ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެއުޅުނު ބޭރުގެ މަސްބޯޓެއް ކޯސްޓްގާޑުން މިއަދު ހިފަހައްޓައިފި އެވެ.
އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ބޭރު ގައުމެއްގެ މަސްބޯޓެއް، ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އެ އުޅަނދުގައި ފަސް މީހަކު ތިބި ކަމަށް އެމްއެެންޑީއެފުން ބުންޏެވެ.
"މި އުޅަނދު މާލޭ ބަނދަރަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން," އެމްއެންޑީއެފުން ބުންޏެވެ.
ނަމަވެސް އެއީ ކޮން ގައުމެއްގެ ބޯޓެއް ކަމަށް އެމްއެންޑީއެފް އިން އަދި ނުބުނެ އެވެ.
މި ސަރުކާރުން ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކޮށް, އެކަމަށް ހާއްސަ ޑްރޯން އާއި އިތުރު ވަސީލަތްތައް ގާއިމްކޮށްފަ އެވެ.