ފަލަސްޠީނުގައި ދައުލަތެއް އޮވެގެން ނުވާނެ: ނަތަންޔާހޫ

ޖަވާދު | 12 ދުވަސް ކުރިން - 9 ޖުލައި 2025 11:36
އިސްރާއީލުގެ ހައްދުފަހަނައެޅި ބޮޑުވަޒީރު ނަތަންޔާހޫ: އޭނާ ބޭނުންވަނީ މެދުއިރުމަތީގެ ކޮންޓްރޯލް ނަގަން.
އިސްރާއީލުގެ ހައްދުފަހަނައެޅި ބޮޑުވަޒީރު ނަތަންޔާހޫ: އޭނާ ބޭނުންވަނީ މެދުއިރުމަތީގެ ކޮންޓްރޯލް ނަގަން.
ޚުލާސާ

ފަލަސްތީނުގައި ދައުލަތެއް ޤާއިމްކުރަން ނަތަންޔާހޫ ދެކޮޅު. އޭނާ ބޭނުންވަނީ ހަމާސް އާއި ހަމާސްއަށް ވާގިދޭ އެންމެން ނައްތާލަން.

ފަލަސްޠީނުގައި ދައުލަތެއް އޮވެގެން ނުވާނެ ކަމަށާއި، މިނިވަން ދައުލަތެއް ފަލަސްޠީނުގައި އޮތުމަކީ އިސްރާއީލް ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވައިޓް ހައުސްގައި ބުނެފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އެކު ބޭއްވި ބައްދަލުވުމަކަށް ފަހު ވާހަކަ ދައްކަވަމުން ނަތަންޔާހޫ ބުނީ ފަލަސްތީނުގައި ދައުލަތެއް ގާއިމް ކުރުމަށް ފުރިހަމަ އިސްތިގުލާލު ދިނުމަކީ އިސްރާއީލު ނައްތާލުމުގެ ޕްލެޓްފޯމަކަށް ވެގެންދާނެ ކަމަށެވެ.

ނައެއް މަސްދަރުތަކުން ބުނާގޮތުގައި، އިސްރާއީލަށް ސިޔާސަތާއި ރައްކާތެރިކަން އަބަދުވެސް އޮންނަން ޖެހޭ ކަމަށާއި، މެދުއިރުމަތީގެ ސުލްހަ ގާއިމްކުރެވޭނީ އެސަރަހައްދުގައި ތިބި ޓެރަރިސްޓުންގެ ބާރުތައް ކަނޑުވައިގެން ކަމަށް ނަތަންޔާހޫ ބުންޏެވެ. ޓެރަރިސްޓުންގެ ގޮތުގައި އޭނާ ސިފަ ކުރީ ހަމާސް އާއި ހަމާސް އަށް ވާގި ދޭ ފަރާތްތަކެވެ. އޭގެތެރޭގައި ލުބުނާނާއި ޔަމަނާއި އީރާން ހިމެނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%