Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ވޯލްޑް ކަޕް ފައިނަލްގެ ހާފް-ޓައިމް ޝޯއިން ޖަސްޓިން ބީބާ ފެނިގެންދާނެ

ވޯލްޑް ކަޕް ފައިނަލްގެ ހާފް-ޓައިމް ޝޯއިން ޖަސްޓިން ބީބާ ފެނިގެންދާނެ

އައިޝަތު ރުވާ ރިފްޢަތު
2 ގަޑިއިރު ކުރިން - 10 ޖުލައި 2026 22:00
ޖަސްޓިން ބީބާ
ޖަސްޓިން ބީބާ
ޚުލާސާ

ކޯލްޑްޕްލޭގެ ކްރިސް މާޓިން އިސްވެ ހުރެ ތައްޔާރުކުރާ މި ހާފް-ޓައިމް ޝޯގެ މަގްސަދަކީ މުޅި ދުނިޔޭގެ ކުޑަކުދިންގެ ތައުލީމަށް އެހީތެރިވުމަށް 100 މިލިއަން ޑޮލަރު (73 މިލިއަން ޕައުންޑް) ހޯދުންކަން ފާހަގަކޮށްލެވޭ

ނިއުޔޯކްގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ފައިނަލް މެޗުގެ ހާފް-ޓައިމް (މެޗުގެ މެދުކެނޑުން) ގައި ހުށަހަޅައިދޭ މަޝްހޫރު ފަންނާނުންގެ ލިސްޓުގައި ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ ފެނިގެންދާނެކަން އިއުލާންކޮށްފި އެވެ.

މި މަހުގެ 19 ވަނަ ދުވަހު ބާއްވާ މި މުބާރާތުގެ ފުރަތަމަ "ސުޕަރ ބޯލް" ސްޓައިލްގެ ހާފް-ޓައިމް ޝޯގައި، ބީބާ އާއެކު މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މަޑޯނާ، ޝަކީރާ އަދި ކޭ-ޕޮޕް ބޭންޑް ބީ.ޓީ.އެސް ފެނިގެންދާނެ އެވެ. 11 މިނެޓަށް ދެމިގެންދާ މި ހުށަހަޅައިދިނުމުގައި ބާނާ ބޯއި، ގުސްޓާވޯ ޑުޑަމެލް، ކޯލްޑްޕްލޭއާ އެކު ޕީ.އެސް22 ކޯރަސް އަދި ސެސަމީ ސްޓްރީޓްގެ މަޕެޓްތައް ވެސް ބައިވެރިވާނެ އެވެ. މިއީ "ފީފާ ގްލޯބަލް ސިޓިޒަން އެޑިއުކޭޝަން ފަންޑު" އަށް އެހީތެރިވުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ.

މިކަމާ ގުޅޭގޮތުން ބީބާ ބުނީ، "ފީފާ ވޯލްޑް ކަޕަކީ އެހެން އެއްވެސް ކަމަކަށް ނުކުރެވޭ ފަދަ ގޮތަކަށް މުޅި ދުނިޔެ އެއްބައިވަންތަކޮށްދޭ ކަމެއް" ކަމަށެވެ. ސިއްހީ ސަބަބުތަކާހުރެ އޭނާގެ "ޖަސްޓިސް" ވޯލްޑް ޓުއާ ކެންސަލްކުރުމަށްފަހު، ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު 32 އަހަރުގެ ބީބަރ ވަނީ މިދިޔަ ބަހާރު މޫސުމުގައި ކެލިފޯނިއާގެ ކޮޗެއްލާ ފެސްޓިވަލްގައި ޕާފޯމްކޮށްފަ އެވެ.

Advertisement

Advertisement 1

ކޯލްޑްޕްލޭގެ ކްރިސް މާޓިން އިސްވެ ހުރެ ތައްޔާރުކުރާ މި ހާފް-ޓައިމް ޝޯގެ މަގްސަދަކީ މުޅި ދުނިޔޭގެ ކުޑަކުދިންގެ ތައުލީމަށް އެހީތެރިވުމަށް 100 މިލިއަން ޑޮލަރު (73 މިލިއަން ޕައުންޑް) ހޯދުމެވެ. މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވި ކޮލަމްބިއާގެ ޝަކީރާ އާއި ނައިޖީރިއާގެ ބާނާ ބޯއި މި ޝޯގައި އަލުން ސްޓޭޖުން ފެނިގެންދާނެ އެވެ. އެ ދެމީހުންގެ މަޝްހޫރު ލަވަ "ޑާއި ޑާއި" އަކީ މިހާރުވެސް މިއުޒިކް ޗާޓުތަކުގެ ކުރިން ޖާގަ ހޯދާފައިވާ ލަވައެކެވެ.

