އަތޮޅު ކައުންސިލަކާއި 28 ރަށު ކައުންސިލަށް އެސްޖީން ހޯދަން އިޢުލާނުކޮށްފި

އަައިޝަތު ޒީނާ | 8 ގަޑިއިރު ކުރިން - 10 ޖުލައި 2025 16:33
ސަރުކާރު ގިނަ އޮފީސްތަކެއް ހިންގާ ވެލާނާގެ. / ފޮޓޯ: ޚުލާސާ
ސަރުކާރު ގިނަ އޮފީސްތަކެއް ހިންގާ ވެލާނާގެ. / ފޮޓޯ: ޚުލާސާ
ޚުލާސާ

މި މަޤާމުތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށް.

އަތޮޅު ކައުންސިލަކާއި 28 ރަށު ކައުންސިލަށް ސެކްރެޓަރީ ޖެނެރަލް (އެސްޖީ)ން ހޯދުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އިއުލާނުކޮށްފިއެވެ.

ކައުންސިލްތަކުގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔާގެ ގޮތުގައި އެސްޖީން އައްޔަނުކުރަނީ ފަސް އަހަރުގެ މުއްދަތަށެވެ.

ސީއެސްސީގެ އިއުލާނުގައިވާ ގޮތުން ރަށު ކައުންސިލު އިދާރާތަކުގެ ސެކްރެޓަރީ ޖެނެރަލް ދެ ދަރަޖައަކަށް ބެހޭއިރު އެއް ދަރަޖައަށް މުސާރައިގެ ގޮތުގައި މަހަކު 9،300ރ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި މަހަކު 6،800ރ ލިބޭނެއެވެ. އަދި ދެވަނަ ދަރަޖައަށް މުސާރައިގެ ގޮތުގައި މަހަކު 8،835ރ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި މަހަކު 6،450ރ ލިބޭނެ ކަމަށް ސީއެސްސީން ބުނެފައިވެ އެވެ.

ރަށު ކައުންސިލަށް އެސްޖީންގެ މަގާމަށް އިއުލާނުކޮށްފައިވާ އިދާރާ އަދި ވަޒީފާ އަދާކުރަން ޖެހޭ ތަން:

  1. ހއ. ތަކަންދޫ ކައުންސިލްގެ އިދާރާ / ހއ. ތަކަންދޫ
  2. ހރ. ހިރިމަރަދޫ ކައުންސިލްގެ އިދާރާ / ހދ. ހިރިމަރަދޫ
  3. ހދ. ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ / ހ. ނޮޅިވަރަންފަރު
  4. ށ. ފޭދޫ ކައުންސިލްގެ އިދާރާ / ށ. ފޭދޫ
  5. ށ. ފީވައް ކައުންސިލްގެ އިދާރާ / ށ. ފީވައް
  6. ނ. ހެނބަދޫ ކައުންސިލްގެ އިދާރާ / ނ. ހެނބަދޫ
  7. ނ. ވެލިދޫ ކައުންސިލްގެ އިދާރާ / ނ. ވެލިދޫ
  8. ރ. ވާދޫ ކައުންސިލްގެ އިދާރާ / ރ. ވާދޫ
  9. ރ. ރަސްމާދޫ ކައުންސިލްގެ އިދާރާ / ރ. ރަސްމާދޫ
  10. ރ. މަޑުއްވަރީ ކައުންސިލްގެ އިދާރާ / ރ. މަޑުއްވަރީ
  11. ރ. އިންނަމާދޫ ކައުންސިލްގެ އިދާރާ / ރ. އިންނަމާދޫ
  12. ބ. ފެހެންދޫ ކައުންސިލްގެ އިދާރާ / ބ. ފެހެންދޫ
  13. ބ. ހިތާދޫ ކައުންސިލްގެ އިދާރާ / ބ. ހިތާދޫ
  14. އއ. ފެރިދޫ ކައުންސިލްގެ އިދާރާ / އއ. ފެރިދޫ
  15. އއ. ތޮއްޑޫ ކައުންސިލްގެ އިދާރާ / އއ. ތޮއްޑޫ
  16. އދ. ހަންޏާމީދޫ ކައުންސިލްގެ އިދާރާ / އދ. ހަންޏާމީދޫ
  17. ވ. ކެޔޮދޫ ކައުންސިލްގެ އިދާރާ / ވ. ކެޔޮދޫ
  18. ވ. ތިނަދޫ ކައުންސިލްގެ އިދާރާ / ވ. ތިނަދޫ
  19. ވ. ރަކީދޫ ކައުންސިލްގެ އިދާރާ / ވ. ރަކީދޫ
  20. ފ. ދަރަނބޫދޫ ކައުންސިލްގެ އިދާރާ / ފ. ދަރަނބޫދޫ
  21. ދ. ރިނބުދޫ ކައުންސިލްގެ އިދާރާ / ދ. ރިނބުދޫ
  22. ދ. މާއެނބޫދޫ ކައުންސިލްގެ އިދާރާ / ދ. މާއެނބޫދޫ
  23. ތ. ގާދިއްފުށި ކައުންސިލްގެ އިދާރާ / ތ. ގާދިއްފުށި
  24. ތ. ތިމަރަފުށި ކައުންސިލްގެ އިދާރާ / ތ. ތިމަރަފުށި
  25. ލ. ދަނބިދޫ ކައުންސިލްގެ އިދާރާ / ލ. ދަނބިދޫ
  26. ލ. މުންޑޫ ކައުންސިލްގެ އިދާރާ / ލ. މުންޑޫ
  27. ގއ. ކޮލަމާފުށި ކައުންސިލްގެ އިދާރާ / ގއ. ކޮލަމާފުށި
  28. ގއ. ދެއްވަދޫ ކައުންސިލްގެ އިދާރާ / ގއ. ދެއްވަދޫ

ސީއެސްސީން ބުނީ ސެކްރެޓަރީ ޖެނެރަލެއް ބޭނުންވަނީ މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށް ކަމަށެވެ. އަތޮޅު ކައުންސިލު އިދާރާތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މުސާރައަކީ މަހަކު 12130ރ. އެވެ. އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 8870ރ. ލިބޭއިރު، ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ 35 އިންސައްތަ ލިބޭނެ ކަމަށް ސީއެސްސީން ބުންޏެވެ.

މި މަގާމުތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށެވެ.

ސީއެސްސީން ބުނީ އެސްޖީން ހޮވުމަށް ބާއްވާ އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ މި މަހުގެ 22 އިން އޮގަސްޓް 21 އާ ދެމެދުގައި ކަމަށާއި، އިންޓަވިއު އާއި ޕްރެޒެންޓޭޝަން ކުރިއަށް ގެންދާނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަމަށެވެ. އަދި އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހާއި 15 ދުވަސް ތެރޭގައި މަޤާމުތަކަށް ކުރިމަތިލި މީހުންނަށް ޕޮއިންޓް ލިބުނު ގޮތް އާންމުކުރާނެ ކަމަށް ސީއެސްސީން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%