މެކްސިކޯގެ މޮންޓެރޭ 1-2 ގެ ނަތީޖާއީން ބަލިކޮށް ޖަރުމަންގެ ބްރޫޝިއާ ޑޯޓްމަންޑް ފީފާ ކުލަބް ވޯލްޑް ކަޕުގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދައިފިއެވެ.
އެމެރިކާގެ މަސެޑެސް ބެންޒް ސްޓޭޑިއަމްގައި މިއަދު ހެދުނު 06:00 ގައި ކުޅުނު މި މެޗުގެ ގޯލް ހުޅުވައިދިނީ ޑޯޓްމަންޑުގެ ފޯވާޑް ގްރެއިސީ އެވެ. މެޗުގެ 14 ވަނަ މިނެޓުގައި ގޯލު ކާމިޔާބުކޮށް އޭގެ 10 މިނެޓު ފަހުން އިތުރު ގޯލެއް ކާމިޔާބުކޮށް އޭނާ ވަނީ ޑޯޓުމަންޑަށް ހިތްހަމަޖެހުން ގެނެސްދީފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ލިބުނީ އޭނާ އަށެވެ.
މޮންޓެރޭގެ ހަމައެކަނި ގޯލަކީ 48 ވަނަ މިނެޓުގައި އެ ޓީމުގެ ފޯވާޑް ބާޓެރަމޭ ކާމިޔާބުކުރި ގޯލެކެވެ.
މި ސީޒަނުގައި ޑޯޓުމަންޑަށް އެއްވެސް ތައްޓެއް މިހާތަނަށް ލިބިފައިނުވާ އިރު ޖަރުމަން ލީގު ނިންމާލީ ހަތަރު ވަނައިގައެވެ.
ކުއާޓަރ ފައިނަލުގައި ހޮނިހިރު ދުވަހުގެ ރޭ 01:00 ގައި ޑޯޓްމަންޑް ނިކުންނާނީ ސްޕެއިންގެ ރިއަލް މެޑްރިޑާ ދެކޮޅަށެވެ.