ގަވާއިދާ ހިލާފަށް އުޅުނު 7،600 އަށް ވުރެ ގިނަ ބިދޭސީން ޑިޕޯޓުކޮށްފި

އަައިޝަތު ޒީނާ | 7 ގަޑިއިރު ކުރިން - 10 ޖުލައި 2025 15:34
އިމިގްރޭޝަނުން މާލޭގައި ކުރިއަށްގެންދިޔަ ރެއިޑް އޮޕަރޭޝަނެއްގެ ތެރެއިން. / ފޮޓޯ: ޚުލާސާ
އިމިގްރޭޝަނުން މާލޭގައި ކުރިއަށްގެންދިޔަ ރެއިޑް އޮޕަރޭޝަނެއްގެ ތެރެއިން. / ފޮޓޯ: ޚުލާސާ
ޚުލާސާ

އިމިގްރޭޝަނުން ބުނީ 17 ނޮވެންބަރު 2023 އިން ފެށިގެން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ޖުމުލަ 7،635 ބިދޭސީން ޑީޕޯޓުކޮށްފައިވާ ކަމަށް.

ގަވާއިދާ ހިލާފަށް އުޅުނު 7،635 ބިދޭސީން ޑީޕޯޓުކޮށްލާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުގެ ހާމަކުރިގޮތުގައި މިއީ 17 ނޮވެންބަރު 2023 އިން ފެށިގެން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ޑީޕޯޓުކުރި ބިދޭސީންގެ އަދަދެވެ. އަދި އޭގެ ތެރެއިން 2،022 މީހުން ޑީޕޯޓުކޮށްފައިވަނީ މިއަހަރުގެ ތެރޭގަ އެވެ.

އިމިގްރޭޝަނުން ބުނީ ޑީޕޯޓުކުރި ބިދޭސީންގެ ތެރޭގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުން ދިޔަ މީހުންނާއި، ލިޔެކިޔުންތައް ފުރިހަމަ ނުވާ މީހުން ގިނަ އަދަދަކަށް ހިމެނޭ ކަމަށެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރު އިދާރާތައް ގުޅިގެން އަންނަނީ ހާއްސަ އޮޕަޜޭޝަންތައް ހިންގަމުންނެވެ.

މީގެ އިތުރުން އިމިގްރޭޝަނުން ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އެ އިދާރާއަށް ރިޕޯޓުކުރުމަށް "އިމިގްރޭޝަން ވޮޗް"ގެ ނަމުގައި އެކަމަށް ހާއްސަ އޮންލައިން ޕްލެޓްފޯމެއްވެސް ތައާރަފުކޮށްފަ އެވެ. އެފަދަ މައްސަލަތައް ފާހަގަވާނަމަ އިމިގްރޭޝަނަށް ރިޕޯޓުކުރުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ބިދޭސީންގެ މައުލޫމާތުތައް ފުރިހަމަކުރުމަށްޓަކައި މުޅި ރާއްޖޭގައި އުޅޭ ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ 2027 ވަނަ އަހަރުގެ އޭޕްރިލް މަހާއި ހަމައަށް ރާއްޖޭގައި ގަވާއިޮދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%