ހުޅުމާލެއާއި އދ. މާމިގިލީގައި ސިފައިންގެ ތަމްރީނުތަކެއް ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.

ދިފާއީ ވުޒާރާއިން ބުނީ ހުޅުމާލެ ފޭސް 2 އަދި 3 ގައި ކުރިއަށްދާ ތަމްރީނުތައް ކުރިއަށްދާނީ މިއަދާ މާދަމާ ކަމަށެވެ. އަދި މާމިގިލީގައި ތަމްރީނުތައް ކުރިއަށްދާނީ މި މަހުގެ 11 އިން 15 އަށް ކަމަށް ވުޒާރާއިން ބުންޏެވެ.

ވުޒާރާއިން ބުނީ މި ތަމްރީނުތަކުގައި ސިފައިން ހަރަކާތްތެރިވާނީ ހަތިޔާރާއެކު ކަމަށެވެ. ނަމަވެސް މި ތަމްރީނުތަކުގައި ލައިވް ވަޒަނާއި ގޮވާޒާތުގެ ނުރައްކާތެރި އެއްވެސް ބާވަތެއް ބޭނުން ނުކުރާނެ ކަމަށް ވުޒާރާއިން ބުންޏެވެ.

ވުޒާރާއިން ބުނީ މި ތަމްރީނުތަކަކީ ސިފައިންގެ ޤާބިލުކަން އިތުރުކޮށް، އަސްކަރީ ހުނަރުތައް ތަރައްޤީކުރުމަށް ކުރިއަށްގެންދާ ތަމްރީނުތަކެއް ކަމަށެވެ.

ތަމްރީނުތައް ހިންގާއިރު އެ ސަރަޙައްދުގައި ހަރަކާތްތެރިވާ އާންމުން ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.