ޔުވެންޓަސް ބަލިކޮށް ރިއަލް މެޑްރިޑް ކުލަބް ވޯލްޑް ކަޕުގެ ކުއާޓަރ ފައިނަލަށް

އައިޝަތު އީމާން | 2 ދުވަސް ކުރިން - 1 ޖުލައި 2025 01:58
ގޯލު ޖެހުމަށް ފަހު ގޮންޒާލޯ ގާސިއާ އުފާ ފާޅުކުރަނީ. / ފޮޓޯ: ރިއަލް މެޑްރިޑް
ގޯލު ޖެހުމަށް ފަހު ގޮންޒާލޯ ގާސިއާ އުފާ ފާޅުކުރަނީ. / ފޮޓޯ: ރިއަލް މެޑްރިޑް
ޚުލާސާ

މެޗުގައި ފެނުނު ހަމައެކަނި ގޯލު 54 ވަނަ މިނެޓުގައި ކާމިޔާބުކުރީ ގޮންޒާލޯ ގާސިއާ.

ޔުވެންޓަސް 0-1 ގެ ނަތީޖާއިން ބަލިކޮށް، ރިއަލް މެޑްރިޑުން ފީފާ ކުލަބް ވޯލްޑް ކަޕުގެ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފިއެވެ.

މުޅި މެޗު ކޮންޓްރޯލް ކޮށްގެން ރިއަލް މެޑްރިޑުން ކުޅެފައިވާއިރު މެޗުގެ ހަމައެކަނި ގޯލަކީ ދެވަނަ ހާފުގެ 54 ވަނަ މިނެޓުގައި ސްޕެއިންގެ ޒުވާން ފޯވާޑު ގޮންޒާލޯ ގާސިއާ ކާމިޔާބުކޮށްދިން ގޯލެކެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ދާދި ފަހުން އެޓީމާއި ގުޅުނު އާނޯލްޑު ނަގައިދިން ހުރަހެއް ބޮލުން ވައްދާލައިގެންނެވެ. މިއީ މި މުބާރާތުގައި ގާސިއާ ކާމިޔާބުކުރި 3 ވަނަ ގޯލެވެ.

ގިނަ ހަމަލާތަކެއް މެޑްރިޑުން ގޯލަށް ފޮނުވާލި ނަމަވެސް ހުރަހަކަށްވީ ޔުވެންޓަސްގެ ކީޕަރު މައިކެލް ޑި ގްރެގޯރިއޯ އެ ހަމަލާތަށް ހުއްޓުވާފައިވާތީއެވެ. އޭނާގެ ފަރާތުން މޮޅު ކުޅުމެއް މެޗުގައި ވަނީ ފެނިފައެވެ.

ފުރަތަމަ ހާފުގެ ކުރީކޮޅުގައި ގޯލެއް ވައްދާލާނެ ރަނުގެ ފުރުސަތެއް ޔުވެންޓަސްގެ ފޯވާޑު ކޯލޯ މުއާނީ އަށް ވަނީ ލިބިފައެވެ. ކީޕަރު ބޯ މަތިން ބޯޅަ އެއްލާ ގޯލު ތެރެއަށް ވައްދާލަން އުޅުމުގެ ތެރޭގައި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.

ރިއަލް މެޑްރިޑުން ޖުމްލަ 18 ހަމަލާ ގޯލަށް ފޮނުވާލާ އޭގެ ތެރެއިން 11 ހަމަލާ ވަނީ ގޯލާއި އަމާޒުކޮށްފައެވެ. ޔުވެންޓަސް އަށް މުޅި މެޗުގައި ފޮނުވާލެވުނީ 5 ހަމަލާއެވެ. އަދި ގޯލާއި އަމާޒުވީ 2 ހަމަލާއެވެ.

ކުއާޓަރ ފައިނަލުގައި ރިއަލް މެޑްރިޑް ބައްދަލުކުރާނީ ހެދުނު 6 ޖަހާއިރު ކުޅޭ ޑޯޓުމަންޑު އަދި މޮންޓެރޭ މެޗުން މޮޅުވާ ބަޔަކާއި ދެކޮޅަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%