އެމްޑަބްލިއުއެސްސީ އަށް %90ގެ ކުރިއެރުމެއް!

އަައިޝަތު ޒީނާ | 9 ގަޑިއިރު ކުރިން - 6 ޖުލައި 2025 14:19
އެމްޑަބްލިއުއެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ. / ފޮޓޯ: ޚުލާސާ
އެމްޑަބްލިއުއެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ. / ފޮޓޯ: ޚުލާސާ
ޚުލާސާ

އެމްޑަބްލިއުއެސްސީ އަށް މިދިޔަ އަހަރު 1.6 ބިލިއަން ރުފިޔާ ލިބުނު. ދަރަނި އަދާކުރުމަށް 62 މިލިއަން ރުފިޔާ ހޭދަކުރިއިރު ފައިސާގެ ގޮތުގައި 90 އިންސައްތައިގެ ކުރިއެރުމެއް ލިބުނު.

މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އަށް މިދިޔަ އަހަރު %90 ގެ ފައިދާއެއް ލިބިއްޖެއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އެމްޑަބްލިއުއެސްސީއަށް މިދިޔަ އަހަރު 217 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާއިރު، މިއީ މިދިޔަ ތިން އަހަރުގެ ތެރޭގައި އެ ކުންފުންޏަށް އެންމެ ބޮޑު ފައިދާއެއް ލިބުނު އަހަރެވެ.

އެ ކުންފުންޏަށް މިދިޔަ އަހަރު 1.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، ދަރަނި އަދާކުރުމަށް 62 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

މީގެ އިތުރުން، އެމްޑަބްލިއުއެސްސީން މިދިޔަ އަހަރު ވަނީ އާމްދަނީ އިތުރުކުރުމަށް ސީދާ ގޮތުން ކުރާ ޚަރަދުތައް އެއް ބިލިއަން ރުފިޔާއިން 935 މިލިއަން ރުފިޔާއަށް ކުޑަކޮށްފައެވެ.

އެމްޑަބްލިއުއެސްސީން ބުނީ އެ ކުންފުނީގެ އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ކުންފުނީގެ ޚިދުމަތްތައް ހަރުދަނާކޮށް، ފޯރުކޮށްދިނުން ކަމަށެވެ.

ފެނާއި ނަރުދަމާގެ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި އެ ކުންފުނިން އަންނަނީ މަސައްކަތްތަކާއި ޚިދުމަތްތައް ހަރުދަނާކުރަމުންނެވެ. އެގޮތުން މިދިޔަ މަހުވެސް ދުވާލަކަށް 1،000 ޓަނުގެ ފެން އުފައްދާ އާރް އޯ ޕްލާންޓެއް މާލޭގައި ބަހައްޓާފައިވާކަން ފާހަގަކޮށްލެވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%