ހަވަނަ "އަހާ ފޯރަމް" އަންނަ ހޯމަ ދުވަހުގެ ރޭ ބާއްވަނީ

އަައިޝަތު ޒީނާ | 3 ދުވަސް ކުރިން - 12 ޖުލައި 2025 19:28
މިދިޔަ މެއި މަހު ބޭއްވި ފަސްވަނަ "އަހާ ފޯރަމް". / ފޮޓޯ: ރައީސް އޮފީސް
މިދިޔަ މެއި މަހު ބޭއްވި ފަސްވަނަ "އަހާ ފޯރަމް". / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މި ފޯރަމް އޮންނާނީ 14 ޖުލައި 2025 ވާ ހޯމަ ދުވަހުގެ ރޭ 21:00 ގައި ޕީއެސްއެމްގެ ޓީވީ ބިލްންގައި.

ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިއްސާކޮށް، އެކަންކަމާއި ގުޅޭގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދިނުމަށް ބާއްވާ "އަހާ ފޯރަމް" ގެ ހަވަނަ ފޯރަމް އަންނަ ހޯމަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފިއެވެ.

މި ފޯރަމް އޮންނާނީ 14 ޖުލައި 2025 ވާ ހޯމަ ދުވަހުގެ ރޭ 21:00 ގައި ޕީއެސްއެމްގެ ޓީވީ ބިލްންގައެވެ.

އެހެން ފަހަރުގެ ފޯރަމްތަކާ ހިލާފަށް މިފަހަރުގެ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވަނީ ހަތަރު ވަޒީރުންނެވެ.

މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުންނަކީ:

  1. މާލީ ވަޒީރު މޫސާ ޒަމީރު
  2. ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހިމް
  3. އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބް
  4. ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާބެހޭ ވަޒީރު އިބްރާހީމް ވަހީދު

ދެ ގަޑިއިރަށް ކުރިއަށްގެންދާ މި ފޯރަމުގައި ބައިވެރިވެ، ވަޒީރުންނާ ކުރަން ބޭނުންވާ ސުވާލުތައް ފޮނުވުމުގެ ފުރުސަތު މިހާރު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމާއި، ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށްވެސް މި ފޯރަމްގައި ބައިވެރިވެ ވަޑައިގަންނަވާ ވަޒީރުންނާއި ސުވާލުކުރެވޭނެއެވެ.

އެސްއެމްއެސް މެދުވެރިކޮށް ސުވާލު ފޮނުވާނީ AH ޖެހުމަށްފަހު، ހުސްތަންކޮޅެއް ދޫކޮށް، ކުރަން ބޭނުންވާ ސުވާލު ލިޔުމަށްފަހު 300 އަށެވެ.

މި ފޯރަމް އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމް ގުޅިގެން ބާއްވާ ފޯރަމް އެކެވެ. މި ފޯރަމްގެ ސަބަބުން ރައްޔިތުންނަށް ސަރުކާރުގެ މަސައްކަތްތަކާއި ބެހޭ މައުލޫމާތު ސީދާ ވަޒީރުންގެ އަރިހުން ލިބި، އެ ބޭފުޅުންނާ ސުވާލުކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%