Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޝަރުތު ހަމަވާ ދުވަހުން ފެށިގެން މުސާރައިގެ ކުރިއެރުން ލިބޭ ގޮތަށް އުސޫލު އިސްލާހުކޮށްފި

ޝަރުތު ހަމަވާ ދުވަހުން ފެށިގެން މުސާރައިގެ ކުރިއެރުން ލިބޭ ގޮތަށް އުސޫލު އިސްލާހުކޮށްފި

މުހައްމަދު ޖަމްޝަތު
154 ދުވަސް ކުރިން - 7 ޖެނުއަރީ 2026 17:40
ސަރުކާރުގެ ގިނަ އޮފީސްތަކެއް ހުންނަ ވެލާނާގެ ބިލްޑިންގް---
ސަރުކާރުގެ ގިނަ އޮފީސްތަކެއް ހުންނަ ވެލާނާގެ ބިލްޑިންގް---
ޚުލާސާ

މި ވަގުތު މި އުސޫލުގެ ޝަރުތުތައް ފުރިހަމަވާނީ މުދައްރިއްސުންނަށާއި ސިއްހީ ހިދުމަތްތެރިންނަށް

އާ ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދިނުމުގެ އުސޫލުގެ ތެރެއިން މަގާމުގެ ކުރިއެރުން ހައްގުވާ ތާރީހުން ފެށިގެން މުސާރައިގެ ކުރިއެރުން ލިބޭ ގޮތަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ އުސޫލު އިސްލާހު ކޮށްފި އެވެ.

މީގެ ކުރިން މަގާމުގެ ކުރިއެރުން ދެނީ، ފިނޭންސް މިނިސްޓްރީން އެކަމަށް ދޭ ހުއްދައާއެކު ކޮމިޝަނަށް ހުށަހެޅުމުން ފިނޭންސުން އެކަމަށް ހުއްދަ ދޭ ތާރީހުން ފެށިގެންނެވެ.

ނަމަވެސް އުސޫލަށް މިހާރު ގެނައި އިސްލާހުގުވާގޮތުން މާލީ ވުޒާރާގެ ހުއްދައާއެކު ކޮމިޝަނަށް ހުށަހެޅުމުން އެ މުވައްޒަފަށް ކުރިއެރުން ދޭނީ، އެ މުވައްޒަފަކަށް ކުރިއެރުން ހައްގުވާ ތާރީހުން ފެށިގެންނެވެ. މި އުސޫލުގެ ދަށުން ދައުލަތުގެ ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ ސިވިލް ސާވިސްގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދެވޭނ،ީ މުސާރައިގެ ކުރިއެރުން ދިނުމަށް ކަނޑައަޅާފައިވާ އެންމެހައި ކަންތައްތައް ފުރިހަމަވުމުންނެވެ.

Advertisement

Advertisement 1

ސީއެސްސީން އުސޫލަށް ގެނައި ބަދަލުގެ ސަބަބުން މަގާމުގެ ކުރިއެރުން ހައްގުވެ މުސާރައިގެ ކުރިއެރުން ލިބުމުގައި އިދާރީ ގޮތުން ފުރިހަމަވާންޖެހޭ ކަންކަން ފުރިމަވުމާއި ހަމައަށް މުސާރައަށް ކުރިއެރުން ނުލިބޭ މުވައްޒަފުންނަށް ކުރިއެރުން ފަހުން ލިބުނު ކަމުގައިވިއަސް އެ މުއްދަތަށް ނުލިބިވާ މުސާރަ އެފަރާތްތަކަށް ލިބޭނެ އެވެ.

ދައުލަތުގެ ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ ސިވިލް ސާވިސްގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު ފުރަތަމަ އާންމު ކުރީ މިދިޔަ އަހަރު އޮކްޓޯބަރު މަހު އެވެ. މި އުސޫލުގައިވާ ގޮތުން، ދައުލަތުގެ ޕޭ ފްރޭމްވޯކްގެ ދަށުން މުސާރައިގެ ކުރިއެރުން ކަމުގައި ބަލާފައިވަނީ ދައުލަތުގެ ޕޭ ފްރޭމްވޯކްގެ "މަގާމުގެ އެލަވަންސް" ގެ އެއްވަނަ ހަރުފަތުން ދެވަނަ ހަރުފަތަށް އަދި ދެވަނަ ހަރުފަތުން ތިންވަނަ ހަރުފަތަށް ލިބޭ ކުރިއެރުމަށެވެ.

