ފީފާ ކުލަބް ވޯލްޑް ކަޕުގެ ކުއާޓަރ ފައިނަލުގައި ބްރެޒިލްގެ ފްލުމިނޭސޭ އަދި ޗެލްސީން ސެމީ ފައިނަލުގެ ޖާގަ ހޯދައިފިއެވެ.
ހުކުރު ދުވަހުގެ ރޭ ކުޅުމު ކުއާޓަރ ފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ އަލް ހިލާލާއި ފްލުމިނެންސޭ އެވެ. މި މެޗު ފްލުމިނޭސޭ ކާމިޔާބުކުރީ 1-2 ގެ ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި މާޓިނެއްލީ ކާމިޔާބުކޮށްފައިވާއިރު، ދެވަނަ ހާފުގެ 51 ވަނަ މިނެޓުގައި ހިލާލްގެ މާކޮސް ލިއޮނާޑޯ ވަނީ ނަތީޖާ ހަމަހަމަކޮށްދީފައެވެ. ފްލުމިނޭންސޭ މޮޅުކޮށްދިން ގޯލު ޖަހައިދިނީ 70 ވަނަ މިނެޓުގައި ހާކިއުލެސް އެވެ.
މިއަދު ހެދުނު ކުޅުނު ކުއާޓަރ ގެ ދެވަނަ މެޗުގައި ބައްދަލުކުރީ ޕަލްމެއިރާސް އާއި ޗެލްސީއެވެ. ޗެލްސީން މި މެޗު ކާމިޔާބުކޮށްފައިވަނީ 1-2 ގެ ނަތީޖާއަކުންނެވެ. މެޗުގެ 16 ވަނަ މިނެޓުގައި ކޯލް ޕާމަރ ޗެލްސީއަށް ލީޑު ނަގައިދީފައިވަނިކޮށް 53 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްދިނީ ވިލިއަން އެވެ. އަދި ޗެލްސީ މޮޅުވި ގޯލަކީ 83 ވަނަ މިނެޓުގައި ޕަލްމެއިރާސްގެ ކީޕަރު ވަވާޓަން އަށް ހެދުނު ގޯހަކުން ބައިކޮޅަށް ވަތް ގޯލެކެވެ.
ސެމީ ފައިނަލުގައި ޕަލްމެއިރާސް އާއި ޗެލްސީ ބައްދަލުކުރާ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރޭ ދަންވަރު 00:00 ގައެވެ. ކުއާޓަރ ފައިނަލުގެ ތިން ވަނަ މެޗުގައި މިރޭ 21:00 ގައި ޕީއެސްޖީ އަދި ބަޔާން މިޔުނިކް ބައްދަލުކުރާ އިރު ދަންވަރު 01:00 ގައި ރިއަލް މެޑްރިޑް އަދި ޑޯޓްމަންޑު ކުޅޭނެއެވެ.