ކުލާސްރޫމުގެ ތެރޭ އެކްޝަން ރިސާޗުގެ ބޭނުން ރަނގަޅަށް ހިފަންޖެހޭ: އާދަމް ޝަރީފް

އަައިޝަތު ޒީނާ | 41 ދުވަސް ކުރިން - 5 ޖުލައި 2025 12:24
ޕަބްލިކް ވަރކްސް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު.
ޕަބްލިކް ވަރކްސް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު.
ޚުލާސާ

އުނގަންނައިދިނުމުގެ ހުނަރުތައް މި ޒަމާނުގައި ބޭނުންކުރާނަމަ ކުލާސްރޫމުގައި، މުދައްރިސުގެ ޙަރަކާތްތަކަށް ވުރެ ދަރިވަރުގެ ޙަރަކާތްތައް ނުވަތަ ޢަމަލުތައް ގިނަވެގެން ދާނެކަމަށް މިނިސްޓަރ ވިދާޅުވި.

ކުލާސްރޫމުގެ ތެރޭ އެކްޝަން ރިސާޗުގެ ބޭނުން މިހާރަށް ވުރެ ބޮޑަށް ހިފުމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު އިލްތިމާސްކުރައްވައިފިއެވެ.

އެމަނިކުފާނު މި އިލްތިމާސްކުރެއްވީ ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 2023 - 2024ގެ އިނާމުދިމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ، ތަޢުލީމީ ނަތީޖާ މިހާރަށް ވުރެ ރަނގަޅުކުރަންޖެހޭ ކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ނެރުއްވާ ރިޕޯޓްތަކުގައި ވަރަށް ގިނަ ފަހަރު ބުނާ ބުނުމަކީ އަޅުގަނޑުމެން ކޮންމެ މީހަކުވެސް ވިސްނާ ފިކުރުކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި އެކަމާ ގުޅިގެން ބައެއް ސުވާލުތައް އުފައްދަވައި ދަރިވަރުންނާއި، މުދައްރިސުންނާ ވަނީ ކުރައްވާފައެވެ.

"މީގެކުރިން ތަޖުރިބާ ނުކުރާ ކަމެއް ކިޔަވާކުދިން މިހާރު ތަޖުރިބާކުރޭބާ. ދަރިވަރުން ކިޔެވުމަށް މިހާރުވެސް މަސައްކަތްކުރާ މިންވަރަކީ ހަމަކުރިންވެސް މަސައްކަތްކުރި މިންވަރުބާ. އުނގެނުމަށް ކުރިން ފަހިވެފައި ނެތް ފުރުޞަތުތަކެއް މިހާރު އުނގެނުމުގެ މާޙައުލުގައި ފަހިވެފައި އެބައޮތްބާ. ހަމައެއާއެކު އުނގެނުމަށް ހުރަސްއެޅޭ ފަދަ ކަމެއް ކުރިމަތިވަމުން ދޭބާ" ދަރިވަރުންނާ ބެލެނިވެރިންނާ މުޚާޠަބުކުރައްވާ މިނިސްޓަރ ވިދާޅުވިއެވެ.

ކުލާސްރޫމުގައި މުދައްރިސަކީ ދަރިވަރުންގެ އުނގެނުމުގައި ވަރަށް ޚާއްޞަ ބައިވެރިއެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އުނގަންނައިދިނުމުގެ ހުނަރުތައް މި ޒަމާނުގައި ބޭނުންކުރާނަމަ ކުލާސްރޫމުގައި، މުދައްރިސުގެ ޙަރަކާތްތަކަށް ވުރެ ދަރިވަރުގެ ޙަރަކާތްތައް ނުވަތަ ޢަމަލުތައް ގިނަވެގެން ދާނެކަމަށް ވިދާޅުވިއެވެ.

"މުދައްރިސުން މިހާރުވެސް ކިޔަވައިދިނުމުގައި ބޭނުންކުރައްވަމުން ގެންދަވަނީ ކުރިންވެސް ބޭނުންކުރެއްވި ގޮތްތައްތޯ؟. އަދި ކިޔަވައިދިނުމުގައި މިހާރުވެސް ބޭނުންކުރައްވަމުން ގެންދަވަނީ ކުރިންވެސް ބޭނުންކުރެއްވި އުކުޅުތައްތޯ؟. އާގޮތްތަކެއް ނުވަ މެތަޑުތަކެއް މިހާރު ބޭނުންކުރައްވަމުތޯ؟ އަދި ޓެކްނޮލޮޖީ ނުވަތަ އައިސީޓީ ކިހާވަރަކަށް ބޭނުންކުރައްވަމުތޯ؟ އުނގެނުމުގައި ދަރިވަރުންނަށް ކުރިމަތިވާ ގޮންޖެހުންތައް ނައްތާލުމަށް ކިހާވަރަކަށް މަސައްކަތްކުރެވޭތޯ؟." މުދައްރިސުންނާ މުޚާޠަބުކުރައްވާ މިނިސްޓަރ ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%