Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޞިއްޙަތާބެހޭ ފޯރަމެއްގައި ބައިވެރިވުމަށް ސަރުކާރުގެ އިސް އޮފިޝަލުންތަކެއް ޕިލިޕިންސަށް

ޞިއްޙަތާބެހޭ ފޯރަމެއްގައި ބައިވެރިވުމަށް ސަރުކާރުގެ އިސް އޮފިޝަލުންތަކެއް ޕިލިޕިންސަށް

އަައިޝަތު ޒީނާ
374 ދުވަސް ކުރިން - 6 ޖުލައި 2025 14:58
ޞިއްޙީ ވުޒާރާ ހިންގާ ރޯޝަނީ ބިލްޑިންގ.
ޞިއްޙީ ވުޒާރާ ހިންގާ ރޯޝަނީ ބިލްޑިންގ.
ޚުލާސާ

މިމަހުގެ 7 އިން 11 އަށް ފިލިޕީންސްގައި ކުރިޔަށްދާ އޭޑީބީގެ ހެލްތު ފޯރަމެއްގައި ބައިވެރިވުމަށް ޞިއްޙީ ވުޒާރާއާއި ކަމާއި ގުޅުންހުރި ދާއިރާތަކުގެ އިސް ބޭފުޅުން ފިލިޕީންސަށް ވަޑައިގެންފި.

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)އިން ކުރިއަށް ގެންދާ ހެލްތު ފޯރަމެއްގައި ބައިވެރިވުމަށް ޞިއްޙީ ވުޒާރާގެ އިސް އޮފިޝަލުންތަކެއް ޕިލިޕިންސް އަށް ވަޑައިގެންފިއެވެ.

އޭޝިއާ އަދި ޕެސިފިކްގައި ޕްރޮސްޕަރަސް އެންޑް ރެސިލިއެންޓް (އިންސްޕަޔަރ) ހެލްތު ސިސްޓަމްސް ނުވަތަ އިންސްޕަޔަރގެ ނަމުގައި ބާއްވާ މި ފޯރަމް އޮންނާނީ މިމަހުގެ 7 އިން 11 އަށް ފިލިޕީންސްގެ ވެރިރަށް މެނީލާގައެވެ.

ޞިއްހީ ވުޒާރާއިން ބުނީ މި ފޯރަމްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ ޞިއްޙީ ނިޒާމް ހަރުދަނާކޮށް ތަރައްގީކޮށް ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކުގެ މައްޗަށް ކަމަށެވެ. އެގޮތުން ހެލްތު ފައިނޭންސިންގ އާއި، އިންފްރާސްޓްރަކްޗަރއާއި، އިންސާނީ ވަސީލަތްތައް އިތުރުކުރުމާއި ޕެންޑެމިކް އަށް ތައްޔާރުވުމާއި، މޫސުމަށް އަންނަ ބަދަލުތަކާއިއެކު ޞިއްޙީގޮތުން އަޅާނެ ފިޔަވަޅުތަކާއި، ޞިއްޙަތުގައި ޖެންޑަރ އިކުއަލިޓީ ކަށަވަރުކުރުމާއި، ނޮން ކޮމިއުނިކޭބަލް ޑިޒީޒް (އެންސީޑީ) މެނޭޖްކުރުމާއި، ނަފްސާނީ ޞިއްޙަތާއި އަދި ނިއުޓްރިޝަންގެ ކަންބޮޑުވުންތަކާއި، ޑިޖިޓަލް ހެލްތު ފަދަ ޞިއްޙީ ނިޒާމާއި ގުޅުންހުރި ކަންކަމުގެ މައްޗަށް މި ފޯރަމްގައި މަޝްވަރާކުރާނެ ކަމަށް ވުޒާރާއިން ބުންޏެވެ.

Advertisement

Advertisement 1

މި ފޯރަމްގައި މި މައްސަލަތަކުގެ މައްޗަށް ޞިއްޙީ ނިޒާމުތައް ހަރުދަނާކުރުމުގައި ވޯކިންގ ގްރޫޕްތަކުން އަމަލުކުރާ ގޮތާއި ހައްލުތައް ހުށަހެޅިގެންދާނެ ކަމަށް ވެސް ވުޒާރާއިން ބުންޏެވެ.

މި ފޯރަމްގައި ޞިއްޙީ ވުޒާރާގެ އިތުރުން ސަރުކާރުގެ އެހެނިހެން ކަމާގުޅުންހުރި އިދާރާތަކާއި، ޞިއްޙީ މާހިރުންނާއި، ހެލްތު ދިރާސާކުރާ ފަރާތްތަކާއި، ޑިވެލޮޕްމަންޓް ޕްރެކްޓިޝަނަރުންނާއި، އަމިއްލަ ޞިއްޙީ ޚިދުމަތްދޭ ފަރާތްތައް ވެސް ބައިވެރިވެއެވެ.

ޞިއްޙީ ވުޒާރާގެ ފަރާތުން މި ފޯރަމްގައި އިސްކޮން ހުންނެވީ ސްޓޭޓް މިނިސްޓަރ އާމިނަތު ޝިރުނާއެވެ.

މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާފިލިޕީނސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހެދުމަށް ހަ ކުއްޖަކު އިންޑިއާއަށް ފުރަނީ

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހެދުމަށް ހަ ކުއްޖަކު އިންޑިއާއަށް ފުރަނީ

3 ދުވަސް ކުރިން - 22:51

ހިމަބިހި ކޮންޓްރޯލް ކުރުމަށް ޔުނިސެފުން ރާއްޖެއަށް 28,000 ޑޯޒްގެ ވެކްސިން ހަދިޔާކޮށްފި

ހިމަބިހި ކޮންޓްރޯލް ކުރުމަށް ޔުނިސެފުން ރާއްޖެއަށް 28,000 ޑޯޒްގެ ވެކްސިން ހަދިޔާކޮށްފި

6 ދުވަސް ކުރިން - 20:10

ގައުމީ ފެމިލީ މީޑިއޭޝަން ތަމްރީން ޕްރޮގްރާމް ރަސްމީކޮށް ފަށައިފި

ގައުމީ ފެމިލީ މީޑިއޭޝަން ތަމްރީން ޕްރޮގްރާމް ރަސްމީކޮށް ފަށައިފި

25 ދުވަސް ކުރިން - 15:58

އެންސްޕާގެ ވެލްފެއާގެ ބައެއް ޚިދުމަތްތައް އާސަންދައިގެ ދަށަށް ބަދަލުކޮށްފި

އެންސްޕާގެ ވެލްފެއާގެ ބައެއް ޚިދުމަތްތައް އާސަންދައިގެ ދަށަށް ބަދަލުކޮށްފި

44 ދުވަސް ކުރިން - 20:58

"އުފަކާރަ" ތަމްރީން ޕްރޮގްރާމް މާލެ ސިޓީގައި ނިންމުމުގެ ރަސްމިއްޔާތު ފަސްޓް ލޭޑީ ޝަރަފުވެރިކޮށްދެއްވައިފި

"އުފަކާރަ"ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު މެޑަމް ޝަރަފުވެރިކޮށްދެއްވައިފި

80 ދުވަސް ކުރިން - 00:52

ނާޒުކު ވަގުތުތަކުގައި ހަގީގަތާ ހިލާފު ވާހަކަ ނުފެތުރުމަށް ސަރުކާރުން އިލްތިމާސްކޮށްފި

ނާޒުކު ހާލަތްތަކުގައި ހަގީގަތާހިލާފު ވާހަކަ ނުފަތުރުމަށް އިލްތިމާސްކޮށްފި

81 ދުވަސް ކުރިން - 20:47