Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ސައޫދީގެ އަލް-ހިލާލް އިން މެންޗެސްޓަރ ސިޓީ ސަންދޯކަށް ލައިފި

ސައޫދީގެ އަލް-ހިލާލް އިން މެންޗެސްޓަރ ސިޓީ ސަންދޯކަށް ލައިފި

އައިޝަތު ރުވާ ރިފްޢަތު
344 ދުވަސް ކުރިން - 1 ޖުލައި 2025 09:00
މޮޅުވި ގޯލު ކާމިޔާބުލުރުމަށްފަހު ހިލާލްގެ މާކޯސް ލިއޮނާޑޯ އުފާ ފާޅުކުރަނީ.
މޮޅުވި ގޯލު ކާމިޔާބުލުރުމަށްފަހު ހިލާލްގެ މާކޯސް ލިއޮނާޑޯ އުފާ ފާޅުކުރަނީ.
ޚުލާސާ

4-3 ގެ ނަތީޖާއިން އަލް-ހިލާލް މޮޅުވި މި މެޗުގައި އެ ޓީމު މޮޅުވި ގޯލު 113 ވަނަ މިނެޓުގައި ކާމިޔާބު ކުރީ މާކޯސް ލިއޮނާޑޯ.

ފީފާ ކުލަބް ވޯލްޑް ކަޕުގައި ފުޓުބޯޅައިގެ ގަދަ ބާރެއް ކަމަށްވާ މެންޗެސްޓަރ ސިޓީ، 3-4 ގެ ނަތީޖާއަކުން ބަލިކޮށް ސައޫދީގެ އަލް-ހިލާލުން އެ ކުލަބުގެ ޖަނާޒާ ދާދި ދެންމެއަކު ބާއްވައިފިއެވެ.

އެމެރިކާގެ ޖީސަސް ވަލެންޒުއެލާ ސައެޒްގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު 9 ވަނަ މިނެޓުގައި ސިޓީ އަށް ކާމިޔާބުކޮށްދިނީ ބެނާޑޯ ސިލްވާ އެވެ. ދެވަނަ ހާފުގެ ކުރީކޮޅު އަލް-ހިލާލުން ލީޑު ނަގާފައިވަނީ 46 ވަނަ މިނެޓު އަދި 52 ވަނަ މިނެޓުގައި ގޯލުތައް ކާމިޔާބުކޮށްގެންނެވެ. މި ގޯލުތައް ކާމިޔާބުކުރީ މާކޮސް ލިއޮނާޑޯ އަދި މެލްކޮމް އެވެ. 55 ވަނަ މިނެޓުގައި ސިޓީގެ ތަޖުރިބާކާރު ފޯވާޑު އާލިންގ ހާލަންޑު ސިޓީއަށް ނަތީޖާ ހަމަހަމަކޮށްދީފައިވާއިރު ނަތީޖާ ނެރުމަށް އިތުރު ވަޤުތުގެ ދެ ހާފު ކުޅުނެވެ.

އިތުރު ވަޤުތުގެ ފުރަތަމަ ހާފު ފަށައިގެން 4 ވަނަ މިނެޓުގައި ކުލިބަލޭ ވަނީ ހިލާލަށް ގޯލެއް ކާމިޔާބުކޮށްދީ ސިޓީ ޕްރެޝަރަށް ވައްޓާލާފައެވެ. އަދި އޭގެ 10 މިނެޓު ފަހުން ފޮޑެން ވަނީ ގޯލެއް ކާމިޔާބުކޮށް ސިޓީ އަށް ދިރުން ގެނެސްދީފައިވަނިކޮށް މެޗުގެ 113 ވަނަ މިނެޓުގައި ހިލާލްގެ މާކޮސް ލިއޮނާޑޯ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާ، އެމީހުންނަކީ ވެސް ދުނިޔޭގެ ގަދަ ބާރުންނާއި ހަނގުރާމަ ކުރެވޭނެ ބައެއްކަން ދައްކާލާފައެވެ.

