Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދުނިޔޭގެ އެންމެ ކާމިޔާބު ކުލަބު ކަމަށް ދައުވާކުރާ ރިއަލް މެޑްރިޑް ވޯލްޑް ކަޕުން ބޭރުކޮށްލައިފި

ދުނިޔޭގެ އެންމެ ކާމިޔާބު ކުލަބު ކަމަށް ދައުވާކުރާ ރިއަލް މެޑްރިޑް ވޯލްޑް ކަޕުން ބޭރުކޮށްލައިފި

އައިޝަތު އީމާން
426 ދުވަސް ކުރިން - 10 ޖުލައި 2025 02:10
ކުލަބް ވޯލްޑް ކަޕުގެ ސެމީގައި ރިއަލް މެޑްރިޑް ބަލިކުރުމަށްފަހު ޕީއެސްޖީން އުފާފާޅުކުރަނީ. / ފޮޓޯ: ބެން ޖެކޮބްސް
ކުލަބް ވޯލްޑް ކަޕުގެ ސެމީގައި ރިއަލް މެޑްރިޑް ބަލިކުރުމަށްފަހު ޕީއެސްޖީން އުފާފާޅުކުރަނީ. / ފޮޓޯ: ބެން ޖެކޮބްސް
ޚުލާސާ

ކުރީގެ ކުޅުންތެރިޔާ ޒަބި އެލަންޒޯގެ ކޯޗު ކަމުގެ ދަށުން ރިއަލް މެޑްރިޑް ކުޅެފައިވަނީ ދަށް ކުޅުމެއް ކަމަށްވާއިރު ގޯލުތަކަކީ މެޑްރިޑުން ހެދި ބޮޑެތި ގޯސްތަކެއްގެ ނަތީޖާ.

ފީފާ ކުލަބް ވޯލްޑް ކަޕުގެ އެންމެ ކާމިޔާބު ކުލަބް، ރިއަލް މެޑްރިޑް ހިތި ގޮތަކަށް ބަލިކުރުމަށްފަހު ޔޫރަޕުގެ ޗެމްޕިއަން ޕީއެސްޖީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

އެމެރިކާގެ މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު މި މެޗު 0-4 އިން ޕީއެސްޖީ ކާމިޔާބުކޮށްފައިވާއިރު، ރިއަލް މެޑްރިޑުން ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން ފާހަގަކޮށްލެވެއެވެ. ހާއްސަ ގޮތެއްގައި ފުރަތަމަ ހާފުގައި މެޑްރިޑުގެ ޑިފެންސް ލައިނުން ހެދި ގޯސްތަކެއްގެ ބޭނުން ހިފައި މެޗުގެ ކުރީކޮޅު ޕީއެސްޖީން ވަނީ ދެ ގޯލު ކާމިޔާބުކޮށްފައެވެ.

މެޗުގެ 6 ވަނަ މިނެޓުގައި ޑިފެންޑަރު އެސެންސިއޯ ހެދި ގޯހަކުން ޕީއެސްޖީގެ ފަބިއަން ރުއިޒް ފުރަތަމަ ގޯލު ކާމިޔާބުކުރިއިރު އޭގެ ތިން މިނެޓު ފަހުން ޑިފެންޑަރު ރުޑިގާ ހެދި ގޯހަކުން ޑެމްބެލޭ ވަނީ ޕީއެސްޖީގެ ދެވަނަ ގޯލު ކާމިޔާބުކޮށްފައެވެ. ތިން ވަނަ ގޯލު ޕީއެސްޖީން ކާމިޔާބުކޮށްފައިވަނީ 24 ވަނަ މިނެޓުގައި ފަބިއަން ރުއިޒް އެވެ. މި ގޯލުވެސް ކާމިޔާބުކުރީ ދާދި ފަހުން ރިއަލް މެޑްރިޑާ ހަވާލުވި އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ޒަބި އެލޮންޒޯގެ ފީކަޅާ ޓެކްޓިކްސްގެ ސަބަބުން ކަން ފާހަގަކޮށްލެވެއެވެ. އަދި ހަތަރު ވަނަ ގޯލަކީ 88 ވަނަ މިނެޓުގައި ބާކޯލާގެ އެހީތެރިކަމާއެކު ގޮންޒާލޯ ރާމޮސް ކާމިޔާބުކުރި ލަނޑެކެވެ. ފުރަތަމަ ހާފުގައި އެ ޓީމުގެ ކޮޅަށް ތިން ގޯލު މީގެ ކުރިން ވަދެފައިވަނީ މީގެ ފަސް އަހަރު ކުރިން ޝަކްތަރ ޑޮނެސްޓިކާ ބައްދަލުކުރި މެޗެއްގައެވެ. އޭރު ކޯޗަކަށް ހުރީ ޒައިނެދިން ޒިދާނެވެ.

