Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މިނިސްޓަރު މާރިޔާ އެފްއޭއޯގެ ޑިރެކްޓަރާ ބައްދަލުކުރައްވައިފި

މިނިސްޓަރު މާރިޔާ އެފްއޭއޯގެ ޑިރެކްޓަރާ ބައްދަލުކުރައްވައިފި

އަހްމަދު އީޒާން
376 ދުވަސް ކުރިން - 6 ޖުލައި 2025 12:00
މިނިސްޓަރު މާރިޔާ އެފްއޭއޯގެ ޑިރެކްޓަރާ ބައްދަލުކުރެއްވުން / ފޮޓޯ: ޕޮލިސް
މިނިސްޓަރު މާރިޔާ އެފްއޭއޯގެ ޑިރެކްޓަރާ ބައްދަލުކުރެއްވުން / ފޮޓޯ: ޕޮލިސް
ޚުލާސާ

އެ ބައްދަލުވުމުގައި ރާއްޖެ އާއި އެފްއޭއޯއާ އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް, އެ ޖަމިއްޔާގެ ފަރާތުން ރާއްޖެއަށް އެހީތެރިކަން އިތުރު ކުރެވިދާނެ ދާއިރާތަކާ މެދު މަޝްވަރާކުރެއްވި.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ، ފުޑް އެންޑް އެގްރިކަލްޗާ އޯގަނައިޒޭޝަން (އެފްއޭއޯ)ގެ ޑިރެކްޓަރު ޖެނެރަލް ޗޫ ޑޮންގްޔޫއާ ބައްދަލުކުރައްވައިފި އެވެ.

މިނިސްޓްރީން ބުނީ އެ ބައްދަލުކުރެއްވުން ކުރިޔަށް ގެންދިޔައީ އެފްއޭއޯގެ 44 ވަނަ ޖަލްސާގެ ހަވާސާގައި މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

އެ ބައްދަލުވުމުގައި ރާއްޖެ އާއި އެފްއޭއޯއާ އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް, އެ ޖަމިއްޔާގެ ފަރާތުން ރާއްޖެއަށް އެހީތެރިކަން އިތުރު ކުރެވިދާނެ ދާއިރާތަކާ މެދު މަޝްވަރާކުރެއްވި ކަމަށާއި އޭގެ ތެރޭގައި ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގެ ގާބިލުކަން އިތުރުކުރުން އަދި ދަނޑުވެރިކަމުގެ ދާއިރާގައި އާ ގޮތްތައް ތައާރަފުކުރުމަށް އިސްކަންދެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.

Advertisement

Advertisement 1

އެ ބައްދަލުވުމުގައި މަޝްވަރާކުރެވުނު މައިގަނޑު ދާއިރާތަކުގެ ތެރޭގައި ހިމެނެނީ;

  1. ދަނޑުވެރިކަމުގައި ޑިޖިޓަލް ހައްލުތަކާއި އައު ގޮތްތައް
  2. މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލެވޭ ކާބޯތަކެތީގެ ނިޒާމުތައް
  3. ކެއުން ބުއިމުގެ ރަނގަޅު އާދަތަކަށް އަމާޒުކުރެވިފައިވާ ޕްރޮގްރާމްތައް
  4. ދެމެހެއްޓެނިވި ދަނޑުވެރިކަން
  5. ޓެކްނިކަލް ޤާބިލުކަން އިތުރުކުރުން
  6. ޕެސްޓް އަދި ޕެސްޓިސައިޑް މެނޭޖްމަންޓް
  7. ދިގު މުއްދަތުގެ ކޮންސަލްޓަންސީ އެހީތެރިކަން
  8. ރާއްޖޭގެ 10 އަހަރުގެ ދަނޑުވެރިކަމުގެ މާސްޓަ ޕްލޭނެއް އެކުލަވާލުން

އެ މަސައްކަތަކީ ރާއްޖެ އާއި އެފްއޭއޯއާ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ދެމެހެއްޓެނިވި އަދި އެންމެންނަށް ފައިދާވާނެ ގޮތަށް ދަނޑުވެރިކަމުގެ ދާއިރާ ތަރައްގީކުރުމަށް ކަނޑައަޅާފައިވާ ގައުމީ ލަަނޑުދަނޑިތައް ހާސިލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

ދަނޑުވެރިކަންއެގްރިކަލްޗާ މިނިސްޓްރީ (އުވާލެވިފައި)
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

31 ދުވަސް ކުރިން - 12:32

ފިޝަރީޒް އާއި އެގްރިކަލްޗާ މިނިސްޓްރީ އެއްކޮށްލައި، ވަޒީރުކަމަށް ޝިޔާމް އައްޔަންކުރައްވައިފި

ދެ މިނިސްޓްރީ އެއްކޮލައި، މިނިސްޓަރަކަށް ޝިޔާމް އައްޔަންކުރައްވައިފި

93 ދުވަސް ކުރިން - 10:56

އެގްރިކަލްޗާ އަދި ފިޝަރީޒް މިނިސްޓްރީ އެއްކޮށްލައި، މިނިސްޓަރަކަށް ޝިޔާމް؟

ދެ މިނިސްޓްރީ އެއްކޮށްލައި މިނިސްޓަރަކަށް ޝިޔާމް؟

93 ދުވަސް ކުރިން - 19:35

ޖަނަވާރުންނަށް އަނިޔާކުރާ މީހުން ޖޫރިމަނާކޮށް ޖަލަށް ލާނަން: މިނިސްޓްރީ

"ޖަނަވާރުންނަށް އަނިޔާކުރާ މީހުން ޖޫރިމަނާކޮށް ޖަލަށް ލާނަން"

123 ދުވަސް ކުރިން - 14:11

ގޮއިދޫގައި ކެންސަރު އިތުރުވާ ސަބަބު ހޯދަން އެމްއެފްޑީއޭއިން ދިރާސާތައް ފަށައިފި

ގޮއިދޫގައި ކެންސަރު އިތުރުވާތީ ދިރާސާކުރަން ފަށައިފި

136 ދުވަސް ކުރިން - 15:24

ވިލުން ވެށި ޕްރޮގްރާމް އިފްތިތާހު ކޮށްފި

ވިލުން ވެށި ޕްރޮގްރާމް އިފްތިތާހު ކޮށްފި

151 ދުވަސް ކުރިން - 10:17