ދެ ރަތްކާޑާ އެކުވެސް ޕީއެސްޖީ މައިތިރި ނުވި

އައިޝަތު އީމާން | 12 ދުވަސް ކުރިން - 5 ޖުލައި 2025 23:21
ފަހު ގޯލު ކާމިޔާބުކުރުމަށްފަހު ޑެމްބެލޭ އުފާފާޅުކުރަނީ.
ފަހު ގޯލު ކާމިޔާބުކުރުމަށްފަހު ޑެމްބެލޭ އުފާފާޅުކުރަނީ.
ޚުލާސާ

ފީފާ ކުލަބް ވޯލްޑު ކަޕުގެ ކުއާޓަރ ފައިނަލުގައި ޕީއެސްޖީން ބަޔާން ބަލިކޮށްފައިވަނީ 1-3 ގެ ނަތީޖާއިން.

ފީފާ ކުލަބް ވޯލްޑް ކަޕުގެ ކުއާޓަރ ފައިނަލުގައި ޕީއެސްޖީ އަދި ބަޔާން ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ޔޫރަޕުގެ ޗެމްޕިއަން ޕީއެސްޖީން ކާމިޔާބުކޮށްފިއެވެ.

އެމެރިކާގެ މާސިޑެސް ބެންޒް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ޕީއެސްޖީން ކާމިޔާބުކުރީ 0-2 ގެ ނަތީޖާއިންނެވެ. ދެވަނަ ހާފުގައި މެޗުގެ ފޯރި ފެނިގެންދިޔައިރު ދެވަނަ ހާފުގެ ކުރީކޮޅުގައި ބެޔާންގެ ހުނަރުވެރި އެޓޭކިންގ މިޑްފީލްޑަރު ވަނީ އަނިޔާވެ ބާލާފައެވެ. 78 ވަނަ މިނެޓުގައި ޖޯ ނެވެސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޕީއެސްޖީގެ ފުރަތަމަ ގޯލު ކާމިޔާބުކުރީ ޑުއޯރ އެވެ. އޭގެ ހަތަރު މިނެޓު ފަހުން ޕީއެސްޖީގެ ޕަޗޯ ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން އޭނާ ވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. އަދި މެޗުގެ 2+90 ގައި އެޓީމުގެ ލޫކަސް ހެނާންޑެސް އަށް ވެސް ވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.

ދެ ކުޅުންތެރިން މަދުން ކުޅެމުންދިޔަ ޕީއެސްޖީ ވަނީ މެޗުގެ ފަހު މިނެޓުގައި އިތުރު ގޯލެއް ޖަހައި ބަޔާންއަށް، އެމީހުންނަކީ ޔޫރަޕްގެ ޗެމްޕިއަނުންކަން ހަނދުމަކޮށްދީފައެވެ. އަޝްރަފް ހަކީމީގެ އެހީތެރިކަމާއެކު މި ގޯލު ކާމިޔާބުކުރީ ހުނަރުވެރި ފޯވާޑް އޮސްމަން ޑެމެބެލޭ އެވެ.

ޕީއެސްޖީ މި މުބާރާތުގެ ސެމީއަށް ދަތުރުކޮށްފައިވާއިރު އެ ޓީމު ބައްދަލުކުރަންޖެހޭނީ މިރޭ 01:00 ގައި ބައްދަލުކުރާ، މެޑްރިޑް އަދި ޑޯޓުމަންޑު ކުޅޭ މެޗުން މޮޅުވާ ބަޔަކާއި ދެކޮޅަށެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%