Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ގަދަ ކަނޑުގައި ވިއްސާރައަށް ބެލުމެއްނެތި ދަތުރުކުރުމުން ޕީއެސްޖީ “ޣަރަޤުވެއްޖެ”

ގަދަ ކަނޑުގައި ވިއްސާރައަށް ބެލުމެއްނެތި ދަތުރުކުރުމުން ޕީއެސްޖީ “ޣަރަޤުވެއްޖެ”

ހުސައިން އިސްމާއިލް
377 ދުވަސް ކުރިން - 14 ޖުލައި 2025 10:23
ޕީއެސްޖީ ބަލިކޮށް ޗެލްސީގެ ކުޅުންތެރިން ކްލަބް ވޯލްޑް ކަޕްގެ ތަށި ހިފައިގެން ޝަރަފްވެރި މެހްމާން، އެމެރިކާގެ ރައީސް ޓްރަމްޕާއެކު / ފޮޓޯ: އަލްޖަޒީރާ
ޕީއެސްޖީ ބަލިކޮށް ޗެލްސީގެ ކުޅުންތެރިން ކްލަބް ވޯލްޑް ކަޕްގެ ތަށި ހިފައިގެން ޝަރަފްވެރި މެހްމާން، އެމެރިކާގެ ރައީސް ޓްރަމްޕާއެކު / ފޮޓޯ: އަލްޖަޒީރާ
ޚުލާސާ

ޕީއެސްޖީން ރިއަލް ބަލިކޮށް ފައިނަލަށް އަޔަސް، ރޭ ފަސޭހަކަމާއެކު ޗެލްސީން ވަނީ ފުރަތަމަ ހާފުގައި ނަތީޖާ ކަށަވަރުކޮށް، ފީފާ ކުލަބު ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދާފަ.

ފީފާއިން މުޅިން އައު ފޯމެޓަކަށް ކުރިއަށްގެންދިޔަ ފީފާ ކުލަބު ވޯލްޑް ކަޕުގެ ޗެމްޕިއަންކަން، ގަދަ ބާރުގައި ކުޅެ، ޗެލްސީން ހޯދައިފިއެވެ. ޔޫރަޕްގެ ޗެމްޕިއަން ފްރާންސްގެ ޕީއެސްޖީ އާއި ދެކޮޅަށް ކުޅުނު ފައިނަލް މެޗު ޗެލްސީއިން ކާމިޔާބުކުރީ ފަސޭހަ ކަމާއި އެކުގައެވެ.

ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި، އަށްޑިހަ އެއް ހާހަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި، މި މުބާރާތުގެ ތާރީޚީ ރެކޯޑު ހޯދި ޗެލްސީއިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ ނަތީޖާ ކަށަވަރު ކޮށްފައެވެ. ޗެލްސީގެ މޮޅު ކުޅުންތެރިޔާ ކޯލް ޕާމާ ވަނީ މެޗުގެ 22 ވަނަ މިނިޓުގައި ލަނޑެއް ޖަހައި، ޗެލްސީއަށް ލީޑު ނަގައިދީފައެވެ.

Advertisement

Advertisement 1

ކޯލް ޕާމާ، މެޗުގެ 22 ވަނަ މިނެޓުގައި ޗެލްސީއަށް ގޯލު ޖަހައިދެނީ / ފޮޓޯ: އަލްޖަޒީރާ.

މި ލަނޑަކީ ދިފާޢީ ތަނބުތައް ވެސް އެޓޭކިންގައި ގޯލު ޖެހުމުގައި ފާހަގަ ކޮށްލެވުނު ޕީއެސްޖީގެ ކުޅުންތެރިންނަށް ކޮންޓްރޯލް ނުކުރެވުނު ހަމަލާއެކެވެ.

ޕީއެސްޖީން މި މުބާރާތުގެ ފައިނަލާއި ހިސާބަށް އައީ ވެސް “ގަދަ ކަނޑުގައި ދަތުރުކޮށް އެތައް ބަޔަކު ޙައިރާން ކޮށްލާފައި ކަން ފާހަގަ ކުރެވެއެވެ ސެމީ ފައިނަލުގައި ސްޕެއިންގެ ރެއާލް މެޑްރިޑް ވެސް ބަލިކޮށްފައިވާ ޕީއެސްޖީއަށް، ރޭ މެޗު ފަށައިގެން ރަގަޅަށް ކުޅެން ފުރުސަތު ލިބުމުގެ ކުރިން، ޗެލްސީއިން ވަނީ މެޗު ކޮންޓްރޯލްކޮށް، ޕީއެސްޖީގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް ޗެލްސީއިން ލީޑު ނެގުމުގެ ކުރިން، ޕީއެސްޖީއިން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް، ޗެލްސީގެ ކީޕަރު ސަންޗޭޒް މޮޅަށް ދިފާޢުކުރިކަން ފާހަގަ ކޮށްލެވެއެވެ. މި ހަމަލާއަކީ ޕީއެސްޖީއަށް މެޗަށް އެނބުރި އައުމަށް ލިބުނު ފުރުސަތެކެވެ.

