Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޤައުމީ އެއާޕޯޓާއި އިޒްރޭލާއި ގުޅުވައި ރާއްޖެ ޓީވީން ދޮގު ފެތުރި މައްސަލައިގައި ފިޔަވަޅު އަޅަން ޖެހިދާނެ: އެމް.އޭ.ސީ.އެލް

ޤައުމީ އެއާޕޯޓާއި އިޒްރޭލާއި ގުޅުވައި ރާއްޖެ ޓީވީން ދޮގު ފެތުރި މައްސަލައިގައި ފިޔަވަޅު އަޅަން ޖެހިދާނެ: އެމް.އޭ.ސީ.އެލް

ހުސައިން އިސްމާއިލް
429 ދުވަސް ކުރިން - 7 ޖުލައި 2025 21:25
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އައު ޓާމިނަލް: މިއީ ދުނިޔޭގެ ފެންވަރުގެ އެއާޕޯޓެއް / ފޮޓޯ: އެމް.އޭ.ސީ.އެލް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އައު ޓާމިނަލް: މިއީ ދުނިޔޭގެ ފެންވަރުގެ އެއާޕޯޓެއް / ފޮޓޯ: އެމް.އޭ.ސީ.އެލް
ޚުލާސާ

ވެލާނާ އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި އިސްރާއީލާއި ގުޅުން ހުރި އެއްވެސް ކުންފުންޏަކުން އެއްވެސް ސިގައެއްގައި ބައިވެރިނުވޭ. ރާއްޖެޓީވީން ފެތުރީ ދޮގު ވާހަކަތަކެއް.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި އެތައް މިލިއަން ރުފިޔާއެއް ދީގެން ހަވާއެރުވުމަށް އިސްރާއީލާއި ގުޅުންހުރި ކުންފުންޏަކާއެކު ޑީލެއް ހަދާފައިވާ ކަމަށް ބުނެ ރާއްޖެ ޓީވީން ދޮގު ޚަބަރު ފެތުރި މައްސަލައިގައި، އެކަން އެ ޗެނަލުން އިޞްލާޙް ނުކޮށްފިނަމަ އެ ޗެނަލާއި ދެކޮޅަށް މައްސަލަ ހުށަހަޅާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ލަމްޢާން ވިދާޅުވެއްޖެއެވެ.

ލަމްޢާން ވިދާޅުވީ އިސްރާއީލާއި ގުޅުން ހުރި އެއްވެސް ފަރާތެއް މި އިވެންޓުގައި ބައިވެރި ނުވާ ކަމަށެވެ. "އަޅުގަނޑުމެން އިސްރާއީލުގެ ނުވަތަ އިސްރާއީލުން ފައިސާ ހޯދާ އަދި އިސްރާއީލަށް ވާގިވެރިވާ އެއްވެސް ކުންފުންޏަކާއި އެކު އެއްވެސް މަޝްވަރާއެއް މިކަމުގައި ނުކުރަން. އަދި ކޮންޓްރެކްޓެއްގައި ހަދާފައެއް ނުވާނެ،" ޚުލާޞާ ނޫހާއި ވާހަކަ ދައްކަވަމުން ލަމްޢާން ވިދާޅުވި އެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޓަމިނަލް ހުޅުވުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް އިސްކަން ދެއްވާ ކަމެއް ކަމަށާއި، އެހެންކަމުން އެ އިވެންޓް ވަރަށް ކުލަ ގަދަކޮށް ބޭއްވުމަށް އެމް.އޭ.ސީ.އެލް އިން ވަނީ ނިންމާފައި ކަމަށް ލަމްޢާން ވިދާޅުވިއެވެ. މިގޮތުން ދިވެހި ސިފައިންނާއި ބޭރުގެ އެކްސްޕާޓުން މެދުވެރިކޮށް ޙަރަކާތްތައް ހިންގާނެ ކަމަށް ވިދާޅުވިއެވެ އަދި ހައްދުފަހަނައަޅާފައިވާ އިޒްރޭލުގެ އަނިޔާވެރި ދައުލަތާއި ގުޅުންހުރި ނުވަތަ އިޒްރޭލާއި ގުޅުންހުރި އެއްވެސް ކުންފުންޏަކާއި އެއްވެސް ސިފައެއްގައި އެމް.އޭ.ސީ.އެލް އިން ވާހަކަ ނުދައްކާނެ ކަމަށް ލަމްޢާން ކަށަވަރު ކޮށްދެއްވިއެވެ.

Advertisement

Advertisement 1

ރާއްޖެޓީވީން ފެތުރި ދޮގު ޚަބަރުގައި ބުނެފައި ވަނީ އެއާޕޯޓުގައި ހަވާއެރުވުމުގެ ކަންކަން ޙަވާލުކުރީ ބަނާނާ ސްޕްލިޓް ކިޔާ އިނގިރޭސިވިލާތުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏަކާއެވެ.

