ގިނަ ބަޔެއްގެ މަގްބޫލުކަން ހޯދާފައިވާ ޓީވީ ސިލްސިލާ، "ސްކުއިޑް ގޭމް" ގެ ތިންވަނަ ސީޒަން، ނެރުނު ކޮންމެ ގައުމަކުންވެސް ވަރަށް ބޮޑު ކާމިޔާބީއެއް ހޯދައި އެއްވަނަ ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. މި ސީޒަން ނެޓްފްލިކްސްއިން ރިލީޒްކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.
ވެރައިޓީ އިން ނެރުނު ރިޕޯޓެއްގައި ނެޓްފްލިކްސްގެ ޑޭޓާތަކަށް އިޝާރާތްކޮށް ބުނެފައިވަނީ މި ތްރިލާގެ ސީޒަން 3 ވަނީ ނެޓްފްލިކްސްއިން މިހާތަނަށް އެންމެ ގިނަ މީހުން ބަލާ ބައިނަލްއަގްވާމީ ޓީވީ ޝޯއަކަށްވެފައި ކަމަށެވެ. އަދި މި ޝޯ އެޅުވި ހުރިހާ ގައުމަކުންވެސް އެއްވަނަ ލިބިފައިވާ ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.
މި ކާމިޔާބީއާ ހިލާފަށް މި ސިލްސިލާގެ ސީޒަން 2 ނެރެފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. އެ ސީޒަން ވަނީ ފުރަތަމަ ހަފުތާގައި، އެއީ ހަތަރު ދުވަހުގެ ތެރޭގައި، 68 މިލިއަން ވިއުސްއާ އެކު ރެކޯޑްތަކެއް ހަދާފައެވެ. މިއީ 2022 ވަނަ އަހަރު ހެދި 50.1 މިލިއަން ވިއުސްގެ ރެކޯޑު މުގުރާލި ރެކޯޑެކެވެ.
ނަމަވެސް، އެންމެ ތިން ދުވަހުގެ ޑޭޓާއާއެކު ވެސް "ސްކުއިޑް ގޭމް" ސިލްސިލާގެ ތިންވަނަ ސީޒަން ވަނީ ދުނިޔޭގެ ނެޓްފްލިކްސްގެ ގިނަ ކާމިޔާބީތަކެއް މުގުރާލައިފައެވެ. މި ޝޯ ވެފައި ވަނީ މި ޕްލެޓްފޯމްގެ އެންމެ ގިނަ ބަޔަކު ބަލާ ޝޯތަކުގެ ތެރެއިން އެއް ޝޯ އަށެެވެ.
"ސްކުއިޑް ގޭމް" ގެ 2021 ވަނަ އަހަރު ނެރުނު ފުރަތަމަ ސީޒަން ވެގެން ދިޔައީ ނެޓްފްލިކްސްއިން މިހާތަނަށް އެންމެ ގިނަ ބަޔަކު ބެލި ސީރީޒްއަށް ކަމަށް ވެރައިޓީން ބުނެއެވެ. މިގޮތުން ފުރަތަމަ 28 ދުވަހުގެ ތެރޭގައި 16.5 ބިލިއަނަށް ވުރެ ގިނަ މީހުން މި ޝޯ ބަލާފައިވެއެވެ.
މި ކާމިޔާބު ޝޯއަކީ ހުވާންގް ޑޮންގް ހިއުކް އުފެއްދެވި ޝޯއެކެވެ.