Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ނަޒާކީ ޒަކީ ކުޅުދުއްފުށީގައި ގޮތްޕެއް ހުޅުވައިފި

ނަޒާކީ ޒަކީ ކުޅުދުއްފުށީގައި ގޮތްޕެއް ހުޅުވައިފި

ހުސައިން އިސްމާއިލް
430 ދުވަސް ކުރިން - 7 ޖުލައި 2025 12:56
މުޙައްމަދު ޒަކީ (ނަޒާކީ ޒަކީ): އޭނާ ވަމީ ކުޅުދުއްފުށީގައި އެމް.ޔޫ.އޭގެ ގޮތްޕެއް ހުޅުވާފަ.
މުޙައްމަދު ޒަކީ (ނަޒާކީ ޒަކީ): އޭނާ ވަމީ ކުޅުދުއްފުށީގައި އެމް.ޔޫ.އޭގެ ގޮތްޕެއް ހުޅުވާފަ.
ޚުލާސާ

ނަޒާކީ ޒަކީގެ ޖަމްޢިއްޔާ ފުޅަކުރުމަށް ކުރާ މަސައްކަތުގެ ދަށުން ކުޅުދުއްފުށީގައި ގޮތްޕެއް ހުޅުވައިފި.

މޯލްޑިވްސް ޔުނިޓީ އެސޯސިއޭޝަން (އެމް.ޔޫ.އޭ) ގެ ކުޅުދުށްފުށީ ގޮފި ހުޅުވުމުގެ ހަފުލާ ރޭ ކުޅުދުއްފުށީ ސިޓީގަަައި ބާއްވައިފިއެވެ.

މިހަފްލާގައި އެޖަމިއްޔާގެ މަސްޢޫލުވެރިޔާ ދާތޯ މުޙައްމަދު ޒަކީ (ނަޒާކީ) ގެ އިތުރުން އެޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު ޝަރީފް އާއި ޑެޕިޔުޓީ މިނިސްޓަރުންނާއި ސިޓީކައުންސިލްގެ މެންބަރުންގެ އިތުރުން ކުޅުދުއްފުށީ ސިޓީގެ ޢާއްމުންގެ ގިނަބަޔަކު ބައިވެރިވެފައިވެއެވެ.

މިޖަމިއްޔާއަކީ 2012 ވަނައަހަރު ރަޖިސްޓަރީ ކުރެވިގެން ހިނގަމުން އަންނަ ޖަމިއްޔާއެކެވެ.

Advertisement

Advertisement 1

އިންސާނީ ވަޞީލަތްތައް ކުރިއެރުވުމަށް މަސައްކަތްކޮށް އެކަމަށް އެހީތެރިވުމާއި، ތަޢުލީމާއި ޞިއްޙަތާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ރޮނގުންނާއި އެހެނިހެން އިލްމީ ދާއިރާތަކުންނާއި އިޖުތިމާޢީ ރޮނގުން މީހުން ބިނާކުރުމާއި އެކަންކަމުގައި އެހީތެރިވެދިނުމާއި، ދިވެހިންގެ މެދުގައި އިސްލާމީ ރޫޙު އާލާކޮށް ދެމެހެއްޓުމާއި، ދިވެހިންގެ މެދުގައި އެއްބައިވަންތަކަން ދެމެހެއްޓުމަށް މަސައްކަތްކުރުމާއި، ދިވެހިންގެ މެދުގައި ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމަށް މަސައްކަތްކުރުމުގެ އިތުރުން ޢިލްމީ އިޤްތިޞާދީ އިޖުތިމާޢީ ޞިއްޙީ ދާއިރާތަކުން ދިވެހިންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ސްކޮލަރޝިޕް ހޯދައި ދިނުމަކީ އެޖަމްޢިއްޔާގެ މުހިންމު މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށް އެ ޖަމްޢިއްޔާއިން ބުންޏެވެ.

ނަޒާކީ ޒަކީ އަކީ އެމް.ޕީ.އެލްގެ ޗެއާމަންކަން މީގެކުރިން ކޮށްފައިވާ ބޭފުޅެކެވެ. 2020 ވަނަ އަހަރު އެމްޕީއެލް އިން 8 މިލިއަން ރުފިޔާގެ ޚިޔާނާތެއް ހިންގާފައިވާ ކަމަށާއި އެކަން ހާމަވުމުން އެމައްސަލައިގައި ތުހުމަތު ކުރެވޭ މުވައްޒަފުން ސަސްޕެންޑު ކުރުމަށް އެކުންފުނީގެ ބޯޑުން އެއްބާރުލުން ލިބިފައިނުވާކަމަށް ވިދާޅުވެ، އެކަމާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް ޒަކީ މަޤާމުން އިސްތިއުފާ ދެއްވިކަން ފާހަގަ ކުރެވެއެވެ.

ކުޅުދުއްފުށި ސިޓީނަޒާކީ ޒަކީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކުޅުދުއްފުށީ ސިޓީގައި ޕިކްޕޯސްޓް ހިދުމަތް ފަށައިފި: މިއީ މާލެއިން ބޭރުގައި މި ހިދުމަތް ފެށި ފުރަތަމަ ފަހަރު

ކުޅުދުއްފުށީ ސިޓީގައި ޕިކްޕޯސްޓް ހިދުމަތް ފަށައިފި

45 ދުވަސް ކުރިން - 15:54

ކުޅުދުއްފުށި ސިޓީގެ ކަރަންޓު މައްސަލައަށް ހައްލެއް ހޯދުމަށް 1200 ކިލޯވޮޓުގެ އާ ޖެންސެޓެއް އެ ސިޓީއަށް ބާލައިފި

ކުޅުދުއްފުށީގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް 1200 ކިލޯވޮޓުގެ އާ ޖެންސެޓެއް ގެންގޮސްފި

58 ދުވަސް ކުރިން - 22:01

މާލި ޕެރޭޑުގައި "މީމް"އެއްގެ ގޮތުގައި ހިމެނުމަކީ ލިބުނު މެޑަލްއެއް: މުންދު

މާލި ޕެރޭޑުގައި "މީމް"އެއްގެ ގޮތުގައި ހިމެނުމަކީ ލިބުނު މެޑަލްއެއް: މުންދު

104 ދުވަސް ކުރިން - 00:16

ރަމަޟާން މަހުގެ ފަހު ދިހައިގައި ކުޅުދުއްފުށި ސިޓީގެ މޭޔަރު ހިލޭ އަންހެނަކާއެކު ކާރެއްގެ ތެރޭގައި އޮއްވައި އަތުލައިގަނެފި

އާތިފް ހިލޭއަންހެނަކާއެކު ކާރެއްގެ ތެރޭގައި އޮއްވައި ނެރެލައިފި

176 ދުވަސް ކުރިން - 13:57

ކުޑަ އަންހެން ކުއްޖަކަށް ކުޅުދުއްފުށީ ދެމީހަކު ޖިންސީ ގޯނާ ކޮށްފި

ކުޑަކުއްޖަކަށް ކުޅުދުއްފުށީ ދެމީހަކު ޖިންސީ ގޯނާ ކޮށްފި

209 ދުވަސް ކުރިން - 21:09

ކުޅުދުއްފުށީ ފިހާރަތަކަށް ފޭކު ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

ފޭކު ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

221 ދުވަސް ކުރިން - 12:17