Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް އައު ރަޖިސްޓްރީ ދޫކުރަން ފަށައިފި

އަައިޝަތު ޒީނާ
489 ދުވަސް ކުރިން - 12 ޖުލައި 2025 17:02
ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް އައު ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ. / ފޮޓޯ: ޢިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާ
ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް އައު ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ. / ފޮޓޯ: ޢިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާ
ޚުލާސާ

ވުޒާރާއިން ބުނެފައިވަނީ ރަޖިސްޓްރީއާ ހަވާލުވުމަށް އަންނަ އިރު ގޯތި ލިބިފައިވާ ފަރާތުގެ އައިޑީ ކާޑުގެ އަސްލު ގެންނަން ޖެހޭނެ ކަމަށް.

ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން، ގުރުއަތު ނެގުމަށްފަހު ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރަން މިއަދު ފަށައިފިއެވެ.

އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ބުނީ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރިއަށްދަނީ އެ ވުޒާރާ ކުރިން ހިންގި އިމާރާތުގެ ބިމުގައި ކަމަށެވެ.

އައު ރަޖިސްޓްރީގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ. އެގޮތުން ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ބަލައިގަތުމަށް އެޕޮއިންޓްމަންޓް ހެއްދުމުގެ އިންތިޒާމް ވުޒާރާއިން ވަނީ ހަމަޖައްސާފައެވެ.

Advertisement

Advertisement 1

ރަޖިސްޓްރީއާ ހަވާލުވުމަށް އެޕޮއިންޓްމަންޓް ހަމަޖެހޭ ފަރާތްތަކަށް ހިޔާވަހި ޕޯޓަލް އަދި އެސްއެމްއެސް މެދުވެރިކޮށް ހާޒިރުވާންޖެހޭ ގަޑިއާއި ތަން އަންގާނެ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.

އެޕޮއިންޓްމަންޓް ގަޑިއަށްވުރެ ފަސް މިނެޓު ލަސްވެ ހާޒިރުވާ ފަރާތްތަކާއި، ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަ ނުކޮށް ހާޒިރުވާ ފަރާތްތަކުން އެޕޮއިންޓްމަން ކެންސަލްވާނެ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ. އަދި އެ ފަރާތްތަކަށް އެހެން ތާރީހަކާއި ގަޑިއަކަށް އެޕޮއިންޓްމަންޓަށް އެދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވުޒާރާއިން ބުންޏެވެ.

ވުޒާރާއިން ބުނެފައިވަނީ ރަޖިސްޓްރީއާ ހަވާލުވުމަށް އަންނަ އިރު ގޯތި ލިބިފައިވާ ފަރާތުގެ އައިޑީ ކާޑުގެ އަސްލު ގެންނަން ޖެހޭނެ ކަމަށެވެ. އަދި ބަދަލުގައި ފަރާތެއް އަންނަ ނަމަ ޕަވާ އޮފް އެޓާނީގެ އަސްލާއި ޕަވާ އޮފް އެޓާނީ ލިބިފައިވާ ފަރާތުގެ އައިޑީ ކާޑުގެ އަސްލު ގެންނަން ޖެހޭނެ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.

މީގެ އިތުރުން، ވުޒާރާއާއި ގޯތި ލިބޭ ފަރާތާ ދެމެދު ކުރިން ސޮއިކޮށްފައިވާ ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމާއި، ކުރިން ދޫކޮށްފައިވާ ބަންޑާރަ ގޯތީގެ ރަޖިސްޓްރީގެ އަސްލުވެސް ގެންނަން ޖެހޭނެ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.

ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން، ކުރިން ގޯތި ލިބި ރަޖިސްޓްރީ ދޫކުރި ޕްލޮޓްތައްވެސް ވަނީ ބަދަލުވެފައެވެ.

ގޯތި ލިބޭ ފައިނަލް ޕްލޮޓުތައް ކަނޑައަޅާފައިވަނީ މިދިޔަ މެއި މަހުގެ 30 ވަނަ ދުވެހު އުސްފަސްގަނޑު ސަރަހައްދުގައި ބޭއްވި ގުރުއަތުލުމުގަ އެވެ.

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

"ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީގެ %40 ރަސްމާލެއިން އެކަނި ލިބޭނެ"

"ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީގެ %40 ރަސްމާލެއިން އެކަނި ލިބޭނެ"

3 ދުވަސް ކުރިން - 14:19

ރަސްމާލެއިން ދޫކުރާ ބިމުގެ އަގަކީ 24 ބިލިއަން ޑޮލަރެއް ނޫން: މުއްތަލިބް

ރަސްމާލެއިން ދޫކުރާ ބިމުގެ އަގަކީ 24 ބިލިއަން ޑޮލަރެއް ނޫން: މުއްތަލިބް

11 ދުވަސް ކުރިން - 13:33

11 ރަށެއްގެ މަގު ތަރައްގީކުރުމަށް 912 މިލިއަން ރުފިޔާގެ އެއްބަސްވުމެއް

11 ރަށެއްގެ މަގު ތަރައްގީކުރުމަށް 912 މިލިއަން ރުފިޔާގެ އެއްބަސްވުމެއް

15 ދުވަސް ކުރިން - 17:15

އިމާރާތްކުރުމުގެ ގަވާއިދުތަކަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްގެ ދެވަނަ ބައި އޮކްޓޯބަރު މަހު

އިމާރާތްކުރުމުގެ ގަވާއިދުތަކަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްގެ ދެވަނަ ބައި އޮކްޓޯބަރު މަހު

43 ދުވަސް ކުރިން - 18:33

އީގަލް ހިލްސް އިން ކުރާ އިންވެސްޓްމަންޓުން ދައުލަތަށް 11 ބިލިއަން ޑޮލަރު!

އީގަލް ހިލްސް އިން ކުރާ އިންވެސްޓްމަންޓުން ދައުލަތަށް 11 ބިލިއަން ޑޮލަރު!

44 ދުވަސް ކުރިން - 09:13

ހައުސިން މިނިސްޓްރީން ލިޔެކިޔުންތަކެއް މަދުވެފައި ނުވޭ: ފުލުހުން

ހައުސިން މިނިސްޓްރީން ލިޔެކިޔުންތަކެއް މަދުވެފައި ނުވޭ: ފުލުހުން

48 ދުވަސް ކުރިން - 20:36