ލަމްޢާން އިން އިތުރަށް ވިދާޅުވީ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތު ފަދަ ޤައުމީ އިވެންޓްތަކާއި ބެހޭ ގޮތުން ދޮގު މަޢުލޫމާތު ފެތުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަދި ނުރައްކާތެރި ކަމެއް ކަމަށެވެ. “ މިއީ ޢާންމުންގެ އިތުބާރު ނުވަތަ ޤައުމީ އެއްބައިވަންތަކަމަށް ބުރޫއަރާފާނެ ކަމެއް. މީޑިއާތަކުން މިފަދަ ކަންކަން ކުރާނަމަ ފިޔަވަޅު އަޅަންޖެހޭ. ރާއްޖެ ޓީވީން އެކަން އިޞްލާޙް ކުރުމަށް އަޅުގަނޑުމެން އަންގާނަން އަދި އިޞްލާޙް ނުކޮށްފިނަމަ ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތަށް، މީޑިއާ ކޮމިޝަނަށް ދަންނަވާނަން.”

މި މައްސަލައިގައި އެމް.އޭ.ސީ.އެލް އިން ވަނީ ނޫސްބަޔާނެއް ވެސް ނެރެފައެވެ. އެ ބަޔާނުގައި ވެއެވެ. “…ހައްދުފަހަނައަޅާފައިވާ އިޒްރޭލުގެ އަނިޔާވެރި ދައުލަތާއި ގުޅުންހުރި ނުވަތަ އިޒްރޭލާއި ގުޅުންހުރި އެއްވެސް ކުންފުންޏަކާއި މި ކުންފުނިން އެއްވެސް މުޢާމަލާތެއް ކޮށްފައެއްނުވާނެއެވެ. ވަކިން ޚާއްސަކޮށް، ރާއްޖެޓީވީއިން އެމް.އޭ.ސީ.އެލް ބަދުނާމުވާ މޭރުމަކުން ދައުރުކުރަމުން ގެންދާ ވީޑިއޯގައި ތުހުމަތުކުރާ އެއްވެސް ކަމެއް މި ކުންފުނިން ކުރަމުން ނުގެންދާކަމުގެ ފުރިހަމަ ޔަގީންކަށް ތިޔަ އެންމެހައި ފަރާތްތަކަށް އަރުވަމެވެ. ރާއްޖެޓީވީން ފަތުރަމުން ގެންދާ ހަގީގަތާއި ޚިލާފު މިވާހައަކީ އެއްވެސް އަސްލެއްނެތް، އަދި ކުންފުނީގެ އަގު ވައްޓާލުމަށްޓަކައި ދައުރުކުރަމުން ގެންދާ ވާހަކަތަކެއްކަމުން، މި ކުންފުނިން މިކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އަދި ނޫސްވެރިކަމުގެ ގިއުގަނޑުތަކުގެ ތެރޭގައި ތެދު ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށްވެސް މިފުރުސަތުގައި މި ކުންފުނީގެ ފަރާތުން ރާއްޖެޓިވީއަށް އިލްތިމާސްކުރަމެވެ… މިފަދަ ސާބިތުނުހިފޭ، ހަގީގަތާއި ޚިލާފު އަދި ސްޓޭކްހޯލްޑަރުންގެ އިތުބާރުގެއްލޭ ފަދަ ވާހަކަތައް ރާއްޖެޓީވީން ފަތުރަމުން ގެންދާތީ، އެކަމުގައި އެޅެން ހުރި ޤާނޫނީ ފިޔަވަޅުތައް މި ކުންފުނިން މިގެންދަނީ ބަލަމުންނެވެ. އެގޮތުން ދިވެހިރާއްޖޭގެ ބޮރޯޑްކާސްޓަރުންގެ ކަންކަން ރެގިއުލޭޓުކުރުން ޤާނޫނުން ކަނޑައަޅާފައިވާ ފަރާތްކަމުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް މި މައްސަލަ ހުށައެޅުމަށްޓަކައި މި ކުންފުނިން މަސައްކަތް ފަށާފައިވާ ވާހަކަ ދެންނެވީމެވެ".

ވެލާނާ އިންޓަރނޭޝަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވައިދެއްވުމަކީ ރައީސް ޑރ. މުޢިއްޒު އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް ކަންތައް.

އެމްޑީޕީގެ ސަރުކާރުގައި (2008–2012) މޯލްޑިވްސް އިން **ޓޫރިޒަމް، ހެލްތު، އެޑިއުކޭޝަން، އަދި ސަގާފަތް** އާ ގުޅޭގޮތުން އިސްރާއީލާއެކު **އެއްބާރުލުމުގެ އެއްބަސްވުންތައް** އަލުން ގާއިމްކުރީ 2009 ވަނަ އަހަރު، އަދި 2011 ވަނަ އަހަރު މޯލްޑިވިއަންގެ ފޮރިން މިނިސްޓަރު އިސްރާއީލަށް ޒިޔާރަތް ވެސް ކުރެއްވި އެވެ.

