ސީއައިޑީގެ ދެވަނަ ސީޒަން ނެޓްފްލިކްސްއިން ދައްކަން ފަށައިފި

އައިޝަތު ރުވާ ރިފްޢަތު | 237 ދުވަސް ކުރިން - 22 ފެބްރުއަރީ 2025 01:14
ސީއައިޑީގެ ދެވަނަ ސީޒަންގެ ޕޯސްޓަރ
ސީއައިޑީގެ ދެވަނަ ސީޒަންގެ ޕޯސްޓަރ
ޚުލާސާ

ނެޓްފްލިކްސްއިން ވަނީ ކޮންމެ ހޮނިހިރު އަދި އާދީއްތަ ދުވަހެއްގެ ރޭގަނޑު 10:00 ގައި އާ އެޕިސޯޑްތައް ނެރޭނެ ކަމަށް ވެސް އިޢުލާންކޮށްފައި.

ސޮނީ ލިވްގެ މަޝްހޫރު ޓީވީ ޝޯ "ސީއައިޑީ" ގެ ދެވަނަ ސީޒަން ނެޓްފްލިކްސްއިން ދައްކަން ފަށައިފިއެވެ. މި ކްރައިމް ތްރިލާ ޝޯގެ 18 އެޕިސޯޑް ނެޓްފްލިކްސްއިން ސްޓްރީމް ކުރަން ފަށާފައިވަނީ އިއްޔެއެވެ.

ޝިވާޖީ ސަޓަމް، ދަޔާނަންދު ޝެޓީ އަދި އަދިތިޔާ ޝްރިވަސްތާވް ފަދަ މަޝްހޫރު ތަރިން ލީޑް ރޯލުތަކުގައި ފެނިގެންދާ މި ޝޯއަކީ، ކުރިން ސޮނީ ލިވްއިން ޕްރިމިއާ ކޮށްފައިވާ ޝޯއެކެވެ. ގިނަ ފޭނުންތަކެއް ތިބި މި ޝޯގެ ދެވަނަ ސީޒަން ދާދި ފަހުން ވެބް ފޯމެޓަށް އެނބުރި އައުމާއި ގުޅިގެން، ނެޓްފްލިކްސްއިން ވަނީ މި ޝޯ އެ ޕްލެޓްފޯމުގައި ދެއްކުމަށް ނިންމާފައެވެ.

އެގޮތުން ނެޓްފްލިކްސްއިން ވަނީ ކޮންމެ ހޮނިހިރު އަދި އާދީއްތަ ދުވަހެއްގެ ރޭގަނޑު 10:00 ގައި އާ އެޕިސޯޑްތައް ނެރޭނެ ކަމަށް ވެސް އިޢުލާން ކޮށްފައެވެ. މީގެ ކުރިން މި ޝޯ ހަމައެކަނި ސޮނީ ޓީވީ އާއި ސޮނީ ލިވްއިން ބެލެން ހުރި ނަމަވެސް، މިހާރު ނެޓްފްލިކްސް މެދުވެރިކޮށް ވެސް މި ޝޯ ބެލުމުގެ ފުރުޞަތު ހުރިހާ ފަރާތްތަކަށް ލިބިގެންދާނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%