Advertisement

Advertisement 1

އެންމެ ގިނަ އަދަދަކަށް ފީފާ ކުލަބް ވޯލްޑް ކަޕް ކާމިޔާބުކުރި ރިއަލް މެޑްރިޑަށް މިއީ ލަދުވެތި ނަތީޖާއެކެވެ. މީގެ ކުރިން މި މުބާރާތުގައި މެޑްރިޑް ހަމައެކަނި ބަލިވެފައިވަނީ 2001 ވަނަ އަހަރުގެ ފައިނަލުގައި މެކްސިކޯގެ ނެކާސާއާ ކުޅެ ޕެނަލްޓީ ޖަހައިގެންނެވެ. އެހެންކަމުން މެޑްރިޑްގެ ކޯޗަށް ބޮޑެތި ފާޑުކިޔުންތައް ސަޕޯޓަރުންގެ ފަރާތުން އަމާޒުވާނެކަމަށް ބެލެވެއެވެ.

މިއީ ޕީއެސްޖީން މި މުބާރާތުގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. ފީފާ ކުލަބް ވޯލްޑް ކަޕުގެ ތަށި އެ ކުލަބުން ކާމިޔާބުކޮށްފިނަމަ މިއީ އެ ޓީމަށް މި ސީޒަނުގައި ލިބޭނެ ފަސް ވަނަ ތައްޓެވެ. އެހެންކަމުން މި ސީޒަން ވެގެންދާނީ އެ ކުލަބުގެ ތާރިހުގައި އެންމެ ކާމިޔާބު ސީޒަނަށެވެ.

މުބާރާތުގެ ފައިނަލް މެޗު ޕީއެސްޖީ ކުޅޭނީ ޗެލްސީއާ ދެކޮޅަށެވެ. މި މެޗު އޮންނާނީ އަންނަ އާދީއްތަ ދުވަހުގެ ރޭ 00:00 ގައެވެ.

ރިއަލް މެޑްރިޑްޕީއެސްޖީފީފާ ކުލަބް ވޯލްޑް ކަޕް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި ރެއާލް މެޑްރިޑުން އިންޓަރ މިލާން ބަލިކޮށްފި

ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި ރެއާލް މެޑްރިޑުން އިންޓަރ މިލާން ބަލިކޮށްފި

9 ގަޑިއިރު ކުރިން - 09:36

މަލާގާ ބަލިކޮށް ރެއާލް މެޑްރިޑް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

މަލާގާ ބަލިކޮށް ރެއާލް މެޑްރިޑް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

9 ދުވަސް ކުރިން - 22:27

ނޫސްވެރިއަކަށް މޮރީނިއޯގެ އިންޒާރެއް: "އަހަރެންގެ ގޯސް ވާހަކަ ދައްކަންޏާ ފަހަތުން އަޅުވާލާނަން"

ނޫސްވެރިއަކަށް މޮރީނިއޯގެ އިންޒާރެއް: "އަހަރެންގެ ގޯސް ވާހަކަ ދައްކަންޏާ ފަހަތުން އަޅުވާލާނަން"

14 ދުވަސް ކުރިން - 13:17

100 މިލިއަން ޔޫރޯއަށްވުރެ ބޮޑު އަގަކަށް، ޑިއޮމާންޑޭ ރެއާލް މެޑްރިޑަށް ބަދަލުވާން އެއްބަސްވެއްޖެ

100 މިލިއަން ޔޫރޯއަށްވުރެ ބޮޑު އަގަކަށް، ޑިއޮމާންޑޭ ރެއާލަށް ބަދަލުވާން އެއްބަސްވެއްޖެ

44 ދުވަސް ކުރިން - 01:10

ޕީއެސްޖީގެ ކޮންޓްރެކްޓް އާކުރަން ބާކޯލާ ދެކޮޅު ހަދައިފި؛ އޭނާ ހޯދުމުގެ ރޭހުގެ ކުރީގައި އޮތީ ލިވަޕޫލް

ބާކޯލާ ހޯދުމުގެ ރޭހުގެ ކުރީގައި ލިވަޕޫލް

44 ދުވަސް ކުރިން - 20:03

ޔަން ދިއޮމާންޑޭ ހޯދުމުގެ ރޭހުގައި ރެއާލް މެޑްރިޑް ކުރީގައި

ޔަން ދިއޮމާންޑޭ ހޯދުމުގެ ރޭހުގައި ރެއާލް މެޑްރިޑް ކުރީގައި

45 ދުވަސް ކުރިން - 19:01