55 ކައުންސިލް އިމާރާތް އެޅުމުގެ އެއްބަސްވުން ބާޠިލްކޮށްފި

އާނާ ފަހީމް | 6 ގަޑިއިރު ކުރިން - 6 ޖުލައި 2025 17:31
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު ޢާދަމް ޝަރީފް އުމަރު/ ފޮޓޯ: ރައީސް އޮފީސް
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު ޢާދަމް ޝަރީފް އުމަރު/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

55 ކައުންސިލް އިމާރާތް އެޅުމަށް މެލޭޝިޔާގެ ހެކްސްޓާ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް ބަލައިނުގަނެ ބަދަލެއް ދޭން ނުޖެހޭނެ ކަމަށް ނިންމައި އެއްބަސްވުން ބާއިލްކޮށްފި.

ދިވެހިރާއްޖޭގެ 55 ކައުންސިލް އިމާރާތް އެޅުމަށް މެލޭޝިޔާގެ ހެކްސްޓާ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ބާޠިލްކޮށްފައިވަނީ ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް އެކުންފުނިން ބަލައިނުގަތުމުންކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު ޢާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު ޢާދަމް ޝަރީފް އުމަރު މިހެން ވިދާޅުވީ އޭނާގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި ވަޒީރު ފާހަގަކުރެއްވި ގޮތުގައި، 55 ކައުންސިލް އިމާރާތް އެޅުމަށް މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ހެކްސްޓާ ކުންފުންޏާއެކު ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލްކުރުމަށް ނިންމާފައިވަނީ ކައުންސިލްތަކުން އެ މަޝްރޫޢަށް ގެނައުމަށް ހުށަހެޅި މުހިއްމު ބަދަލުތައް އެކުންފުނިން ބަލައިނުގަތުމުންނެވެ.

ވަޒީރު ޢާދަމް ޝަރީފް އިތުރަށް ވިދާޅުވީ، އެއްބަސްވުން ބާތިލްކުރުމާ ގުޅިގެން ހެކްސްޓާ ކުންފުންޏަށް އެއްވެސް ބަދަލެއް ދޭން ނުޖެހޭކަމަށެވެ. މިއީ ސަރުކާރުގެ ބަޖެޓަށް ބޮޑު ލުއިގަނޑެއް ލިބިގެންދާނެ ކަމެއް ކަމަށް ވެސް ފާހަގަކުރެވެއެވެ.

މި މަޝްރޫޢުގެ ކުރިއަށް ދިއުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، 55 ކައުންސިލް އިމާރާތް އެޅުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކުންފުނިތަކުގެ ޕްރޮޕޯސަލްތައް މިހާރު އިވެލުއޭޓްކުރަމުން އަންނަކަމަށެވެ. އަދި މި މަސައްކަތް އެހެން ދިވެހި ކުންފުންޏަކާ ޙަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މިކަމުން ދިވެހި ކުންފުނިތަކަށް ފުރުސަތުތައް ފަހިވެގެންދާނެއެވެ.

ސަރުކާރުން މިހާރު ދަނީ 55 ރަށުގެ ކައުންސިލް އިދާރާގެ އާ އިމާރާތް އެޅުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ތަފާތު ގޮތްގޮތަށް މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން، ސަރުކާރުން ވަނީ ޗައިނާ ސަރުކާރުގެ އެހީގައި 50 ކައުންސިލް އިމާރާތް ކުރުމަށްވެސް ނިންމަވާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%