Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ގަނޑި ނުޖެހޭ ގޮތަށް ކޮންމެ މުވައްޒަފަކަށް 30 މިނެޓު ދީފި

ގަނޑި ނުޖެހޭ ގޮތަށް ކޮންމެ މުވައްޒަފަކަށް 30 މިނެޓު ދީފި

ހުސައިން އިސްމާއިލް
4 ގަޑިއިރު ކުރިން - 3 ޖުލައި 2026 17:34
ސިވިލް ސާވިސް ކޮމިޝަންގެ އޮފީސް: ސިވިލް ސާވިސް ގަވައިދުގައި، ބަފާ ޓައިމް ދޭނެ ގޮތް ހިމަނައި ގަވައިދަށް ވަނީ އިސްލާހު ގެނެސްފަ
ސިވިލް ސާވިސް ކޮމިޝަންގެ އޮފީސް: ސިވިލް ސާވިސް ގަވައިދުގައި، ބަފާ ޓައިމް ދޭނެ ގޮތް ހިމަނައި ގަވައިދަށް ވަނީ އިސްލާހު ގެނެސްފަ
ޚުލާސާ

ބަފާ ޓައިމްގެ 30 މިނެޓުގެ ތެރޭގައި އޮފީހަށް ހާޒިރުވާ ވަގުތަށް ބަލައި، އެ މުވައްޒަފަކު އޮފީސް ނިމޭ ވަގުތު އެ މިންވަރަށް ފަސްކޮށްދެވޭނެ. މި ނިޒާމު ހަމަޖެހިފައިވަނީ މުވައްޒަފުންނަށް އެއްވެސް ވަގުތެއް ގެއްލިގެން ނުދާނެ ފަދަ އިންސާފުވެރި އުސޫލަކުން.

ސިވިލް ސާވިސް މުވައްޒަފުންގެ ހައްގުތަކާއި ލާބައަށް އިސްކަންދީ، ވަޒީފާގެ މާހައުލު އިތުރަށް ލުއިފަސޭހަ ކުރުމަށް ސަރުކާރުން ނިންމި ނިންމުމާއެކު، ދިމާވާ ހާއްސަ ހާލަތްތަކުގައި އިތުރު ހުއްދައަކާ ނުލާ މަސައްކަތު ގަޑި އެޖަސްޓުކުރެވޭ ގޮތަށް ސިވިލް ސާވިސްގެ ގަވާއިދަށް ތާރީހީ ބަދަލެއް އިއްޔެ ގެނެސްފިއެވެ. މި އިސްލާހުގެ ދަށުން ކޮންމެ މުވައްޒަފަކަށްވެސް އޮފީހަށް ހާޒިރުވުމަށް 30 މިނެޓުގެ "ބަފާ ޓައިމް" އެއް މިހާރު ލިބިގެންދާނެއެވެ.

މިއީ މުވައްޒަފުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ހިތްހަމަޖެހިގެން މަސައްކަތްކުރާނެ މާހައުލެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.

މި އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުން، ބަފާ ޓައިމްގެ ގޮތުގައި ކަނޑައަޅާފައިވަނީ މުވައްޒަފުންނަށް ދިމާވާ ބޮޑެތި އަދި ކުއްލި ހާއްސަ ހާލަތްތަކާއި ގުޅިގެން، ރަސްމީ މަސައްކަތު ވަގުތަށް އޮފީހަށް ހާޒިރުނުވެވޭ ހާލަތްތަކުގައެވެ. މި ވަގުތަކީ އެއްވެސް އިތުރު ހުއްދައަކާއި ނުލާ، މުވައްޒަފަށް ލިބޭ ހާއްސަ އިނާޔަތެކެވެ. މުވައްޒަފުގެ ރަސްމީ މަސައްކަތު ގަޑި ފެށޭ ވަގުތުން ފެށިގެން މި ބަފާ ޓައިމްގެ 30 މިނެޓު ގުނަން ފެށޭނެއެވެ. ނަމަވެސް، މި ވަގުތުގެ ބޭނުން ހިފާ މުވައްޒަފުން އޮފީހަށް ހާޒިރުވުމަށްފަހު، ލަސްވި ސަބަބު ބަޔާންކޮށް އިދާރާގެ ހިއުމަން ރިސޯސް (އެޗުއާރު) ސެކްޝަނަށް އަންގަން ޖެހޭނެއެވެ.

