Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޔުނައިޓެޑާއި ލިވަޕޫލް މޮޅުވިއިރު ޗެލްސީއަށް ޕޮއިންޓެއް ނުލިބުނު

ޔުނައިޓެޑާއި ލިވަޕޫލް މޮޅުވިއިރު ޗެލްސީއަށް ޕޮއިންޓެއް ނުލިބުނު

އައިޝަތު ރުވާ ރިފްޢަތު
97 ދުވަސް ކުރިން - 19 އޭޕްރިލް 2026 23:59
ފަހު މިނެޓުގައި ލިވަޕޫލްގެ ގޯލު ކާމިޔާބުކުރީ ވެން ޑައިކް---
ފަހު މިނެޓުގައި ލިވަޕޫލްގެ ގޯލު ކާމިޔާބުކުރީ ވެން ޑައިކް---
ޚުލާސާ

ޔުނައިޓެޑު ތިން ވަނައިގައި އޮތީ 58 ޕޮއިންޓާއެކު. ލިވަޕޫލް 55 ޕޮއިންޓާއެކު ފަސް ވަނައިގައި އޮތްއިރު ޗެލްސީ ހަވަނައިގައި އޮތީ 48 ޕޮއިންޓާއެކު.

އިނގިރޭސި ޕްރިމިއާ ލީގުގައި މުހިންމު މެޗުތަކުން މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް މޮޅުވިއިރު، ޗެލްސީ ބަލިވެ ގަދަ ހަތަރެއްގެ އުންމީދަށް ހުރަސްތަކެއް ކުރިމަތިވެއްޖެ އެވެ.

މެންޗެސްޓަރ ޔުނައިޓެޑުން ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޔުނައިޓެޑްގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ މަތިއުސް ކޫންޔާ އެވެ. މިއީ ބްރޫނޯ ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މި މޮޅާއެކު ތާވަލުގެ ތިންވަނައިގައި އޮތް ޔުނައިޓެޑާއި ހަވަނައިގައި އޮތް ޗެލްސީއާ ދެމެދު މިހާރު ވަނީ 10 ޕޮއިންޓްގެ ފަރަގެއް އުފެދިފަ އެވެ. ލީގުގައި ބާކީ 15 ޕޮއިންޓް އޮތްއިރު، މިއީ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް ޔުނައިޓެޑުން އެޅި ވަރަށް ބޮޑު ފިޔަވަޅެކެވެ.

Advertisement

Advertisement 1

ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް މި މެޗުގައި ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ އަނިޔާގެ ސަބަބުން ޑިފެންސް ލައިނަށް ދިމާވި މައްސަލަތަކެވެ. ނަމަވެސް 19 އަހަރުގެ އޭޑަން ހެވެން ހިމަނައިގެން ކުޅުނު ޔުނައިޓެޑްގެ ފަހަތުން ވަނީ ޗެލްސީގެ ހަމަލާތައް ހުއްޓުވާފަ އެވެ. އަނެއްކޮޅުން ޗެލްސީގެ ކޯޗު ލިއަމް ރޯސީނިއާގެ އިރުޝާދުގެ ދަށުން އެ ޓީމު ޖެހިޖެހިގެން ހަތަރުވަނަ މެޗުން ބަލިވުމާއެކު، އޭނާގެ މަގާމާމެދު ވަނީ ސުވާލު އުފެދިފަ އެވެ.

ލިވަޕޫލާއި އެވާޓަން ބައްދަލުކުރި ފޯރިގަދަ މާސީސައިޑް ޑާބީ ލިވަޕޫލުން ކާމިޔާބުކުރީ 2-1 އިންނެވެ. ހިލް ޑިކިންސަން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ލިވަޕޫލަށް ކުރިހޯދައިދިނީ މުހައްމަދު ސަލާހެވެ. މި ލަނޑާއެކު ސަލާހު ވަނީ މި ފިކްސްޗާގައި އެންމެ ގިނަ ލަނޑު ޖެހި ސްޓީވަން ޖެރާޑްގެ ރެކޯޑާ އަރާ ހަމަކޮށްފަ އެވެ.

މެޗުގެ ދެވަނަ ހާފުގައި ބެޓޯ ޖެހި ލަނޑުން އެވާޓަންއިން ނަތީޖާ ހަމަހަމަ ކުރި ނަމަވެސް، މެޗުގެ އިތުރު ވަގުތުގެ 10 ވަނަ މިނެޓުގައި ލިވަޕޫލްގެ ކެޕްޓަން ވާޖިލް ވެން ޑައިކް ބޮލުން ޖެހި ލަނޑާއެކު ލިވަޕޫލް ތިން ޕޮއިންޓް ކަށަވަރުކުރި އެވެ. މި މޮޅާއެކު ލިވަޕޫލްގެ ކޯޗު އާން ސްލޮޓަށް ވަނީ ބޮޑު ހިތްހަމަޖެހުމެއް ލިބިފަ އެވެ.

މި ނަތީޖާތަކާއެކު ލިވަޕޫލް އޮތީ ގަދަ ފަހެއްގެ ތެރޭގައި ހަތް ޕޮއިންޓްގެ ލީޑަކާއެކުގަ އެވެ. ނަމަވެސް އެވާޓަންއަށް ކުރިމަތިވި މި ބައްޔާއެކު އެޓީމު މިހާރު އޮތީ ޗެލްސީއަށްވުރެ އެއް ޕޮއިންޓެއް ފަހަތުގަ އެވެ.

އިނގިރޭސި ޕްރިމިއަރ ލީގުލިވަޕޫލްއެވަރޓަންމެންޗެސްޓަރ ޔުނައިޓެޑްޗެލްސީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މެންޗެސްޓަރ ޔުނައިޓެޑުން 35 މިލިއަން ފައުންޑަށް ޔޫރީ ޓީލެމަންސްގެ ސޮއި ހޯދައިފި

މެންޗެސްޓަރ ޔުނައިޓެޑުން 35 މިލިއަން ފައުންޑަށް ޔޫރީ ޓީލެމަންސްގެ ސޮއި ހޯދައިފި

12 ދުވަސް ކުރިން - 18:15

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

55 ދުވަސް ކުރިން - 03:22

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

56 ދުވަސް ކުރިން - 19:29

ޕްރިމިއަރ ލީގު 2025-26: އެންމެ ކާމިޔާބު އަދި އެންމެ ހިތްދަތިވި ޓީމުތަކަކީ ކޮބާ؟

ޕްރިމިއަރ-ލީގުގައި ކާމިޔާބީއާއި ހިއްދައްޗާ ކުރިމަތިލި ޓީމުތަކަކީ ކޮބާ؟

62 ދުވަސް ކުރިން - 13:01

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް: އިއްތިހާދުގައި އޮތް ރަން ދައުރެއްގެ ނިމުން

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް!

62 ދުވަސް ކުރިން - 12:14

މިޑްލްސްބަރާ ބަލިކޮށް، ހަލް ސިޓީން އަލުން އިނގިރޭސި ޕްރިމިއާ ލީގަށް

ހަލް ސިޓީން އިނގިރޭސި ޕްރިމިއާ ލީގުގެ ޖާގައެއް

63 ދުވަސް ކުރިން - 22:55