ފޮނަދޫގައި ޕޯޓާއި ބަންކަރިން ހިދުމަތް ދޭން ބަޔަކު ހޯދަން އިއުލާންކޮށްފި

އަހްމަދު އީޒާން | 4 ގަޑިއިރު ކުރިން - 8 ޖުލައި 2025 16:57
ހއ, އަތޮޅުގެ ބަންކަރިންގެ ހިދުމަތް ބޯޓަކުން ހޯދަނީ / ފޮޓޯ: އެމްޕީއެލް
ހއ, އަތޮޅުގެ ބަންކަރިންގެ ހިދުމަތް ބޯޓަކުން ހޯދަނީ / ފޮޓޯ: އެމްޕީއެލް
ޚުލާސާ

އިކޮނޮމިކް މިނިސްޓްރީން ބުނީ އެ މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ހަތްވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށް.

ލ. ފޮނަދޫގައި ޕޯޓާއި ބަންކަރިން ހިދުމަތް ދޭނެ ބަޔަކު ހޯދަން އިކޮނޮމިކް މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ. 

އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ހަތްވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

އީއޯއައި ހުށަހަޅަން ޖެހެނީ އީމެއިލް މެދުވެރިކޮށް [email protected] އަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

ފޮނަދޫގެ ބަންކަރިން މަޝްރޫއަކީ އިންޑިޔާ ކަނޑުގެ މެދު ސަރަހައްދުގައި ޔަފާރި ދަތުރުތަކުގެ މުހިންމު މަގެއް ކަމަށްވާ "ވަން އެންޑް ހާފް ޑިގްރީ ޗެނަލް"އާ އިންވެގެން އޮންނަ ލ. އަތޮޅުގައި ހިންގަން ސަރުކާރުން ނިންމާފައިވާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން ތެޔޮ ރައްކާކުރާ ތަނަކާއި، އޮފްޝޯ ނުވަތަ ފްލޯޓިން ޓޭންކްގެ އިތުރުން މެރިން ސަޕޯޓަށް ބޭނުންވާ ތަންތަން އިމާރާތްކުރަން ޖެހޭނެ އެވެ. އަދި ޕޯޓަށް ޓްރާންސިޓްކުރާ ކަނޑު އުޅަނދުތަކަށް ތެލުގެ ހިދުމަތް ދެވޭނެ އިންތިޒާމުތައް ހަމަޖައްސައި، ޔޫޓިލިޓީސް އަދި ސާވިސް ފެސިލިޓީސް ގާއިމުކުރުން ހިމެނެ އެވެ.

ފޮނަދޫގެ ބަންކަރިން މަޝްރޫއުގެ އަމާޒަކީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން މަންފާ ހޯދުމަށް މަލްޓި-ޕާޕަސް ނުވަތަ ގިނަ ބޭނުން ހިފޭ ބަނދަރެއް ތަރައްގީކުރުމާއެކު, ބަންކަރިންނާ ގުޅުންހުރި ވަސީލަތްތަކާއި އެ ނޫން ވެސް ކަނޑު ދަތުރުފަތުރާ ގުޅޭ ހިދުމަތްތަކަށް ބޭނުންވާ ތަންތަން ހެދުމެވެ.



TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%