Advertisement

Advertisement 1

މި ނިޒާމު ހަމަޖެހިފައިވަނީ މުވައްޒަފުންނަށް އެއްވެސް ވަގުތެއް ގެއްލިގެން ނުދާނެ ފަދަ އިންސާފުވެރި އުސޫލަކުންނެވެ. އެގޮތުން ބަފާ ޓައިމްގެ 30 މިނެޓުގެ ތެރޭގައި އޮފީހަށް ހާޒިރުވާ ވަގުތަށް ބަލައި، އެ މުވައްޒަފަކު އޮފީސް ނިމޭ ވަގުތު އެ މިންވަރަށް ފަސްކޮށްދެވޭނެއެވެ. މިސާލަކަށް، އޮފީހުގެ ރަސްމީ ގަޑި ފެށެނީ ހެނދުނު 8:00 ގައި ކަމަށްވެފައި، މުވައްޒަފަކަށް ދިމާވި ހާލަތެއްގެ ސަބަބުން ހާޒިރުވެވުނީ 8:15 ގައި ނަމަ، އެ މުވައްޒަފެއްގެ މަސައްކަތު ގަޑި ހަމަކުރުމަށްޓަކައި އޮފީސް ނިމޭނީ މެންދުރުފަހު 2:15 ގައެވެ. މިއީ މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރުވެ، ވަޒީފާއާއި އަމިއްލަ ދިރިއުޅުން ބެލެންސްކުރުމަށް ލިބޭނެ ވަރަށް ބޮޑު އެހީއެކެވެ.

ނަމަވެސް، މި އުސޫލުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ހުއްޓުވުމަށާއި އޮފީސްތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ވަނީ ހަރުދަނާ މާއްދާތަކެއް ހިމަނާފައެވެ. އެގޮތުން ބަފާ ޓައިމްގެ ގޮތުގައި ކަނޑައެޅިފައިވާ 30 މިނެޓުގެ ފަހުން އޮފީހަށް ހާޒިރުވާ ނަމަ، އެއީ ގަޑިޖެހުން ކަމުގައި ބެލެވޭނެއެވެ. އަދި އެ ވަގުތުގެ ފަހުން އެއްވެސް ސަބަބަކާ ހުރެ އޮފީހަށް ހާޒިރުވާ ގަޑި އެޖަސްޓެއް ނުކޮށްދެވޭނެއެވެ.

ސަރުކާރުގެ މި ހެޔޮ ބަދަލުގެ ސަބަބުން ސިވިލް ސާވިސް މުވައްޒަފުންނަށް ކުރިމަތިވާ ކުއްލި ދަތިތަކަށް ހައްލު ލިބި، މުވައްޒަފުންގެ މެދުގައި ސަރުކާރަށް އޮތް އިތުބާރު ބޮޑުވެގެންދާނެއެވެ.

ސިވިލް ސަރވިސް ކޮމިޝަން
Ad
Ad

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

150 ދުވަސް ކުރިން - 13:20

ކައުންސިލްތަކުގެ އެސްޖީންގެ ފެންވަރު ބެލުމުގެ އުސޫލު އާއްމުކޮށްފި

ކައުންސިލްތަކުގެ އެސްޖީންގެ ފެންވަރު ބެލުމުގެ އުސޫލު އާއްމުކޮށްފި

150 ދުވަސް ކުރިން - 10:19

ރިޓަޔާ ވުމަށްފަހު ދައުލަތުގެ ވަޒީފާއެއް އަދާކުރާނަމަ އަންގަން އެދިއްޖެ

ރިޓަޔާޑް މީހަކު ވަޒީފާއެއް އަދާކުރާނަމަ އަންގަން އެދިއްޖެ

165 ދުވަސް ކުރިން - 21:38

ސިއްހީ ބޭނުންތަކަށް ދޭ ޗުއްޓީއަށް އެދޭ އުސޫލަށް ސީއެސްސީން ބަދަލު ގެނެސްފި

ސިއްހީ ބޭނުންތަކަށް ދޭ ޗުއްޓީއަށް ބަދަލު ގެނެސްފި

177 ދުވަސް ކުރިން - 17:51

ޝަރުތު ހަމަވާ ދުވަހުން ފެށިގެން މުސާރައިގެ ކުރިއެރުން ލިބޭ ގޮތަށް އުސޫލު އިސްލާހުކޮށްފި

ޝަރުތުހަމަވާ ދުވަހުން ފެށިގެން މުސާރައިގެ ކުރިއެރުން ލިބޭނެ!

177 ދުވަސް ކުރިން - 17:40

ސިވިލް ސާވިސް މުވައްޒަފުން ހެދުން އެޅުމާބެހޭ ގަވާއިދު އިސްލާހުކޮށްފި

ސިވިލްސާވިސް މުވައްޒަފުން ހެދުން އެޅުމުގެ ގަވާއިދު އިސްލާހުކޮށްފި

184 ދުވަސް ކުރިން - 15:47