Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

މަޝްހޫރު ލަވަކިޔުންތެރިޔާ ޑޮލީ ޕާޓަން، ކެންސަރު ބައްޔާ ހަނގުރާމަކުރުމަށްފަހު އުމުރުން 80 އަހަރުގައި މަރުވެއްޖެ

އައިޝަތު ރުވާ ރިފްޢަތު
53 ދުވަސް ކުރިން - 26 އޯގަސްޓް 2026 13:26
ޑޮލީ ޕާޓަން---
ޑޮލީ ޕާޓަން---
ޚުލާސާ

"ޖޮލީން" އަދި "އައި ވިލް އޯލްވޭސް ލަވް ޔޫ" ފަދަ މަޝްހޫރު ލަވަތައް އުފެއްދި ޑޮލީ ވަނީ 10 ގްރެމީ އެވޯޑު ހޯދައި، 100 މިލިއަނަށް ވުރެ ގިނަ އަލްބަމް ވިއްކާފަ. ލަވަކިޔުމާއި އެކްޓުކުރުމުގެ އިތުރުން އޭނާއަކީ ދީލަތި އެހީތެރިއެއް.

ކަންޓްރީ މިއުޒިކްގެ ދާއިރާގައި ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ޅެންވެރިޔާ ޑޮލީ ޕާޓަން، ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް އުމުރުން 80 އަހަރުގައި މަރުވެއްޖެއެވެ.

އޭނާ މަރުވީ ނެޝްވިލްގެ ވެންޑަބިލްޓް-އިންގްރަމް ކެންސަރ ސެންޓަރުގައި އާއިލާގެ ގާތް މީހުންގެ ހާޒިރުގައެވެ. މިކަން ހާމަކޮށް އޭނާގެ ޕަބްލިސިސްޓް މާސެލް ޕަރިސޯ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކެންސަރު ބައްޔާ ދެކޮޅަށް ކުރު މުއްދަތަކަށް ކުރި ހިތްވަރުގަދަ ހަނގުރާމައަކަށްފަހު ޑޮލީ ދުނިޔެ ދޫކޮށްފައިވާ ކަމަށެވެ.

ޓެނެސީގެ ފަގީރު އާއިލާއަކަށް އުފަންވި 12 ކުދިންގެ ތެރެއިން އެއް ކުއްޖެއް ކަމަށްވާ ޑޮލީ ޕާޓަން، މިއުޒިކީ ދާއިރާގައި މަޝްހޫރުކަން ހޯދީ އޭނާގެ ހިތްގައިމު އަޑާއި، ފާހަގަކޮށްލެވޭ ލަވަ ލިޔުމުގެ ހުނަރުގެ އިތުރުން ތަފާތު ސްޓައިލްތަކުގެ ސަބަބުންނެވެ. އޭނާ ލިޔެ ކިޔާފައިވާ މަޝްހޫރު ލަވަތަކުގެ ތެރޭގައި "ޖޮލީން"، "ކޯޓް އޮފް މެނީ ކަލާސް"، އަދި "އައި ވިލް އޯލްވޭސް ލަވް ޔޫ"، ހިމެނެއެވެ. މި ލަވަތަކުގެ 100 މިލިއަނަށް ވުރެ ގިނަ ރެކޯޑިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިކިފައިވާއިރު، އޮންލައިންކޮށް އެއް ބިލިއަނަށް ވުރެ ގިނަ ފަހަރު ވަނީ ސްޓްރީމްކޮށްފައެވެ.

