Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އެންޒޯ ފެނާންޑޭޒްގެ ލަނޑާއެކު ޗެލްސީ އެފްއޭ ކަޕްގެ ފައިނަލަށް

އެންޒޯ ފެނާންޑޭޒްގެ ލަނޑާއެކު ޗެލްސީ އެފްއޭ ކަޕްގެ ފައިނަލަށް

އައިޝަތު އީމާން
82 ދުވަސް ކުރިން - 26 އޭޕްރިލް 2026 21:59
އެންޒޯ ފެނާންޑޭސް ގޯލު ކާމިޔާބުކުރަނީ---
އެންޒޯ ފެނާންޑޭސް ގޯލު ކާމިޔާބުކުރަނީ---
ޚުލާސާ

މެޗުގައި ފެނުނު ހަމައެކަނި ގޯލަކީ ފުރަތަމަ ހާފުގައި އެންޒޯ ފެނާންޑޭޒް ކާމިޔާބުކޮށްދިން ލަނޑު. މި މޮޅާއެކު ފައިނަލުގައި ޗެލްސީ ވާދަކުރާނީ ސިޓީއާ ދެކޮޅަށް.

ލިއަމް ރޯސެނިއޯ މަގާމުން ވަކިކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، އެންޒޯ ފެނާންޑޭޒް ކާމިޔާބުކޮށްދިން ލަނޑުން ލީޑްސް ޔުނައިޓެޑް ބަލިކޮށް ޗެލްސީން އެފްއޭ ކަޕްގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މެޗުގެ ކުރީކޮޅު ޓީމުގެ އެންމެ ގިނަ ލަނޑު ޖަހާފައިވާ ޔާއޯ ޕެޑްރޯ އަނބުރާ ފުރަތަމަ އެގާރައަށް އައުމާއެކު ޗެލްސީ ފެނުނީ ވަރަށް ވަރުގަދަކޮށެވެ. ނަމަވެސް މެޗުގެ ފުރަތަމަ ނުރައްކާތެރި ހަމަލާ އުފެއްދީ ލީޑްސްއިންނެވެ. މެޗުގެ 15 ވަނަ މިނެޓުގައި ބްރެންޑަން އާރޮންސަން ގޯލާ ދިމާލަށް ފޮނުވާލި ހަމަލާ، ޗެލްސީގެ ގޯލްކީޕަރު ރޮބާޓް ސަންޗޭޒް ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފަ އެވެ.

ޗެލްސީން މެޗުގެ ލީޑު ނެގީ ފުރަތަމަ ހާފުގެ މެދުތެރޭގަ އެވެ. ޕެޑްރޯ ފޮނުވާލި ބޯޅައެއް ގޯލުގެ ދަނޑީގައި ޖެހުނުތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި، ލީޑްސްގެ ޕާސްކަލް ސްޓްރޫއިކްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ޕެޑްރޯ ނެޓޯ ނަގައިދިން ހުރަހަކުން އެންޒޯ ފެނާންޑޭޒް ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ. މިއީ މުޅި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑެވެ.

Advertisement

Advertisement 1

މި ހާފުގެ ތެރޭގައި ދަނޑުމަތީގައި ހޫނު ބަހުސްތަކެއްވެސް ހިނގި އެވެ. އެގޮތުން ޗެލްސީގެ މާކް ކުކުރެއްލާގެ އިސްތަށިގަނޑަށް ލީޑްސްގެ ޑޮމިނިކް ކަލްވަޓް-ލެވިން ދަމައިގަތުމުން ވީއޭއާރުން އެ ހާދިސާ ބެލި އެވެ. ނަމަވެސް ކަލްވަޓް-ލެވިންއަށް ރަތް ކާޑެއް ނުދައްކައި ސަލާމަތްވުން ވެގެންދިޔައީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި ނިންމުމަކަށެވެ.

ދެވަނަ ހާފުގައި ލީޑްސްއިން މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. ހާއްސަކޮށް އެންޓަން ސްޓާކް ފޮނުވާލި ބާރު ހަމަލާއެއް ކީޕަރު ސަންޗޭޒް ދިފާއުކުރިއިރު، އޭނާ ފޮނުވާލި ހިލޭ ޖެހުމެއް ގޯލުގެ ދަނޑި ކައިރިން ބޭރަށް ދިޔަ އެވެ.

މި މޮޅާއެކު ޗެލްސީގެ ކޯޗު މެކްފާލޭންއަށް މި ސީޒަނުގައި ދެވަނަ ފަހަރަށް ޕެޕް ގާޑިއޯލާގެ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ފައިނަލުގައި ނުކުތުމުގެ ފުރުސަތު މިވަނީ ލިބިފަ އެވެ.

އެފްއޭ ކަޕްޗެލްސީލީޑްސް ޔުނައިޓެޑް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޕްރިމިއަރ ލީގު 2025-26: އެންމެ ކާމިޔާބު އަދި އެންމެ ހިތްދަތިވި ޓީމުތަކަކީ ކޮބާ؟

ޕްރިމިއަރ-ލީގުގައި ކާމިޔާބީއާއި ހިއްދައްޗާ ކުރިމަތިލި ޓީމުތަކަކީ ކޮބާ؟

53 ދުވަސް ކުރިން - 13:01

އެލޮންސޯ ޗެލްސީއަށް ދިއުމަކީ ލިވަޕޫލަށް ލިބޭނެ ބޮޑު ލަދަކަށް ވެދާނެ

އެލޮންސޯ ޗެލްސީއަށް ދިއުމަކީ ލިވަޕޫލަށް ލިބޭނެ ލަދެއް

64 ދުވަސް ކުރިން - 12:36

ސިޓީ މޮޅުވިއިރު ޔުނައިޓެޑް، ޗެލްސީ އަދި ލިވަޕޫލަށް ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ

ބޮޑެތި ކުލަބުތައް އެއްވަރުވިއިރު ސިޓީއަށް ތިން ޕޮއިންޓު

69 ދުވަސް ކުރިން - 23:53

ޔުނައިޓެޑާއި ލިވަޕޫލް މޮޅުވިއިރު ޗެލްސީއަށް ޕޮއިންޓެއް ނުލިބުނު

ޔުނައިޓެޑާއި ލިވަޕޫލް މޮޅުވިއިރު ޗެލްސީއަށް ޕޮއިންޓެއް ނުލިބުނު

89 ދުވަސް ކުރިން - 23:59

ޗެލްސީ ބަލިކޮށް ތާވަލުގެ ކުރީގައި އޮތް އާސެނަލްއާ މެންޗެސްޓާ ސިޓީން ފަރަގު ކުޑަކޮށްފި

ސިޓީން އާސެނަލްއާ ދެމެދު އޮތް ފަރަގު ކުޑަކޮށްފި

96 ދުވަސް ކުރިން - 23:16

ޗެލްސީ އާއި ލިވަޕޫލް ބަލިވިއިރު، މެންޗެސްޓާ ޔުނައިޓެޑް އެއްވަރުވެއްޖެ

ޕްރިމިއާ ލީގުގެ ބޮޑެތި ބާރުތަކަށް ހިތާމަވެރި ރެޔެއް

118 ދުވަސް ކުރިން - 02:30