މި ފަހަރުގެ ވޯލްޑް ކަޕަކީ 48 ޓީމާއެކު މެކްސިކޯ، ކެނެޑާ އަދި އެމެރިކާގައި ބޭއްވޭ، ތާރީހުގައިވެސް އެންމެ ބޮޑު މުބާރާތެވެ. މުބާރާތް ބާއްވާ ތިން ގައުމުވެސް މިހާރު ވަނީ މުބާރާތުން ކަޓާފަ އެވެ. ކުއާޓާ ފައިނަލްގެ މެޗުތައް ބުރާސްފަތި ދުވަހު ފަށާއިރު، ބޮސްޓަންގައި ބައްދަލުކުރި ފްރާންސް އާއި މޮރޮކޯ މެޗުން ފްރާންސް ވަނީ ކުރި ހޯދާފަ އެވެ. މިރޭ ލޮސް އެންޖެލިސްގައި ސްޕެއިން އާއި ބެލްޖިއަމް ބައްދަލުކުރާއިރު، ހޮނިހިރު ދުވަހު މިއާމީގައި ނޯވޭ އާއި އިންގްލެންޑް ބައްދަލުކުރާނެ އެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ހޮނިހިރު ދުވަހު ކެންސަސް ސިޓީގައި ނުކުންނާނީ ސްވިޒަލޭންޑާ ދެކޮޅަށެވެ.

މި މުބާރާތުގެ "ގޯލްޑަން ބޫޓް" ރޭހުގެ ކުރީގައި އުޅެނީ އަށް ލަނޑު ޖަހާފައިވާ އާޖެންޓީނާގެ ލިއޮނަލް މެސީއެވެ. މެސީގެ ފަހަތުން ހަތް ލަނޑާއެކު ފްރާންސްގެ ކީލިއަން އެމްބާޕޭ އާއި ނޯވޭގެ އާލިން ހާލަންޑް އުޅޭއިރު، އިންގްލެންޑްގެ ހެރީ ކޭން ވަނީ ހަ ލަނޑު ޖަހާފަ އެވެ.

ހޮލީވުޑްފީފާ ވޯލްޑް ކަޕް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސްޕެއިންގެ ކާމިޔާބީގެ ސިއްރަކީ ކޯޗުގެ ހަރުދަނާ އުސޫލުތަކާއި ލަމީން ޔަމާލްގެ ހުނަރު

ސްޕެއިންގެ ކާމިޔާބީގެ ސިއްރަކީ ކޯޗުގެ ހަރުދަނާ އުސޫލުތަކާއި ލަމީން ޔަމާލްގެ ހުނަރު

55 މިނެޓު ކުރިން - 23:10

މިސްރު މެޗުގެ ކޮރަޕްޝަން ފޮރުވަން ފީފާއިން އާޖެންޓީނާގެ މެޗަށް ޕޯޗުގަލްގެ ރެފްރީއަކު ހަމަޖައްސައިފި

ކޮރަޕްޝަން ފޮރުވަން ފީފާއިން އާޖެންޓީނާގެ މެޗަށް ޕޯޗުގަލްގެ ރެފްރީއަކު ހަމަޖައްސައިފި

6 ގަޑިއިރު ކުރިން - 17:14

މޮރޮކޯ ބަލިކޮށް ފަރަންސޭސިވިލާތް ސެމީ ފައިނަލަށް، އެމްބާޕޭއަށް އަނިޔާގެ ކަންބޮޑުވުމެއް

މޮރޮކޯ ބަލިކޮށް ފަރަންސޭސިވިލާތް ސެމީ ފައިނަލަށް، އެމްބާޕޭއަށް އަނިޔާގެ ކަންބޮޑުވުމެއް

20 ގަޑިއިރު ކުރިން - 03:18

ފުޓުބޯޅަ އިން ވައްކަން ކޮށްފި: ފްރާންސްގެ ލެޖެންޑް ހެންރީ

ފުޓުބޯޅަ އިން ވައްކަން ކޮށްފި: ފްރާންސްގެ ލެޖެންޑް ހެންރީ

2 ދުވަސް ކުރިން - 20:16

އާޖެންޓީނާގެ އެފްއޭއިން އެމެރިކާގައި ހިންގި މާލީ މުއާމަލާތްތަކެއްގެ މައްސަލަ އެފްބީއައި އިން ބަލަން ފަށައިފި

އާޖެންޓީނާގެ އެފްއޭއިން އެމެރިކާގައި ހިންގި މާލީ މުއާމަލާތްތަކެއްގެ މައްސަލަ ބަލަންފަށައިފި

2 ދުވަސް ކުރިން - 19:49

އައިޝޯސްޕީޑަށް ނަސްލީ ގޮތުން ފުރައްސާރަކުރި މައްސަލަ ފީފާއިން ތަހުގީގު ކުރަން ފަށައިފި

އައިޝޯސްޕީޑަށް ނަސްލީ ގޮތުން ފުރައްސާރަކުރި މައްސަލަ ފީފާއިން ތަހުގީގު ކުރަން ފަށައިފި

2 ދުވަސް ކުރިން - 19:18