އެގޮތުން ކުރިއެރުން ލިބޭނީ، މަދުވެގެން ދެ އަހަރު ދުވަހު މަސައްކަތްކޮށް އެ މަސައްކަތުގެ ފެންވަރުބެލުމުން ދެ އަހަރު ވެސް ވިދިވިދިގެން މަދުވެގެން %85 މާކްސް ހޯދުމުންނެވެ. މިއިން ކޮންމެ ހަރުފަތަކުންވެސް ކުރިއެރުން ލިބޭނީ މިމަގުން ކަމަށް އުސޫލުގައިވެ އެވެ. އުސޫލުގައިވާ ގޮތުން، މަގާމުގެ ފެންވަރުބެލުމުގެ ނިޒާމުން މަދުވެގެން ދެ އަހަރު ވަންދެން %85 އެފަރާތެއް ހޯދިނަމަވެސް، އޭނާ އެ މަގާމެއްގައި ދެ އަހަރު ދުވަހުގެ މުއްދަތެއް ހޭދަ ކުރަން ޖެހެ އެވެ.

ސިވިލްސާ ސާވިސް މުވައްޒަފުންގެ ތެރެއިން މިހާރު އާ ޕޭ ފްރޭމްވޯކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެ އިދާރާއަކުން ކުރިއެރުން ދޭއިރު، ކުރިއަށް އޮންނަ އަހަރުގެ ބަޖެޓު ހުށަހަޅާ އިރު، ކުރިއަށް އޮންނަ އަހަރުގެ ތެރޭގައި މުސާރައިގެ ކުރިއެރުން ދޭންޖެހޭނެކަމަށް އަންދާޒާކުރާ މުވައްޒަފުން ފާހަގަކުރުމަށް އުސޫލުގައި ހިމެނެ އެވެ. އަދި އެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުންދިނުމަށް އިތުރަށް ހިނގާނެ ހަރަދު ބަޖެޓުގައި ހިމަނަން ޖެހެ އެވެ. މި ނޫން ހާލަތްތަކުގައި ކުރިއެރުން ދެވޭނީ ފިނޭންސް މިނިސްޓްރީނ ވަކިން ލިއުމުން ހުއްދަ ހޯދައިގެން ކަމަށް ސިވިލް ސާވިސްގެ ގަވާއިދުގައިވެ އެވެ.

މި ގަވާއިދަށް މިހާރު އަމަލުކުރަން ފަށާފައިވާއިރު، މި ގަވާއިދު މިހާރު ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ މުވައްޒަފުންނާއި އަދި ކުރިއަށް ބަދަލުވާނެ މުވައްޒަފުންނަށްވެސް ހިނގާނެ އެވެ. މި ވަގުތު މި އުސޫލުގެ ޝަރުތުތައް ފުރިހަމަވާނީ މުދައްރިއްސުންނަށާއި ސިއްހީ ހިދުމަތްތެރިންނަށް ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުންޏެވެ.

ސިވިލް ސަރވިސް ކޮމިޝަން
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

127 ދުވަސް ކުރިން - 13:20

ކައުންސިލްތަކުގެ އެސްޖީންގެ ފެންވަރު ބެލުމުގެ އުސޫލު އާއްމުކޮށްފި

ކައުންސިލްތަކުގެ އެސްޖީންގެ ފެންވަރު ބެލުމުގެ އުސޫލު އާއްމުކޮށްފި

128 ދުވަސް ކުރިން - 10:19

ރިޓަޔާ ވުމަށްފަހު ދައުލަތުގެ ވަޒީފާއެއް އަދާކުރާނަމަ އަންގަން އެދިއްޖެ

ރިޓަޔާޑް މީހަކު ވަޒީފާއެއް އަދާކުރާނަމަ އަންގަން އެދިއްޖެ

142 ދުވަސް ކުރިން - 21:38

ސިއްހީ ބޭނުންތަކަށް ދޭ ޗުއްޓީއަށް އެދޭ އުސޫލަށް ސީއެސްސީން ބަދަލު ގެނެސްފި

ސިއްހީ ބޭނުންތަކަށް ދޭ ޗުއްޓީއަށް ބަދަލު ގެނެސްފި

154 ދުވަސް ކުރިން - 17:51

ސިވިލް ސާވިސް މުވައްޒަފުން ހެދުން އެޅުމާބެހޭ ގަވާއިދު އިސްލާހުކޮށްފި

ސިވިލްސާވިސް މުވައްޒަފުން ހެދުން އެޅުމުގެ ގަވާއިދު އިސްލާހުކޮށްފި

161 ދުވަސް ކުރިން - 15:47

ރިޓަޔާވުމަށްފަހު ވަޒީފާ އަދާކުރާނަމަ ޕެންޝަން ފައިސާ ދިނުން ހުއްޓާލައިފި

ރިޓަޔާވުމަށްފަހު ވަޒީފާ އަދާކުރާނަމަ ޕެންޝަން ފައިސާ ނުލިބޭނެ!

162 ދުވަސް ކުރިން - 20:51