Advertisement

Advertisement 1

އުމުރުން އެންމެ 10 އަހަރުގައި މިއުޒިކީ ދާއިރާއަށް ތައާރަފުވި ޑޮލީ ވަނީ ގްރެމީ އެވޯޑަށް 55 ފަހަރު ނޮމިނޭޓްވެ، 10 އެވޯޑު ކާމިޔާބުކޮށްފައެވެ. މިއީ ގްރެމީގެ ތާރީޚުގައި ވެސް އަންހެން ފަންނާނަކު ތިންވަނައަށް އެންމެ ގިނަ ނޮމިނޭޝަން ހޯދި ފަހަރެވެ. ލަވަކިޔުމުގެ އިތުރުން ފިލްމީ ދާއިރާގައި ވެސް ހަރަކާތްތެރިވި ޑޮލީ ވަނީ "9 ޓު 5" އަދި "ސްޓީލް މެގްނޯލިއާސް" ފަދަ ކާމިޔާބު ފިލްމުތަކުން ފެނިގެން ގޮސްފައެވެ.

މިއުޒިކީ ކާމިޔާބީތަކުގެ އިތުރުން ޑޮލީ ފާހަގަކުރެވިފައިވަނީ ދީލަތި އެހީތެރިއެއްގެ ގޮތުގައެވެ. އެގޮތުން ކުޑަކުދިންގެ މެދުގައި ފޮތް ކިޔުމުގެ އާދަ އަށަގެންނެވުމަށް "އިމޭޖިނޭޝަން ލައިބްރަރީ" ގެ ނަމުގައި ޖަމިއްޔާއެއް އުފައްދައި، ކުދިންނަށް ހިލޭ ފޮތް ފޯރުކޮށްދިނުމުގެ އިތުރުން، އެކި ކާރިސާތަކުގައި ހާލުގައި ޖެހޭ މީހުންނަށް އެހީވުމަށް އޭނާ ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

އޭނާގެ ފިރިމީހާ ކާލް ޑީން ވަނީ 2025 ވަނަ އަހަރު އުމުރުން 82 އަހަރުގައި މަރުވެފައެވެ. ޑޮލީ ޕާޓަން ދުނިޔެ ދޫކުރުމާ ގުޅިގެން މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުން އޭނާގެ ފޭނުންނާއި މިއުޒިކީ ފަންނާނުން ދަނީ ހިތާމަ ފާޅުކުރަމުންނެވެ.

ހޮލީވުޑްމަރު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ

14 ދުވަސް ކުރިން - 03:04

އިންޑިއާގައި އިމާރާތެއް ވެއްޓި 7 މީހުން މަރުވެއްޖެ

އިންޑިއާގައި އިމާރާތެއް ވެއްޓި 7 މީހުން މަރުވެއްޖެ

41 ދުވަސް ކުރިން - 14:15

އިންޑިއާގެ ބަޑިބޭސް ކާރުޚާނާއެއް ގޮވައި، ކައިރީގައި ހުރި ގެތަކުގެ މީހުންވެސް މަރުވެއްޖެ

އިންޑިއާގެ ބަޑިބޭސް ކާރުޚާނާއެއް ގޮވައި، ކައިރީގައި ހުރި ގެތަކުގެ މީހުންވެސް މަރުވެއްޖެ

46 ދުވަސް ކުރިން - 15:05

ނިޔާވި ދެ ކުދިންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ނިޔާވި ދެ ކުދިންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

47 ދުވަސް ކުރިން - 16:10

ސްޓެލްކޯ ޓަވަރަކުން ވެއްޓުނު ތުއްތު ކުއްޖާ ނިޔާވެއްޖެ

ސްޓެލްކޯ ޓަވަރަކުން ވެއްޓުނު ތުއްތު ކުއްޖާ ނިޔާވެއްޖެ

47 ދުވަސް ކުރިން - 13:32

267 މީހުންނާއެކު ދަތުރުކުރި ސައިޕްރަސްގެ ފެރީއެއް ބަންޑުން ޖަހާލައި ގިނަބަޔަކު މަރުވެއްޖެ

267 މީހުންނާއެކު ދަތުރުކުރި ސައިޕްރަސްގެ ފެރީއެއް ބަންޑުން ޖަހާލައި ގިނަބަޔަކު މަރުވެއްޖެ

49 ދުވަސް ކުރިން - 09:01