މިސަރުކާރަކީ ދިވެހި ތާރީޚުގައިވެސް އިސްރާއީލާއި ދެކޮޅަށް އެންމެ ވަރުގަދަޔަށް ކެމްޕޭނުކުރި ސަރުކާރެވެ. ނަމަވެސް ރާއްޖެޓީވީ ހިންގާ ބޭފުޅުން ހިމެނޭ އިދިކޮޅު އެމްޑީޕީ ސަރުކާރަކީ އިސްރާއީލާއި ގާތް ގުޅުން ބޭއްވި ސަރުކާރެކެވެ. އެގޮތުން ރައީސް މުޙައްމަދު ނަޝީދާއި އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އިސްރާއީލާއެކު ފާހަގަކޮށްލެވޭ ގާތް ގުޅުންތަކެއް އާލާކުރިއެވެ. 2009 ވަނަ އަހަރު ނަޝީދުގެ ވެރިކަމުގައި ފަތުރުވެރިކަމާއި، ޞިއްޙީ ދާއިރާއިންނާއި، ތަޢުލީމާއި އަދި އިތުރު ދާއިރާތަކުން ރާއްޖެއަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުންތަކުގައި އިސްރާއީލާއެކު ސޮއިކޮށްފައިވެއެވެ.

މީގެއިތުރުން، 2011 ވަނަ އަހަރުގެ މެއި މަހު އޭރުގެ ފޮރިން މިނިސްޓަރު އަޙްމަދު ނަސީމް ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުކުރައްވައިގެން އިސްރާއީލަށް ޒިޔާރަތް ކުރެއްވިއެވެ.

ނަމަވެސް، މިސަރުކާރުން އިސްރާއީލާއި މިހާތަނަށް އެއްވެސް ގުޅުމެއް ނުބާއްވައެވެ. ހުރިހާ ގުޅުމެއް އޮތީ ކަނޑާލާފައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް
Advertisement
Advertisement

ގުޅޭ ޚަބަރުތައް

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.46 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.46 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

5 ދުވަސް ކުރިން - 13:10

އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ 2.54 ބިލިޔަން ރުފިޔާއަށް އަރައިފި

އެއާޕޯޓް ޓެކުހާއި ފީގެ އާމްދަނީ 2.5 ބިލިއަނަށް އަރައިފި

6 ދުވަސް ކުރިން - 13:57

މިއަހަރުގެ ދެވަނަ ކުއާޓަރުގައި ވީއައިއޭ އިން އުފުލި ކާގޯގެ މިންވަރު 2 އިންސައްތަ އިތުރުވެއްޖެ

ދެވަނަ ކުއާޓަރުގައި ވީއައިއޭ އިން އުފުލި ކާގޯގެ މިންވަރު %2 އިތުރުވެއްޖެ

19 ދުވަސް ކުރިން - 08:26

ފަތުރުވެރިކަމާއި ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކޮށް ވަރުގަދަކުރުމަށް ރޫސީވިލާތަށް ކުރާ ދަތުރުގައި އެމް.އޭ.ސީ.އެލްއިން ބައިވެރިވެއްޖެ

ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކުރުމަށް އެމްއޭސީއެލްއިން ރަޝިއާއަށް

21 ދުވަސް ކުރިން - 10:06

ރާޔާ އެއާވޭސް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ތާވަލުކުރެވިގެން ކުރާ ކާގޯ ދަތުރުތައް ފަށައިފި

ރާޔާ އެއާވޭސް އިން ރާއްޖެއަށް ތާވަލުކުރެވިގެން ކުރާ ކާގޯ ދަތުރުތައް ފަށައިފި

26 ދުވަސް ކުރިން - 16:50

ކެމްބޯޑިއާއިން ފޮނުވި ފުރަތަމަ ސީ-ޓު-އެއަރ ކާގޯ ވެލާނާ އެއަރޕޯޓުން ކާމިޔާބުކަމާއެކު ހޭންޑްލްކޮށްފި

ކެމްބޯޑިއާއިން ފޮނުވި ފުރަތަމަ ސީ-ޓު-އެއަރ ކާގޯ ވެލާނާ އެއަރޕޯޓުން ކާމިޔާބުކަމާއެކު ހޭންޑްލްކޮށްފި

41 ދުވަސް ކުރިން - 10:06

2 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ރާބަދި

428 ދުވަސް ކުރިން - 19:12

ރާއްޖެ ޓީވީން ދައްކާވާހަކަ ރައްޔިތުން މިހާރު ގަބޫލެއްނުކުރޭ ރައްޔިތުންނައް އެނގޭ ތާއަބަދު ދޮގު ހަބަރުފަތުރާބަެއްކަން އެހެން އެކަންކުރާތާ ކިތައްއަހަރު ޅަކުދިންނައްވެސް އެނގޭހާ ދުވަސްވެއްޖެ