"އާޕް ޖޭސާ ކޮއީ" އަންނަ މަހު ނެޓްފްލިކްސްއިން ޕްރިމިއާކުރަނީ

އައިޝަތު ރުވާ ރިފްޢަތު | 15 ދުވަސް ކުރިން - 18 ޖޫން 2025 00:39
"އާޕް ޖޭސާ ކޮއީ" ފިލްމް ޕޯސްޓަރ
"އާޕް ޖޭސާ ކޮއީ" ފިލްމް ޕޯސްޓަރ
ޚުލާސާ

މި ފިލްމަކީ ބޮލީވުޑްގެ ނަން މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންގެ ވެބް ކޮންޓެންޓް ގޮފި، ދަރުމެޓިކް އެންޓަޓައިންމަންޓާއި ނެޓްފްލިކްސް ގުޅިގެން އުފައްދާފައިވާ ފިލްމެއް

ބޮލީވުޑްގެ ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ ރޮމެންޓިކް ޑްރާމާ ފިލްމު "އާޕް ޖޭސާ ކޮއީ" އަންނަ މަހު ނެޓްފްލިކްސްއިން ޕްރިމިއާކުރާނެ ކަމަށް އިޢުލާނުކޮށްފިއެވެ.

މި ފިލްމަކީ ބޮލީވުޑްގެ ނަން މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންގެ ވެބް ކޮންޓެންޓް ގޮފި، ދަރުމެޓިކް އެންޓަޓައިންމަންޓާއި ނެޓްފްލިކްސް ގުޅިގެން އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ 2021 ވަނަ އަހަރު "މީނާކްޝީ ސުންދޭޝްވަރު" ގެ ނަމުގައި ރޮމެންޓިކް ކޮމެޑީއެއް ގެނެސްދިން ވިވެކް ސޯނީއެވެ.

"އާޕް ޖޭސާ ކޮއީ" ގައި މައިގަނޑު ދެ ރޯލު އަދާކުރަނީ ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ފާތިމާ ސަނާ ޝައިކް (33 އަހަރު) އާއި މާދްވަން (55 އަހަރު) އެވެ. މިއީ މި ދެ ތަރިން އެކުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. ނަމަވެސް، ފިލްމުގެ މަސައްކަތުގައި އެ ދެމީހުންގެ އުމުރުގެ ތަފާތު ފާހަގަވެފައެއް ނުވާކަމަށް ވަނީ ބުނެފައެވެ.

މިދިޔަ ފެބްރުއަރީ މަހު މި ފިލްމުގެ ޓީޒަރެއް ދައްކާލުމާއި ގުޅިގެން، ގިނަ ބަޔަކު މި ފިލްމަށް އިންތިޒާރުކުރަމުންދާކަން ފާހަގަކުރެވެއެވެ. ޚާއްޞަކޮށް ލޯބީގެ ވާހަކަތަކަށް ޝައުޤުވެރިވާ ފަރާތްތަކުން މި ފިލްމާއި ދޭތެރޭ ބޮޑެތި އުއްމީދުތަކެއް ކުރާކަން ފާހަގަކޮށްފައިވެއެވެ. އަދި ފާތިމާ އާއި މާދްވަންގެ އޮންސްކްރީން ކެމިސްޓްރީ ވަރަށް ރަނގަޅުވާނެ ކަމަށްވެސް ގިނަ ބަޔަކު އުއްމީދުކުރާ ކަމަށް ވަނީ ބުނެފައެވެ.

ނެޓްފްލިކްސްގެ ޕްލެޓްފޯމުގައި މި ފިލްމު ދައްކާލުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 11 ވަނަ ދުވަހުއެވެ. މި ފިލްމު ޕްރިމިއާވުމާއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ބޮލީވުޑް ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކަށް މި ފިލްމު ބަލާލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%