Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ކުޅިވަރުގެ ވަސީލަތްތައް ބިނާކުރުމާއި، ތަމްރީން ޕްރޮގްރާމްތައް ފަހިކުރުމަށް ސައުދީއާއެކު މަޝްވަރާކޮށްފި

ކުޅިވަރުގެ ވަސީލަތްތައް ބިނާކުރުމާއި، ތަމްރީން ޕްރޮގްރާމްތައް ފަހިކުރުމަށް ސައުދީއާއެކު މަޝްވަރާކޮށްފި

އަައިޝަތު ޒީނާ
333 ދުވަސް ކުރިން - 10 ޖުލައި 2025 15:26
ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަހްޠާނީ އާ ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ބައްދަލުކުރެއްވުން. / ފޮޓޯ: ވުޒާރާ
ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަހްޠާނީ އާ ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ބައްދަލުކުރެއްވުން. / ފޮޓޯ: ވުޒާރާ
ޚުލާސާ

މި ބައްދަލުކުރެއްވުމުގައި ވަޒީރު ރާފިއު ވަނީ ސަރުކާރުގެ ކުޅިވަރުގެ ތަސައްވުރާ ގުޅޭ މައުލޫމާތު ސަފީރާ ހިއްސާކުރައްވާފައި.

ކުޅިވަރުގެ ވަސީލަތްތައް ބިނާކުރުމާއި، ތަމްރީން ޕްރޮގްރާމުތައް ފަހިކުރުމާ ބެހޭގޮތުން ސައުދީ އަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޔަހްޔާ ހަސަން އަލްގަހްތާނީ އާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު މަޝްވަރާކުރައްވައިފި އެވެ.

ސްޕޯޓްސް މިނިސްޓްރީ އިން ބުނީ އެ ވުޒާރާގައި އޮތް މި ބައްދަލުވުމުގައި ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް އަދި ކުޅިވަރު ވުޒާރާގެ ޕާމަނަންޓް ސްކެޓްރީ އަހުމަދު ޝިޔާއުވެސް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

އަދި މި ބައްދަލުކުރެއްވުމުގައި ކުޅިވަރުގެ ރޮނގުން ދެ ގައުމުގެ ގުޅުން ވަރުގަދަކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށާއި މިނިސްޓަރު ރާފިއު ވަނީ ސަރުކާރުގެ ކުޅިވަރުގެ ތަސައްވުރާ ގުޅޭ މައުލޫމާތު ސަފީރާ ހިއްސާކުރައްވާފައި ކަމަށް މިނިސްޓްރީން ބުންޏެވެ. އެގޮތުން ކުޅިވަރުގެ ދިގު ރާސްތާ ޕްލޭންގައި ސާކް ސަރަހައްދުން ބޭރުން ކާމިޔާބީ ހޯދަން ކުރާ މަސައްކަތްތައްވެސް މިނިސްޓަރު ތަފްސީލްކޮށްދެއްވި ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

Advertisement

Advertisement 1

މިނިސްޓްރީން އިތުރަށް ބުނިގޮތުގައި ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަން ހާމަކުރައްވަމުން ސަފީރު ޔަހްޔާ ހަސަން އަލްގަހްތާނީ ވަނީ ކުޅިވަރުގެ ރޮނގުން ދިވެހިރާއްޖެއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ވިދާޅުވެފަ އެވެ. އަދި ރާއްޖޭގެ ސަރުކާރުން ކުޅިވަރަށް ދެއްވާ އަހަމިއްޔަތު ފާހަގަކުރައްވާ އެކަމަށް މަރުހަބާ ދަންނަވާފައިވާ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

އޭގެ އިތުރުން ދިވެހިރާއްޖޭގެ ރައްޔިތުންނަކީ ކުޅިވަރަށް ލޯބިކުރާ ބައެއްކަމަށާއި، އެކި ކުޅިވަރުތަކުގައި ހުނަރުވެރި ކުޅުންތެރިން ރާއްޖޭގައި އެބަތިބިކަން ސަފީރު ފާހަގަކުރެއްވި ކަމަށާއި އެ ކުޅުންތެރިންގެ ހުނަރު ތަރައްގީކޮށް، ކާމިޔާބީތައް ހޯދުމަށް އެހީތެރިވެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ސަޢުދީ ޢަރަބިއްޔާމިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޔޫތު އަދި ސްޕޯޓްސް މިނިސްޓްރީ އެއްކޮށްލައި، މިނިސްޓަރުކަމަށް ރާފީއު އައްޔަންކުރައްވައިފި

ޔޫތު އަދި ސްޕޯޓްސް މިނިސްޓަރަކަށް ރާފިއު އައްޔަނުކުރައްވައިފި

55 ދުވަސް ކުރިން - 19:51

ދިއްދޫ ފުޓްބޯޅަ ދަނޑު ތަރައްގީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

ދިއްދޫ ފުޓްބޯޅަ ދަނޑު ތަރައްގީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

96 ދުވަސް ކުރިން - 13:53

އަހަރުގެ އެންމެ މޮޅު ކުޅުންތެރިންނަށް ދީމާ, މުންސިފް, އަޒްނީން އަދި އީމާ

އަހަރުގެ އެންމެ މޮޅު ކުޅުންތެރިންނަށް އެވޯޑު ދީފި

112 ދުވަސް ކުރިން - 17:05

މިދިޔަ އަހަރުގެ ކުޅިވަރު އެވޯޑު ހަފްލާ މިއަހަރުގެ ފަހުކޮޅަށް

2025ގެ ކުޅިވަރު އެވޯޑު ހަފްލާ މިއަހަރުގެ ފަހުކޮޅަށް

114 ދުވަސް ކުރިން - 15:12

މާލޭ ސަރަހައްދުގައި 3 މަލްޓި ސްޕޯޓްސް ކޮމްޕްލެކްސް އެޅުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

މާލެ ސަރަހައްދުގައި ސްޕޯޓްސް ކޮމްޕްލެކްސްތަކެއް އެޅުމަށް 'އެމްއޭސީއެލް'އަށް!

138 ދުވަސް ކުރިން - 09:41

ފަލަސްތީނުގެ ޓީމަށް ރާއްޖެއިން ހޫނު މަރުހަބާއެއް، އެއްބާރުލުމުގެ ރަމްޒެއް

ފަލަސްތީނުގެ ޓީމަށް ރާއްޖެއިން ހޫނު މަރުހަބާއެއް ކިޔައިފި

210 ދުވަސް ކުރިން - 19:17