Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ގުޅީފަޅުގެ ގޯތި މައްސަލަ ހައްލުކުރަން ބަންޑާރަ ނައިބާ މަޝްވަރާކުރަނީ!

ގުޅީފަޅުގެ ގޯތި މައްސަލަ ހައްލުކުރަން ބަންޑާރަ ނައިބާ މަޝްވަރާކުރަނީ!

މުހައްމަދު ޖަމްޝަތު
427 ދުވަސް ކުރިން - 9 ޖުލައި 2025 20:56
ގުޅިފަޅު އާ ލޭންޑްޔޫސް ޕްލޭން. ގުޅީފަޅު ގޯތީގެ އެއްބަސްވުމާއި ގާނޫނު ފުށުއަރާތީ ބަންޑާރަ ނައިބުގެ އޮފީހާ ދަނީ މަޝްވަރާކުރަމުން---
ގުޅިފަޅު އާ ލޭންޑްޔޫސް ޕްލޭން. ގުޅީފަޅު ގޯތީގެ އެއްބަސްވުމާއި ގާނޫނު ފުށުއަރާތީ ބަންޑާރަ ނައިބުގެ އޮފީހާ ދަނީ މަޝްވަރާކުރަމުން---
ޚުލާސާ

މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި އަލުން ސޮއިކުރުމަށް މިހާރު ވެފައިވާ އެއްބަސްވުމާއި ބިމާ ބެހޭ ގާނޫނާ ފުށުއަރާ ކަމަށް

ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުމާއި ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު ފުށުއަރާ ކަންކަން ހައްލުކުރުމަށްޓަކައި ބަންޑާރަ ނައިބުގެ އޮފީހާ މަޝްވަރާކުރަމުން އަންނަ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެކި ސަބަބުތަކާހެދި ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލާ ގުޅިގެން ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ޕްލޮޓުގެ ސަރަހައްދު ބަދަލުވެފައިވާ ކަމަށެވެ. އަދި ގޯތި ލިބުނު ފަރާތްތަކުގެ އެ މީހުންގެ މެދުގައި ނެގި ގުރުއަތުން ހައްގުވާ ޕްލޮޓު ކަނޑައަޅައި، ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި އަލުން ސޮއިކުރުމަށް މިހާރު ވެފައިވާ އެއްބަސްވުން ދިރާސާކުރިއިރު، އޭގައި ބިމާ ބެހޭ ގާނޫނާ ފުށުއަރާ ކަންކަން ހިމެނޭކަން ފާހަގަވާ ކަމަށް ބުންޏެވެ.

އެގޮތުން ބިމާއި ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ، ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވޭނީ ބަންޑާރަ ގޯއްޗެއް، އަމިއްލަ ގޯއްޗެއް، ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗެއް، އަމިއްލަ ގޯއްޗަކުން ބައެއް، ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ލިބިފައި ނުވާ މީހަކަށެވެ. އަދި ކުރިން ލިބިފައި އޮތް ގޯއްޗެއް ނުވަތަ ފްލެޓެއް ދޫކޮށްލާ މީހަކަށްވެސް ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވޭނެއެވެ.

Advertisement

Advertisement 1

އެ މާއްދާގެ (ނ) ގައި ބުނެފައި ވަނީ އެއްވެސް މީހަކަށް، އެއްވެސް ރަށަކުން ދިރިއުޅުމަށް އެއް ގޯއްޗަށް ވުރެ ގިނަ ގޯތި ނުދެވޭނެ ކަމަށެވެ. އަދި ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ލިބިފައިވާ ރަށް ނޫން އެހެން ރަށަކުން މީހަކަށް ގޯއްޗެއް ދޫކުރެވޭނީ ސަރުކާރުން ކަނޑައަޅާ ކުއްޔަކަށް ކަމަށްވެސް އެ ގާނޫނުގައި ބުނެފައިވެއެވެ.

ނަމަވެސް ބިންވެރިޔާ ސްކީމުގެ ދަށުން އެންމެ ފުރަތަމަ ގޯތި ދޫކުރުމުގެ އުސޫލުގައި ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުން ދޫކޮށްލަން ޝަރުތު ކޮށްފައިވަނީ ހަމައެކަނި މާލެ ސަރަހައްދު (މާލެ، ހުޅުމާލެ އަދި ވިލިނގިލި) އިން ލިބިފައިވާ 600 އަކަފޫޓަށް ވުރެ ކުޑަ ގޯތިތައް އެކަންޏެވެ.

