބަޔަކާއި ހަވާލުކޮށް މިއަހަރުތެރޭގައި ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެމްއެންޔޫގެ ކެމްޕަހެއް ނައިފަރުގައި ގާއިމުކުރެވިގެން ދިއުމަކީ ތައުލީމީ ދާއިރާއިން ނައިފަރަށާއި ޅ. އަތޮޅަށް ބޮޑެތި ފައިދާތަކެއް ކުރާނޭ ކެމެކެވެ.






