ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަނުން އާ މޫނުތަކެއް ފެނިގެންދާނެ"

އައިޝަތު ރުވާ ރިފްޢަތު | 245 ދުވަސް ކުރިން - 15 ފެބްރުއަރީ 2025 11:51
"ސްޓްރޭންޖާ ތިންގްސް"ގެ ޕޯސްޓަރެއް
"ސްޓްރޭންޖާ ތިންގްސް"ގެ ޕޯސްޓަރެއް
ޚުލާސާ

"ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަން އަޅުވަން ހަމަޖެހިފައި ވާއިރު، އުއްމީދީ އާ ކެރެކްޓާތަކާއި ބޮޑު ރިވީލްއަކާއި، ހިތްގައިމު ފިނާލޭއެއް ލިބޭނެ ކަމަށް އެ ޝޯގެ ޓީމުން ވަނީ ބުނެފައިވޭ.

ނެޓްފްލިކްސްގެ މަޝްހޫރު ސައިންސް ފިކްޝަން ހޮރަރ ޑްރާމާ ސިލްސިލާ "ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަނުން އާ މޫނުތަކެއް ފެނިގެންދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މި ސިލްސިލާގެ ފަހު ސީޒަނަކީ ސީޒަން 5 އެވެ.

"ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަން އަޅުވަން ހަމަޖެހިފައިވާ އިރު، އުއްމީދީ އާ ކެރެކްޓާތަކާއި ބޮޑު ރިވީލްއަކާއި، ހިތްގައިމު ފިނާލޭ އެއް ލިބޭނެ ކަމަށް އެ ޝޯގެ ޓީމުން ވަނީ ބުނެފައެވެ. މި ސީޒަނަކީ މިހާތަނަށް އެންމެ ހިތްގައިމު ސީޒަން ކަމަށް ޝޯގެ ކްރިއޭޓަރުން ވަނީ ބުނެފައެވެ،

ސީޒަން 5 ގައި "ސްޓްރޭންޖާ ތިންގްސް" ޔުނިވާސް އަށް އާ ކެރެކްޓާތައް ތައާރަފު ކުރާނެއެވެ. މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ނެލް ފިޝަރ، ޖޭކް ކޮނެލީ އަދި އެލެކްސް ބްރީއޮކްސް ހިމެނެއެވެ. ނަމަވެސް އެންމެ ފާހަގަކޮށްލެވޭ އަލަށް ތައާރަފުވާ ތަރިއަކީ މަޝްހޫރު ފިލްމް ޓާމިނޭޓާގެ ތަރި ލިންޑާ ހެމިލްޓަން އެވެ. އޭނާގެ ރޯލާ ގުޅޭ ތަފްސީލުތައް އަދި ލިބިފައެއް ނުވެއެވެ.

ކުރިއަށް އޮތް ސީޒަނަކީ އެމެރިކާގެ މަގުބޫލު ސިލްސިލާގެ ފަހު ސީޒަން ކަމުގައި ކްރިއޭޓަރުން ޔަގީންކޮށްދިނުމާއި އެކު ފޭނުން އަންނަނީ މީސްމީޑިއާގައި އެމީ އެވޯޑް ހޯދި ޝޯގެ ފިނާލޭއާއި ހަމައަށް ދާނެ ގޮތަކާއި މެދު ސުވާލު އުފައްދަމުންނެވެ. އާ ކެރެކްޓާތަކާއި ޝައުގުވެރި އެޕިސޯޑް ޓައިޓްލް ތަކާއި ބޮޑެތި ވާހަކަ ތަކުގެ ވައުދާއި އެކު ސީޒަން 5 އަށް ފޭނުން އިންތިޒާރު ކުރަމުން ދާކަން ފާހަގަ ކުރެވެއެވެ.

ބިރުވެރި އަދި ހައި ސްޓޭކް ޑްރާމާއެއް އެކުލެވިގެންވާ "ސްޓްރޭންޖާ ތިންގްސް" ސީޒަން 5 އަކީ ނެޓްފްލިކްސްގެ އެންމެ މަގުބޫލު އެއް ސިލްސިލާއެވެ. މި ސިލްސިލާ އާމެއިދު އުންމީދު ބޮޑުވަމުން އަންނައިރު، ފޭނުން އިންތިޒާރު ކުރަމުން ދަނީ މި އައިކޮނިކް ދަތުރު ނިމޭނެ ގޮތުގެ އިތުރު ތަފްސީލު ތަކަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%