Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރިޓަޔާ ވުމަށްފަހު ދައުލަތުގެ ވަޒީފާއެއް އަދާކުރާނަމަ އަންގަން އެދިއްޖެ

ރިޓަޔާ ވުމަށްފަހު ދައުލަތުގެ ވަޒީފާއެއް އަދާކުރާނަމަ އަންގަން އެދިއްޖެ

މުހައްމަދު ޖަމްޝަތު
142 ދުވަސް ކުރިން - 19 ޖެނުއަރީ 2026 21:38
ދައުލަތުގެ ގިނަ އޮފީސްތައް ހުންނަ ވެލާނާގެ---
ދައުލަތުގެ ގިނަ އޮފީސްތައް ހުންނަ ވެލާނާގެ---
ޚުލާސާ

ވަޒީފާއިން ރިޓަޔާކުރުމަށްފަހު އެހެން މަގާމަކަށް އައްޔަން ކުރާ ނުވަތަ އިންތިހާބުވާ މީހުންނަށް ރިޓަޔަމަންޓް އެލަވަންސް ނުލިބޭ ގޮތަށް އުސޫލު ވަނީ ބަދަލުކޮށްފަ

ރިޓަޔާ ކުރުމަށްފަހު ދައުލަތުގެ ވަޒީފާއެއް އަދާކުރާނަމަ އެކަން އެންގުމަށް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އެދިއްޖެ އެވެ.

ސިވިލް ސާވިސްގެ ވަޒީފާއިން ރިޓަޔާކުރުމަށްފަހު އަލުން ދައުލަތުގެ ވަޒީފާއެއް އަދާކުރާނަމަ އެމީހަކަށް ދެމުން އައި ރިޓަޔަމެންޓް ޕެންޝަން އެ މުއްދަތުގައި ނުލިބޭގޮތަށް ސިވިލް ސާވިސްގެ ގަވާއިދު އިސްލާހުކުރީ މިދިޔަ ޑިސެމްބަރުމަހުގެ 30 ވަނަ ދުވަހު އެވެ.

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ބުނީ ސިފައިންގެ ރިޓަޔަމަންޓް ގަވާއިދާއި، ފުލުހުންގެ ރިޓަޔަމަންޓް ގަވާއިދު އަދި ދިވެހި ސިވިލް ސާވިސްގެ ގަވާއިދަށް ގެެނެސްފައިވާ އިސްލާހުތަކުގެ ދަށުން ރިޓަޔަމަންޓް އިނާޔަތް ލިބޭ ގޮތަށް ދައުލަތުގެ ވަޒީފާއަކުން ރިޓަޔާކޮށްފައިވާ ފަރާތެއް، އަލުން ދައުލަތުގެ މަގާމަކަށް އިންތިހާބުވެއްޖެނަމަ ނުވަތަ ދައުލަތުގެ ވަޒީފާއެއް ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ވަޒީފާއެއް އަދާކުރަން ފަށާފައިވާނަމަ، އެ ވަޒީފާގައި ދެމި ހުންނަ މުއްދަތުގައި މަހުން މަހަށް ދެވޭ ރިޓަޔަމަންޓް އިނާޔަތް މެދުކަނޑާލެވޭ ގޮތަށްވަނީ ކަނޑައަޅާފައި ކަމަށެވެ.

Advertisement

Advertisement 1

އެގޮތުން ރިޓަޔަކުރުމަށްފަހު، ދައުލަތުގެ އެހެން ވަޒީފާއެއް އަދާކުރަން ފަށާފައިވާ ފަރާތްތަކަށް، މިމަހުން ފެށިގެން މަހުން މަހަށް ދެވޭ ރިޓަޔަމަންޓް އިނާޔަތް ދިނުން ވަނީ މެދު ކަނޑާލާފަ އެވެ. އަދި މިފަދަ ފަރާތްތަކަށް އަލުން މަހުން މަހަށް ރިޓަޔަމަންޓް އިނާޔަތް ދޭން ފަށާނީ، ފަހުން އަދާކުރި ވަޒީފާ ނުވަތަ މަގާމުން ވަކިވާ މަހާއި ޖެހިގެން އަންނަ މަހުން ފެށިގެންކަމަށް ޕެންޝަން އޮފީހުން ބުންޏެވެ.