Advertisement

Advertisement 1

މިއަދަކީ އަލް-ހިލާލުގެ ތާރީހުގައި ލިޔެވިގެންދާނެ ކާމިޔާބީއެއް ލިބިފައިވާ ދުވަހެކެވެ. ސަބަބަކީ ކުއާޓަރ ފައިނަލަށް ދެވުމެއް ނޫނެވެ. ސަބަބަކީ މެންޗެސްޓަރ ސިޓީ ކަހަލަ ކުލަބެއް މިފަދަ ބޮޑު މުބާރާތެއްގައި ބަލިކުރެވުމެވެ. 2019 ވަނަ އަހަރު އަލް-ހިލާލުން މި މުބާރާތުގެ ކުއާޓަރ ފައިނަލުގައި ކުޅެފައިވާއިރު، 2021 ވަނަ އަހަރު އެ ޓީމު ވަނީ ސެމީ ފައިނަލާ ހަމަޔަށް ގޮސްފައެވެ. އަދި 2022 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލުގައި އެ ޓީމު ބަލިވީ ރިއަލް މެޑްރިޑް އަތުންނެވެ.

ކުއާޓަރ ފައިނަލުގައި އެ ޓީމު ކުޅޭނީ އިންޓަރ މިލާން ބަލިކުރި ބްރެޒިލްގެ ފުލޫމިނޭސޭ އާއި ދެކޮޅަށެވެ. އެ މެޗު އޮންނާނީ ޖުލައި 4 ވަނަ ދުވަހުގެ ރޭ ދަންވަރު 00:00 ގައެވެ.

މެންޗެސްޓަރ ސިޓީފީފާ ކުލަބް ވޯލްޑް ކަޕް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޕްރިމިއަރ ލީގު 2025-26: އެންމެ ކާމިޔާބު އަދި އެންމެ ހިތްދަތިވި ޓީމުތަކަކީ ކޮބާ؟

ޕްރިމިއަރ-ލީގުގައި ކާމިޔާބީއާއި ހިއްދައްޗާ ކުރިމަތިލި ޓީމުތަކަކީ ކޮބާ؟

16 ދުވަސް ކުރިން - 13:01

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް: އިއްތިހާދުގައި އޮތް ރަން ދައުރެއްގެ ނިމުން

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް!

16 ދުވަސް ކުރިން - 12:14

ސިޓީގެ ތާރީހު ބަދަލުކޮށްލި ގާޑިއޯލާ އެ ކުލަބު ދޫކޮށްލަނީ؛ ސްޓޭޑިއަމްގެ ސްޓޭންޑެއްގެ ނަން އޭނާގެ ނަމަށް ބަދަލުކުރަނީ

ސިޓީގެ ތާރީހު ބަދަލުކޮށްލި ގާޑިއޯލާ އެކުލަބު ދޫކޮށްލަނީ

19 ދުވަސް ކުރިން - 23:13

ކްރިސްޓަލް ޕެލަސް ބަލިކޮށް ސިޓީން ތަށީގެ އުންމީދު ދަމަހައްޓައިފި

ޕެލަސް ބަލިކޮށް ސިޓީން ތަށީގެ އުންމީދު ދަމަހައްޓައިފި

27 ދުވަސް ކުރިން - 12:32

ސިޓީ މޮޅުވިއިރު ޔުނައިޓެޑް، ޗެލްސީ އަދި ލިވަޕޫލަށް ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ

ބޮޑެތި ކުލަބުތައް އެއްވަރުވިއިރު ސިޓީއަށް ތިން ޕޮއިންޓު

32 ދުވަސް ކުރިން - 23:53

ހިލޭ ލިބެން އޮތް ބެނާޑޯ ސިލްވާ އަށް ރިއަލް މެޑްރިޑުން ޝައުގުވެރިކަމެއް ނެތް

ރިއަލް މެޑްރިޑުން ބެނާޑޯ ސިލްވާއަށް ޝައުގުވެރިކަމެއް ނެތް

45 ދުވަސް ކުރިން - 22:11