އަދި އެގޮތަށް ޝަރުތު ކޮށްފައި ވަނިކޮށް ހުޅުމާލެ އިން ހަވާލުކުރި ގިނަ ގޯތިތައް އިމާރާތް ކުރުމުގެ މަސައްކަތް ފަށައިފައިވާއިރު ހަމައެކަނި ގުޅިފަޅުން ގޯތި ލިބިފައިވާ މީހުންނާ އެކު ސޮއިކޮށްފައިވާ އެއްބަސްވުން އެކަނި އިސްލާހު ކޮށްގެން މުޅި މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ނުދެކޭ ކަމަށް މިއަދު ނެރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެހެންކަމުން ގޯތި ލިބުނު ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުމާއި ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނާ ފުށުއަރާ ކަންކަން ހައްލުކުރުމަށްޓަކާ ބަންޑަރާނައިބުގެ އޮފީހާ މަޝްވަރާކޮށް އެކަމުގައި ޖުމްލަ ހައްލެއް ހޯދުމުގެ މަސައްކަތް މި މިނިސްޓްރީން ކުރަމުންދާކަމަށްވެސް ބުނެފައިވެ އެވެ.

އޭގެ އިތުރުން ގުޅީފަޅުން ގޯތި ލިބިފައިވާ މީހުންގެ މެދުގައި މިދިޔަ މެއި 30 ގައި ކުރިއަށް ގެންދިޔަ ގުރުއަތުން މީހުންނަށް ލިބުނު ގޯތި ހަވާލުކުރުން އަވަސް ކުރުމުގެ ގޮތުން އާ ގޯތީގެ ރަޖިސްޓަރީ ނަމްބަރާއި ގޯތީ ނަމްބަރާއި ގޯތި އޮތްތަން ބަޔާންކުރުމުގެ ގޮތުން އެ މީހުންނާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ދޫކުރާ ގޯތީގެ މައުލޫމާތާ ގުޅޭ މާއްދާ އިސްލާހުކޮށް އާ އެއްބަސްވުމެއްގައި ސޮއި ކުރަން ނިންމާފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓްބިންވެރިޔާގުޅިފަޅުބަންޑާރަ ނައިބުގެ އޮފީސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ލ. ގަމުގައި ސަރުކާރުން ކުރިއަށްގެންދާ ހައުސިންގް ޔުނިޓު މަޝްރޫއުގެ 95.5% މަސައްކަތް ނިމިއްޖެ

ލ.ގަމުގެ ހައުސިންގް ޔުނިޓު މަޝްރޫއުގެ 95.5% މަސައްކަތް ނިމިއްޖެ

1 ދުވަސް ކުރިން - 18:05

ފްލެޓާއި ގޯތި ފޯމުގެ މައުލޫމާތު އިސްލާހުކުރަން ދޭ 21 ދުވަސް ގުނާނީ ޕޯޓަލްއިން އެންގުމުން

ފްލެޓާއި ގޯތީގެ މައުލޫމާތު އިސްލާހުކުރަން 21 ދުވަސް ދެނީ

6 ދުވަސް ކުރިން - 12:50

"ހިޔާވެހި" ސްކީމްގެ ފުރަތަމަ ބުރުގައި 244 މީހުންނަށް ފައިސާ ދޫކޮށްފި

"ހިޔާވެހި" ސްކީމްގެ ފުރަތަމަ ބުރުގައި 244 މީހުންނަށް ފައިސާ ދޫކޮށްފި

15 ދުވަސް ކުރިން - 12:38

އަނެއްކާވެސް ރެކޯޑެއް! 716 ހެކްޓަރާއެކު މިހާރު ރާއްޖޭގެ އޮތް އެންމެ ބޮޑު ބިމަކީ ރަސްމާލެ؛ ދެން ކިޔާނީ ކީކޭބާ؟

716 ހެކްޓަރާއެކު މިހާރު ރާއްޖޭގެ އޮތް އެންމެ ބޮޑު ބިމަކީ ރަސްމާލެ

16 ދުވަސް ކުރިން - 23:03

ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅި ފޯމުތަކުގެ މައުލޫމާތު މާދަމާއިން ފެށިގެން ޕޯޓަލް މެދުވެރިކޮށް ލިބޭނެ

ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅި ފޯމުތަކުގެ މައުލޫމާތު މާދަމާއިން ލިބޭނެ

18 ދުވަސް ކުރިން - 13:47

މާލެ ސަރަޙައްދުގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ހުޅުމާލެއާއި ގުޅިފަޅުގައި ބޮޑު ދެ މަޝްރޫޢެއް ފަށަނީ

ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ހުޅުމާލެއާއި ގުޅިފަޅުގައި ބޮޑު ދެމަޝްރޫޢެއް ފަށަނީ

35 ދުވަސް ކުރިން - 11:49