ޗެލްސީއިން ޖެހި ދެވަނަ ލަނޑު މެޗުގެ 30 ވަނަ މިނިޓުގައި، ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން، ކޯލް ޕާމާ ވަނީ، ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ. މިއީ އޭނާ މި ތާރީޚީ މެޗުގައި ޖަހައިދިން ދެވަނަ ގޯލެވެ.

ފައިނަލް މެޗުގައި ދެލަނޑު ޖަހައިދިން ކޯލް ޕާމާ / ފޮޓޯ: ރޮއިޓާސް.

މި މެޗުގައި ޗެލްސީއިން ޖެހި ތިންވަނަ ލަނޑު، މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް، ޕާމާ ދިން ޕާހަކުން ޗެލްސީއަށް ކާމިޔާބު ކޮށްދިނީ ޖޮއާއޯ ޕެޑްރޯއެވެ. ޕެޑްރޯއަކީ މި މުބާރާތުގެ މެދުތެރެއިން ޗެލްސީއާއި ގުޅުނު ކުޅުންތެރިއެކެވެ. މި ލަނޑަކީ އޭނާ ޗެލްސީއަށް ކާމިޔާބުކޮށްދިން ތިންވަނަ ލަނޑެވެ.

މެޗުގެ ދެވަނަ ހާފުގައި ޕީއެސްޖީއަށް ލަނޑެއް ޖަހައި، ނަތީޖާ ބަދަލުކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކުރި ނަމަވެސް، އެ މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

މެޗުގެ ފަހު ވަގުތުގައި، ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ، ޖޮއާއޯ ޕެޑްރޯގެ ބަދަލުގައި ލިއާމް ޑެލަޕް ކުޅެން އެރުވިއެވެ. ޑެލަޕްއަށް ލަނޑު ޖަހަން ލިބުނު ރަނުގެ ދެ ފުރުސަތުވެސް ޕީއެސްޖީގެ ކީޕަރު ޑޮންނަރޫމާ ވަނީ މަތަކޮށްފައެވެ.

ފައިނަލް މެޗުގައި ދެ ލަނޑު ޖެހި ކޯލް ޕާމާއަށް މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނު އިރު، އެންމެ މޮޅު ކީޕަރަކަށް ހޮވިފައިވަނީ ޗެލްސީގެ ކީޕަރު ސަންޗޭޒްއެވެ. އަދި މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕީއެސްޖީގެ ޑެޒިރޭ ޑުއޭއެވެ.

ފީފާ ކުލަބް ވޯލްޑް ކަޕްޗެލްސީޕީއެސްޖީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އާސެނަލްގެ އުންމީދުތައް ޗިސްޗިސް ކޮށްލައި ޖެހިޖެހިގެން ދެވަނަ ފަހަރަށް ޕީއެސްޖީ ޔޫރަޕުގެ ރަސްކަމަށް އަތުވެއްޖެ

އާސެނަލްގެ އުންމީދުތައް ޗިސްޗިސް ކޮށްލައި ޕީއެސްޖީ އަނެއްކާވެސް ޔޫރަޕުގެ ރަސްކަމަށް

56 ދުވަސް ކުރިން - 00:00

ފުރަތަމަ ފަހަރަށް ޔޫރަޕުގެ ރަސްކަމުގެ ތާޖު އާސެނަލްއަށް ލިބިދާނެބާ؟

ފުރަތަމަ ފަހަރަށް ޔޫރަޕުގެ ރަސްކަމުގެ ތާޖު އާސެނަލްއަށް ލިބިދާނެބާ؟

56 ދުވަސް ކުރިން - 14:46

ވޯލްޑް ކަޕު ނުކުޅެވުނަސް ކްވަރަޓްސްކޭލިއާ އަށް ބެލޮންޑިއޯ ކާމިޔާބު ކުރެވިދާނެބާ؟

ވޯލްޑް ކަޕު ނުކުޅެވުނަސް ކްވަރަޓްސްކޭލިއާ އަށް ބެލޮންޑިއޯ ކާމިޔާބު ކުރެވިދާނެބާ؟

57 ދުވަސް ކުރިން - 14:11

ޕްރިމިއަރ ލީގު 2025-26: އެންމެ ކާމިޔާބު އަދި އެންމެ ހިތްދަތިވި ޓީމުތަކަކީ ކޮބާ؟

ޕްރިމިއަރ-ލީގުގައި ކާމިޔާބީއާއި ހިއްދައްޗާ ކުރިމަތިލި ޓީމުތަކަކީ ކޮބާ؟

62 ދުވަސް ކުރިން - 13:01

އެލޮންސޯ ޗެލްސީއަށް ދިއުމަކީ ލިވަޕޫލަށް ލިބޭނެ ބޮޑު ލަދަކަށް ވެދާނެ

އެލޮންސޯ ޗެލްސީއަށް ދިއުމަކީ ލިވަޕޫލަށް ލިބޭނެ ލަދެއް

73 ދުވަސް ކުރިން - 12:36

ސިޓީ މޮޅުވިއިރު ޔުނައިޓެޑް، ޗެލްސީ އަދި ލިވަޕޫލަށް ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ

ބޮޑެތި ކުލަބުތައް އެއްވަރުވިއިރު ސިޓީއަށް ތިން ޕޮއިންޓު

77 ދުވަސް ކުރިން - 23:53