ނަފުސާނީ އެހީގެ ހެލްޕްލައިނަށް މި އަހަރު 5,000 ކޯލް!

އަހްމަދު އީޒާން | 5 ގަޑިއިރު ކުރިން - 7 ޖުލައި 2025 14:05
ނަފްސާނީ ހެލްޕްލައިން އިފްތިތާހުކުރީ މިދިޔަ އަހަރު ފެބްރުއަރީގައި.
ނަފްސާނީ ހެލްޕްލައިން އިފްތިތާހުކުރީ މިދިޔަ އަހަރު ފެބްރުއަރީގައި.
ޚުލާސާ

މި އަހަރުގެ ޖެނުއަރީން ފެށިގެން މި މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް އެ ހެލްޕްލައިން މެދުވެރިކޮށް 5,820 މީހަކަށް އެހީތެރިކަން ދީފައިވޭ.

ނަފުސާނީ ބަލި މީހުންނަށް އެހީ ފޯރުކޮށްދިނުމަށް ސަރުކާރުން ގާއިމްކޮށްފައިވާ ހެލްޕް ލައިންގެ ހިދުމަތް މި އަހަރުގެ މިހާތަނަށް 5,000 އަށް ވުރެ ގިނަ މީހުން ހޯދާފައިވާ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ މިދިޔަ އަހަރުގެ ފެބްރުއަރީން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް 2,576 މީހަކަށް އެ ހެލްޕްލައިނުން ހިދުމަތް ދީފައިވާ ކަމަށެވެ. އަދި މި އަހަރުގެ ޖެނުއަރީން ފެށިގެން މި މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް 5,820 މީހަކަށް އެހީތެރިކަން ދީފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ހެލްޕްލައިނަށް ލިބުނު ކޯލްތަކުގެ ތެރޭގައި ނަފްސާނީ ސިއްހަތުގެ ހިދުމަތް ލިބެން ހުންނަ ތަންތަނާއި ނަފްސާނީ ސިއްހަތާ ގުޅުން ހުރި މައުލޫމާތު ސާފުކުރުމަށް ގުޅާ ކޯލްތަކާއި ނަފްސާނީ އެހީތެރިކަން ބޭނުންވެގެން ގުޅާ ކޯލްތަކާއި ކްރައިސިސްގެ ހާލަތުގައި ގުޅާ ކޯލްތަކާއި ފޮލޯއަޕް އަދި ރެފެރަލް ހެދުމަށް ގުޅާ ކޯލްތައް ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.

ނަފްސާނީ އެކިއެކި ކަންކަމާ ކުރިމަތިލަމުންދާ މީހުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި އިންތިޒާމުކޮށް، ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަފުތާ 14ގެ ވައުދުތަކުގެ ތެރެއިން ނަފްސާނީ ސިއްހަތުގެ ގައުމީ ހެލްޕްލައިން 1677 އިފްތިތާހުކުރީ މިދިޔަ އަހަރު ފެބްރުއަރީ 21 ގަ އެވެ.

އެ ހެލްޕްލައިންގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ގޮތުން އުނދަގޫވާ އެކިއެކި ހާލަތްތަކުގައި އާއި ނަފްސާނީ ބަލި ހުންނަ އެކި އުމުރުފުރައިގެ މީހުންނަށް، ނަފްސާނީ ފުރަތަމަ އެހީތެރިކަން 24 ގަޑިއިރު ލިބޭނެ ގޮތް ހެދުމެވެ. އެ ހެލްޕްލައިނުން ނަފްސާނީ ފުރަތަމަ އެހީއާއެކު, މައްސަލަ ހައްލުކުރުމުގެ އެހީތެރިކަމާއި މައުލޫމާތު ދިނުމާ އަދި އިތުރު އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ހާލަތްތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ގުޅުންހުރި ހިދުމަތްތަކަށް ރިފާކޮށްދެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%