ޕެންޝަން އޮފީހުން ބުނީ ރިޓަޔާ ކުރުމަށްފަހު ދައުލަތުގެ އެހެން ވަޒީފާއެއް މިހާރު އަދާކުރާ ފަރާތްތަކުން ނުވަތަ އެފަދަ ވަޒީފާއަކުން މި މަހުން ފެށިގެން ވަކިވާ ފަރާތްތަކުން، މިކަމަށް ހާއްސަކޮށްފައިވާ ފޯމު މެދުވެރިކޮށް ނުވަތަ ލިޔުމުން އަންގަންވާނެ ކަމަށެވެ.

ރިޓަޔަކުރުމުން ދިގު މުއްދަތަށް ޕެންޝަން ލިބޭ އިދާރާތަކުގެ ތެރޭގައި ފުލުހުންގެ އިދާރާއާއި، އެމްއެންޑީއެފާއި، ކަސްޓަމްސް އަދި އިމިގްރޭޝަނާއި، ކަރެންޝަންސް ފަދަ އިދާރާތައް ހިމެނެ އެވެ. ކުރިން އެފަދަ އިދާރާތަކުން ރިޓަޔަކުރުމަށްފަހު އިންތިހާބީ މަގާމުތަކަށް އަންނަ މީހުންނަށްވެސް ޕެންޝަން އެލަވަންސް ދިޔައީ ލިބެމުންނެވެ.

ނަމަވެސް ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ، ބައެއް މަގާމުތަކުގައި ރިޓަޔާޑް ބޭފުޅުން ތިއްބަވާއިރު އެ ބޭފުޅުންނަށް މަގާމުގެ މުސާރައިގެ އިތުރުން ރިޓަޔަމަންޓް އެލަވަންސްވެސް ލިބޭތީ އާންމުންގެ ކަންބޮޑުވުން އެބައޮތް ކަމަށް ވިދާޅުވެފަ އެވެ. އަދި މިކަމަށް ހައްލެއް ގެނައުމަށް ސިފައިންނާއި ފުލުހުންގެ އިތުރުން ސިވިލް ސާވިސްގެ ގަވާއިދުތައް ވަނީ ބަދަލުކޮށްފަ އެވެ.

ޕެންޝަން އޮފީސްސިވިލް ސަރވިސް ކޮމިޝަން
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއަރޕާސަންގެ މަޤާމަށް ޢަބްދުލްމަޖީދު އައްޔަން ކުރައްވައިފި

ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއަރޕާސަންގެ މަޤާމަށް ޢަބްދުލްމަޖީދު

17 ދުވަސް ކުރިން - 15:28

ޕެންޝަން އޮފީހުގެ ބޯޑަށް ޕްރައިވެޓް ސެކްޓާ މެންބަރަކު އައްޔަންކުރުމަށް އަލުން ހުޅުވާލައިފި

ޕެންޝަން ބޯޑަށް މެންބަރަކު އައްޔަންކުރުމަށް އަލުން ހުޅުވާލައިފި

92 ދުވަސް ކުރިން - 15:41

ޕެންޝަން އޮފީހުގެ ބޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި

ޕެންޝަން އޮފީހުގެ ބޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި

119 ދުވަސް ކުރިން - 14:19

ބޮޑެތި ބަލިތަކުގެ މީހުންނަށް ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތް ހަދަން ލަފާ ހޯދަނީ

ބޮޑެތި ބަލިތަކަށް ޕެންޝަން ބޭނުންކުރަން ލަފާ ހޯދަނީ

120 ދުވަސް ކުރިން - 16:50

ޕެންޝަން ފައިސާއިން ގޯތި ގެދޮރު އިމާރާތް ކުރެވޭނެ ގޮތް ހަދަނީ

ޕެންޝަން ފައިސާއިން ގެދޮރު އިމާރާތް ކުރެވޭނެގޮތް ހަދަނީ

125 ދުވަސް ކުރިން - 18:18

ބޮންޑުގައި އިންވެސްޓްކުރަނީ ފަންޑަށް ގެއްލުން ނުވާނެ ގޮތަށް: ޕެންޝަން އޮފީސް

"ބޮންޑުގައި އިންވެސްޓްކުރަނީ ފަންޑަށް ގެއްލުން ނުވާނެ ގޮތަށް"

127 ދުވަސް ކުރިން - 10:05