ހުޅުމާލޭ އަލިފާންގަނޑުން އަރަމުންދާ ދުމުން ފުރާނައަށް ނުރައްކާވެދާނެ!

ހުސައިން އިސްމާއިލް | 12 ގަޑިއިރު ކުރިން - 10 ޖުލައި 2025 20:10
ކުއްލި ޚަބަރު: ހުޅުމާލޭ އަލިފާންގަނޑުން އަރަމުންދާ ދުމުން ފުރާނައަށް ނުރައްކާވެދާނެ!
ކުއްލި ޚަބަރު: ހުޅުމާލޭ އަލިފާންގަނޑުން އަރަމުންދާ ދުމުން ފުރާނައަށް ނުރައްކާވެދާނެ!
ޚުލާސާ

ހުޅުމާލޭގެ ގުދަންތަކެއްގައި މިހާރު ރޯވެގެން އުޅޭ އަލިފާންގަނޑުން ނުރައްކާތެރި ޓޮކްސިކް އެކުލެވޭ ދުމުގެ އަސަރު ހުރުމުން އެސަރަޙައްދާއި ކައިރި ނުވުމަށް ފުލުހުން އިލްތިމާސްކޮށްފި.

ހުޅުމާލޭގެ އިންޑަސްޓްރިއަލް ޒޯނުގައި މިވަގުތު ރޯވެފައިވާ 3 ގުދަން ހުރި ޢިމަރާތުން ނުރައްކާތެރި ޓޮކްސިކް ދުމުގެ އަސަރު އެބަހުރި ކަމަށާއި އެ ސަރަޙައްދާއި ކައިރިނުވުމަށް ފުލުހުން އިލްތިމާސްކުރައްވައިފިއެވެ.

އަލިފާން ރޯވެގެން އުޅޭ ޢިމާރާތުގެ 3 ފަންގިފިލާގައިވެސް ހުންނަނީ ގުދަންތަކެވެ.

މި ވަގުތަކީ ފުދޭވަރަކަށް ވާރޭ ވެސް ވެހެމުންދާ ވަގުތެކެވެ.

މިހާރު ފެތުރިފައިވާ ބޯ ދުމުގެ ސަބަބުން ރީތިގަސްމަގުން ދުއްވާ އެއްވެސް އުޅަނދަކަށް މަގެއް ވެސް ނުފެންނާނެއެވެ. އެހެންކަމުން އެ މަގުން ދަތުރު ކުރުމަކީ މިވަގުތު ނުރައްކާ ކަމެއް ކަމަށް އެ ސަރަޙައްދުގައި ހުރި ޚުލާޞާގެ ރިޕޯޓަރަކު މައުލޫމާތު ދެއްވައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%